ކޮޅުފުށި ފުރަބަންދުކޮށްފި

މ. ކޮޅުފުށި ފުރަބަންދުކޮށް، އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ. އެރަށަށް އަރާ ފޭބުން މަނާކޮށްފައި ވަނީ އެރަށުން މި މަހުގެ 19 ވަނަ ދުވަހު މާލެ ދިޔަ އަންހެނަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެރަށް މޮނީޓަރިންގ ލާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ރަށް މޮނީޓަރިންގއަށް ލާފައިވާއިރު، އެ ދެ ރަށަށް އަރާ ފޭބޭނީ ކަމާއި ބެހޭ ހުރި އިދާރާތަކުގެ ހުއްދަ ލިބިގެންނެވެ. އެރަށު ކައުންސިލް ރައީސް ހުސައިން ޝާމިލް މީޑިއާއަށް ވިދާޅުވީ، އެރަށުން މާލެ […]

ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ޙާއްސަ އުސޫލެއް ސަޢުދީއިން ހަމަޖައްސަވައިފި

ކޮވިޑް-19ގެ ޙާލަތުގައި ދިވެހިންނަށް ޢުމްރާއަށް ދެވޭނެ ހާއްސަ އުސޫލެއް ސަޢުދީޢަރަބިއްޔާއިން ހަމަޖައްސަވައިފިއެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި، ސަޢޫދީޢަރަބިއްޔާ، އަދި އެހެނިހެން ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެން ދިވެހިންނަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ސަޢުދީ ފޮރިން މިނިސްޓަރާއި އަދި ސަޢުދީ ސަރުކާރާއެކު މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ. ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ރައްޔިތުން ޢުމްރާގެ […]

ހޮޓާ ރެސްޓޯރެންޓް ތައް ހުޅުވައިފައި ބެހެއްޓޭ ވަގުތު އިތުރު ކޮށްފި

ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ކުރެއްވި އިއުލާނެއްގައި ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، މިއަދުން ފެށިގެން، ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން މެންދަމު 1:00 ކަމަށެވެ. އަދި ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ […]

ސިނަމާތައް ހުޅުވުމުގެ ހުއްދަ ދީފި

މާލެ ސަރަހައްދުގައި ހިންގާ ސިނަމާތަށް މާދަމައިން ފެށިގެން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފިއެވެ. ސިނަމާތަށް ބަންދު ކުރީ ކޮވިޑް-19 ފެތުރެން ފެށުމާ އެކު އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި، މީގެ 10 މަސް ދުވަސްކުރިންނެވެ. އެޗްޕީއޭ އިން މިއަދު ކުރި އިއުލާނުގައި ވިދާޅުވެފައިވަނީ ސިނަމާތައް ބަންދުކޮށް މިދިޔަ އަހަރު ކުރި އިއުލާނު ބާތިކޮށްފައިވާ ކަމަށާއި ސިނަމާތައް، ރައްކާތެރިކަމާ ހިންގުމުގެ އުސޫލާ އެއްގޮތަށް މާދަމާއިން ފެށިގެން ހުޅުވިޔަސް އެންމެ ރަނގަޅު ކަމަށެވެ. ސިނަމާތައް ބަންދުކުރަން އެންގީ މިދިޔަ އަހަރުގެ މާޗް […]

ކޮވިޑް-19ގެ އާވައްތަރެއް ޖަޕާނުން ފެނިއްޖެ

ކޮވިޑް-19ގެ ވައިރަސް އަށް ބަދަލުތަކެއް އައިސް، އެބަދަލުތަކުން އުފެދިފައިވާ އާވައްތަރެއްގެ ވައިރަސް އެއް ޖަޕާނުން ފެނިއްޖެ ކަމަށް އެޤައުމުން ބުނެފިއެވެ. ޖަޕާނުން ބުނީ އެގައުމުން ފެނުނު ކޮވިޑް-19 އާ ސްޓެއިން އަކީ މީގެ ކުރިން އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިން އާއިވެސް ތަފާތު ސިފަތަކެއް ހުރި ސްޓެއިންއެއް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިންތަކާއި ގިނަ ކަންކަން ވައްތަރު ކަމަށް ވެސް ޖަޕާނުން ބުނެއެވެ. މީގެ ކުރިން ފާހަގަ ކުރެވިފައި […]

ހޮނިހިރު ދުވަހު އިންޑިއާގައި ވެކްސިން ދޭން ފަށަނީ

އަންނަ ހޮނިހިރު ދުވަހު އިންޑިއާގައި ކޮރޯނާ ވައިރަސްގެ ވެކްސިން ދޭން ފަށާނެ ކަމަށް އެޤައުމުގެ ސަރުކާރުން އިޢްލާނުކޮށްފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފެށުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށެވެ. އިންޑިއާގައި ވެކްސިންގެ ޑޯޒް ފުރަތަމަ ދޭ މީހުންގެ ތެރޭގައި ހެލްތްކެއާ ސްޓާފުންނާއި ފްރަންޓްލައިން މަސައްކަތްތެރިން ހިމެނެ އެވެ. އެޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އޭގެ ފަހުން […]

ޗައިނާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފި

ކޮވިޑް-19 އާ ދެކޮޅަށް ޗައިނާއިން އުފެއްދި ވެކްސިން (ސީނޮފާމް ވެކްސިން) އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ. ޗައިނާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނުފައިވަނީ ”ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްޓްސް“ އިން އުފައްދައި ތަޖްރިބާގެ ހުރިހާ މަރުހަލާތަކެއް ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފައިވާ ”ސީނޮފާމް ވެކްސިން“ އަކީ ރައްކާތެރި ވެކްސިންއެއްކަން ދައުލަތުގެ ސިއްހީ ކަންކަމާބެހޭ ފަންނީ ރެގިއުލޭޓް އިދާރާތަކުން ކަނޑައަޅާފައިވާކަމަށާ މިއާއެކު އާންމުންގެ ގަޔަށް ޖަހައި އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ. […]

ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް19 ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ޓެގުން ބުނެފި

މިހާރު އިނގިރޭސިވިލާތުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ބައެއް ކޮވިޑް-19 ވޭރިންއަންޓް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެޗްއީއޯސީއަށް ލަފާއަރުވާ ޑޮކްޓަރުން ހިމެނޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެއްޖެއެވެ. ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި މިހާރު ވެސް 21 […]

އިރާނުން ކޮވިޑްއަށް ވެކްސިނެއް އުފައްދައިފި

އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް އެކަށީގެންވާ މިންވަރަށް ކޮރޯނާވައިރަހުގެ ވެކްސިން އެތެރެކުރެވެން ނެތުމުން އެ ގައުމުން އަމިއްލަ އަށް ވެކްސިނެއް އުފައްދާ ޓެސްޓް ކުރަން ފަށައިފި އެވެ. އީރާނުން އުފެއްދި ވެކްސިން ޖަނަވާރުން ބޭނުންކޮށްގެން މިހާރުވަނީ ޓެސްޓުކޮށްފައެވެ. އަދި ޓެސްޓް ކުރުމަށް ފަހު މިހާރު ވަނީ އިންސާނުންނަށް ދޭން ފަށައިފަ އެވެ. ކޯވް-އީރާންބްލެސިންގެ ނަންދީފައިވާ ވެކްސިންގެ ފުރަތަމަ ޑޯޒް މިއަދު ދީފައި ވަނީ އީރާނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ މުހައްމަދު މަޚްބަރުގެ ދަރިކަނބަލުން […]

ކޮވިޑްގެ އައު ވައްތަރު އިންޑިއާއިން ފެނިއްޖެ

އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ސްޓެއިންގެ ހަކޭސް އިންޑިއާ އިން އިއްޔެއާއި ހަމައަށް ފެނިފައިވާ ކަމަށް އެގައުމުން އިއްޔެ ބުނެފިއެވެ. އިންޑިއާގެ ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުން އާވައްތަރުގެ ވައިރަސް އަށް ފައްސިވެފައި ވަނީ އިނގިރޭސިވިލާތުން އިންޑިއާއަށް އައި ހަމީހުން ކަމަށެވެ. އަދި ހަމީހުން ވެސް ވަނީ އެކަހެރި ކުރެވިފައި ކަމަށާއި، އަދި އެމީހުންނާއި އެންމެ ގާތުން ބައްދަލުވި މީހުން ވެސް މިހާރު ވަނީ އެކަހެރި ކުރެވިފައިކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން […]