ހަލުވިކަމާއި އެކު ފެތުރެމުންއަންނަ ކޮވިޑް19 ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ޓެގުން ބުނެފި

Loading

Facebook
Twitter
WhatsApp

މިހާރު އިނގިރޭސިވިލާތުގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ބައެއް ކޮވިޑް-19 ވޭރިންއަންޓް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ކޮވިޑް-19 އާއި ގުޅޭ ކަންކަމުގައި އެޗްއީއޯސީއަށް ލަފާއަރުވާ ޑޮކްޓަރުން ހިމެނޭ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އިނގިރޭސިވިލާތުގައި ފެތުރެމުންދާ ކޮވިޑް-19 އާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި މިހާރު ވެސް 21 ގައުމަކުން އާވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

މި ވޭރިއަންޓް އަސްލު ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި، އެއީ ހަމައެކަނި ޔޫކޭ މީހުންގެ ފަރާތުން ނޫން ކަމަށެވެ. މިހާރުވެސް 21 ގައުމުން ފެނިފައިވާކަމަށާއި، އާވޭރިއަންޓް އުޅޭކަން ނުވަތަ ނޫން ކަން އެނގޭނީ ޓެސްޓް ހެދުމުން ކަމަށާއި، އަދި މި ވޭރިއެންޓުން އިތުރަށް ސީރިއަސްވާ ކަމަށް ނުފެންނަކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަން ކުރުން ދޫކޮށްލައިފިނަމަ މިވޭރިއަންޓް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓެއް ފެނުމުން ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގެ ބޯޑަރު ވަނީ އިނގިރޭސިވިލާތުގެ ދަތުރުވެރިންނަށް ބަންދު ކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފަތުރުވެރިން ރާއްޖެ އައުމަށް މިހާރު ވެސް އެއްވެސް ހުރަހެއް ނެތެވެ. އެޗްޕީއޭ އިން އެޅި ހަމައެކަނި ފިޔަވަޅަކީ އިނގިރޭސިވިލާތުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ބިދޭސީން ދިހަ ދުވަސް ވަންދެން ކަރަންޓީން ކުރުމެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް