އިމާރާތްކުރުމުގެ ގާނޫނަށް ތ. އަދި ލ. އަތޮޅު ކައުންސިލްތައް އަހުލުވެރިކުރުވަން ސެޝަންތަކެއް

އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން މިނިސްޓްރީން ހިންގާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން، ތ. އަދި ލ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. ސެޕްޓެމްބަރު 7 އިން 10 ގެ ނިޔަލަށް 4 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްދަނީ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ.ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ކައުންސިލްތަކުގެ މުވައްޒަފުން […]
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ %100 ހިއްސާ ސަރުކާރަށް ނަގަނީ

ދިރާގުގައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ ހޯދައި، އެމްޑަބްލިޔުއެސްސީގެ ވިއްކާލާފައިވާ ހިއްސާ ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫތު ދެއްވަމުންނެވެ.ރައީސް ވިދާޅުވީ ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށެވެ.ކުންފުނިތައް […]
މަހު ކުއްޔަށް އެޕާޓްމަންޓް ދޫކުރާކަމަށް ބުނެ، ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.ފުލުހުން މިއަދު ބުނީ ފުލުހުންގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި، މިފަދަ މަކަރާއި ހީލަތް ހަދާ ފަރާތްތަކުން ދަނީ ސޯޝަލް މީޑިއާގައި ފޭކް އެކައުންޓްތައް ހަދައިގެން ހަރަކާތްތެރިވަމުންނެވެ. އެގޮތުން ”Hulhumale Daily Rent Apartment“ (@hulhumaleapartment) ފަދަ ޓިކްޓޮކް އެކައުންޓްތަކާއި 7217905 (960+) ނަންބަރު […]
”ފޯނު ކޯލެއް ބްރޯޑްކާސްޓްކުރާނަމަ އެފަރާތަކަށް އެކަން އަންގަންޖެހޭނެ“

މީޑިއާ އިދާރާތަކާއި، ނޫސްވެރިން އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން ފޯނު ކޯލްތަކާއި، އިންޓަވިއުތަކާއި، އަދި އެހެނިހެން މުޢާމަލާތްތައް (ލައިވް ޕްރޮގްރާމްތައް ހިމެނޭހެން) ބްރޯޑްކާސްޓްކުރުމުގައި، ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި، ޤަވާއިދުތަކާއި، ސުލޫކީ މިންގަނޑުތަކާއި އަދި ފަންނީ ހަމަތަކަށް ރިޢާޔަތްކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ. މީޑިއާ ކޮމިޝަނުން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި އެފޯނު ކޯލު ލައިވް ކުރުމުގެ ކަންބޮޑުވުން ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.މީޑިއާ ކޮމިޝަނުގެ […]
އެންޑީއެމްއޭގެ މަސައްކަތްތަކަށް ހުޅުމާލެއިން ދާއިމީ ބިމެއް ހަމަޖައްސައިދީފި

ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މައި އިދާރާ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މަސައްކަތްތަކަށް ހުޅުމާލެ ފޭސް 2 އިން ދާއިމީ ބިމެއް ސަރުކާރުން ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީއާ ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން، ހުޅުމާލެ ފޭސް 2 އިން އެންޑީއެމްއޭއަށް ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިސަސް އަދި އެންޑީއެމްއޭ ފަރާތުން […]
ފޭސް 2ގައި މޫދަށް އެރޭނެތަނަކާއި މަސްބާނާ ޕްލެޓްފޯމެއް ހަދަނީ

ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން އެޗްޑީސީން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތްއަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސަރވޭއެއް މިހާރު ވަނީ ފަށާފައި ކަމަށެވެ.މި ސަރވޭގެ މައިގަނޑު […]
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، […]
ވިލިމާލޭގައި ބިންމަތީގައި މަސް ހިއްކަން އަތުރާފައި ބެހެއްޓި މައްސަލައެއް ބަލަނީ

ޞިއްޙަތަށް ނުރައްކާވާ ގޮތަށް ވިލިމާލޭގައި މަސް ހިއްކަން އަތުރާފައި ބެހެއްޓި ބަޔަކު ހުއްޓުވައި އެ މައްސަލަ ބަލަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި ވިލިމާލޭ ސިނާއީ ސަރަހައްދުގައި މިގޮތަށް މަސް ހިއްކަން ބަހައްޓާފައި ހުއްޓާ ފެނިފައިވަނީ، ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ މުވައްޒަފުން ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެނިކޮށެވެ. ސިޓީ ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި ބިންމަތީގައި ސަތަރި އަޅާފައާއި، އަދި ފީވެ ދަބަރަށް ވެފައިވާ ޓިނުގަނޑެއްގައިވެސް މަސް ހިއްކަން ބަހައްޓާފައި […]
މާލޭގެ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ. އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވައި ގޭގެ 7ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 20:46 ހާއިރު ކަމަށާއި، އެއާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 21:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު […]
ހޯމް މިނިސްޓަރާއި ސީޕީ، ސާޖަންޓް ނާފިޢުގެ ޢާއިލާއާ ބައްދަލުކުރައްވައިފި

މުދާ އުފުލާ ސަޕްލައި ދޯންޏެއް ކަމަށްވާ ”ފްރެންޑް 4“ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. ނާފިޢުގެ ޢާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި، ހޯމް މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ފުލުހުންގެ އިސް ބައެއް […]