ހޯމް މިނިސްޓަރާއި ސީޕީ، ސާޖަންޓް ނާފިޢުގެ ޢާއިލާއާ ބައްދަލުކުރައްވައިފި

Loading

August 15, 2026
profile
Facebook
Twitter
WhatsApp

މުދާ އުފުލާ ސަޕްލައި ދޯންޏެއް ކަމަށްވާ ”ފްރެންޑް 4“ އަޑިއަށްދިޔަ ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ސާޖަންޓް ޢަލީ ނާފިޢުގެ އާއިލާއާ، ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.

ނާފިޢުގެ ޢާއިލާ ދިރިއުޅޭ ގެއަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި، ހޯމް މިނިސްޓަރާއި ސީޕީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ސާޖަންޓް ނާފިޢުގެ އަންހެނުންނާއި ދަރިފުޅުގެ އިތުރުން ޢާއިލާގެ އެހެން މެމްބަރުންނާ ބައްދަލުކުރައްވައި ވަނީ ހިތްވަރު ދެއްވާފައެވެ.

އަދި މި ހާދިސާގެ ޚަބަރު ލިބުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ހުއްޓުމެއްނެތި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށް ވިދާޅުވެ، މި މަސައްކަތާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވަނީ އެ ޢާއިލާއާ ހިއްސާކުރައްވާފައެވެ.

މިގޮތުން، މިކަމުގައި ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް އެބޭފުޅުން ވަނީ ނާފިޢުގެ ޢާއިލާއާ ހިއްސާކުރައްވާފައެވެ.

އަދި މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެސެޖެއްވެސް ވަނީ އެ ޢާއިލާއަށް ރައްދުކޮށްދެއްވާފައެވެ.

ސާޖަންޓް ޢަލީ ނާފިޢުއާއި އިތުރު ދެ މީހުން ގެއްލުނު މި ހާދިސާ ހިނގާފައިވަނީ މުދާ އުފުލާ ދޯންޏެއް ކަމަށްވާ ”ފްރެންޑް 4“ ދޯނި، ތ. މަޑިފުށިން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރަނިކޮށް މި މަހުގެ ފަސްވަނަ ދުވަހުގެ ރެއެވެ.

މި ހާދިސާގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނެވެ. ނަމަވެސް، ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަޙްމަދު ވަނީ ގެއްލިފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް