މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހ. ފަހިވައި ގޭގެ 7ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގައެވެ.
މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 20:46 ހާއިރު ކަމަށާއި، އެއާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އަލިފާންގަނޑު ނިއްވާލެވުނީ މިރޭ 21:25 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އެ އިމާރާތުގެ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި ފުލުހެއްގެ އަތް ކަނޑައިގެންގޮސްފައި ވީނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށާއި، ނަމަވެސް އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
![]()
