ނަތަންޔާހޫގެ ސިޔާސީ ހަޔާތް ތަތުންފުޅިއަކަށް ލައިފައި ޑެޑްސީގެ ލޮނުރަހަ ގަދަ ހިސާބަކަށް ކަނޑުފައްތާށެވެ.
އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހަމާސްއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ދިރާސާ ކުރައްވަމުން ގެންދަވާ ޑެއިލީ ބީސްޓުގެ މުހައްލިލުންގެ ދިރާސާގެ މައްޗަށް ބިނާކޮށް ބައިނަލް އަގްވާމީ މީޑިއާތަކުގައި ދައުރުވަމުންދާ ރިޕޯޓެއްގެ އުސް އަލިތަކެވެ. ކާމިޔާބު ނުކުރެވެމުންދާ ސުލްހައިގެ ވާހަކަތަކުގެ ސަބަބުން އިސްރާއީލުން ބޭނުންވާ ގޮތަށް ހަނގުރާމަ ނިންމާލަން އަވަސް އަރުވާގަނެގެން އޫޅޭހެން ހިއެއްނުވެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފެންނަމުންދަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ގުޅިގެން މެދުކެނޑުމެއްނެތި އިސްރާއީލުން ހަމާސްގެ ސަރަހައްދުތަކަށް ބޮންއަޅަމުން […]
ނަތަންޔާހޫ މަގާމުން ދުރުކުރާތަން އިސްރާއީލުން ދެކޭނެ ކަމަށް އެމެރިކާ ބުނެފި
އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާ ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށި ސިޔާސަތަށް އިސްރާއީލުގެ އާންމު ރައްޔިތުން ނުރުހުމުގެ ނަތީޖާއާއި ކުރިމަތިލާންޖެހި އޭނާ މަގާމުން ދުރުކުރާ ދުވަސް ވަރަށް ކައިރިން އިސްރާއީލުގެ ރައްޔިތުން ދެކޭނެކަން އެމެރިކާގެ ޖާސޫސީ އޭޖެންސީތަކަށް ހަވާލާ ދީ އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ރިޕޯޓުކޮށްފިއެވެ. ފަލަސްތީނުގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި އެއްވެސް ގައުމެއްގެ ރައުޔަށް ބެލުމެއްނެތި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ސިޔާސަތު ތަންފީޒުކުރަމުން ގެންދިއުމުގެ ސަބަބުން އިސްރާއީލާއި އަދި މުޅި ދުނިޔޭގެ ރައްޔިތުން ދަނީ […]
މާދަމާއިން ފެށިގެން ”ސީ ޓު އެއަރ“ ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފަށަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ”ސީ ޓު އެއަރ“ ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގައި އަލަށް ފަށާ ޚިދުމަތެކެވެ. މި ޚިދުމަތަކީ ދިވެހިރާއްޖެެއަށް ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ ޚިދުމަތެކެވެ. މި ޚިދުމަތް ކުރިއަށްގެންދާނީ އެމްޕީއެލްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެންނެވެ. އެމްޕީއެލްއިން ބުނީ މި ޚިދުމަތަކީ އެ […]
އީރާނުގެ ގުޅުން އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގާ ސައޫދީގެ އައްޑަނައަކަށް
އެސޯޝިއޭޓެޑް ޕްރެސްއިން ހާމަކޮށްފައިވާ ތަޖުރިބާކާރުންގެ ދިރާސާއެއްގައި އީރާނާއެކު ސައޫދީ އެރޭބިޔާގެ ގުޅުން ރަނގަޅުވަމުން ދިއުމަކީ މިހާރު ހިނގަމުންދާ އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގާ ސައޫދީ އެރޭބިޔާ ހިމާޔަތް ކޮށްދޭ އައްޑަނައެއްކަމުގައި ސިފަކޮށްފިއެވެ. އެ ދިރާސާގައި ހާމަކޮށްފައިވާ ގޮތުން މީގެ އަހަރެއްހާ ދުވަސްކުރިން ޗައިނާގެ އިސްނެގުމާއެކު ކުރެވިގެންދިޔަ އީރާނާއި ސައޫދީ އެރޭބިއާގެ ސުލްހަނާމާގެ ފޮނި ނަތީޖާ މިހާރުވެސް ސައޫދީ އެރޭބިޔާއަށް ލިބިއްޖެއެވެ. އިސްރާއީލާއި ހަމާސްއާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ސައޫދީ އެރޭބިޔާ ހިމާޔަތް ކޮށްދޭ އައްޑަނައަކީ އީރާން ކަމުގައި އެ […]
ކަންތައް ނުކުރެވޭހާ މުސްކުޅިއެއް އަދި ނުވޭ: ރައީސް ބައިޑަން
މިއަހަރުގެ ރިޔާސީ ބަޔާނަށްފަހު ރައީސް ބައިޑަންގެ ކޭމްޕެއިނުން އެމެރިކާގެ ރައީސް ކަމުގައި 81 އަހަރުގެ އުމުރުފުޅުގައި ވެސް ހާސިލު ކުރެވުނު ލަނޑުދަނޑިތަކުގެ މައުލޫމާތު އެކުލެވޭ އިޝްތިހާރެއް އާންމުކޮށްފިއެވެ. އިޝްތިހާރުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ރިޕޯޓަރަކު ދެންނެވި ސުވާލަކަށް ސަމާސާކުރައްވައި ޖަވާބު ދެއްވިއެވެ. ”އަހަރެންނަކީ އަދިވެސް ހަމަ ކަށި ނޫ ޒުވާނަކީމެވެ. ހަށިގަނޑުގައި ހަކަތަ އާއި ބާރުވެސްހުރި ވަރަށް ރީތި މީހަކީމެވެ.“ 30 މިލިއަން ޑޮލަރުގެ އަގަކަށް ގަނެފައިވާ 60 ސިކުންތުގެ އިޝްތިހާރު މި ހަފުތާގެ ކެމްޕޭނުގައި […]
ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޓެލެގްރާމް ގުރޫޕެއް އަތުލައިގެންފި
ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ޓެލެގްރާމް ގުރޫޕެއް އަތުލައިގެންފިއެވެ. މިކަން ހާމަކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ”ޖަޒީރާ އެޑްމިން“، ”ޖަޒީރާ ގާރލްސް“، ”ޖަޒީރާ އެސްކޯޓް ގެލެރީ“، ”ޖަޒީރާ ސްކޭމް އެލާޓް“ އަދި ”ޖަޒީރާ ލިންކް ޚަބަރު“ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އެގޮތުން މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުޙުމަތުގައި މި މަހުގެ 6 […]
މުސްލިމުން ބާކީ ކުރާ މައިގްރެންޓް ގާނޫނެއް އިންޑިއާއިން އެކުލަވާލަނީ
އިންޑިއާގެ ރައްޔިތަކަށްވުމާ ބެހޭ ހާއްސަ ސިޓިޒެންޝިޕް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާކަން އިންޑިއާ ސަރުކާރުން ހާމަކޮށްފިއެވެ. އެގޮތުން، އިންޑިއާއިން އެކުލަވާލާ މި ގާނޫނަކީ މުސްލިމުންނާއި ދެކޮޅު ގާނޫނެއްކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. އިންޑިއާގެ ސިޓިޒަންޝިޕް އެމެންޑްމެންޓް ގާނޫނު (ސީއޭއޭ) ތަސްދީގުކޮށްފިނަމަ، ޕާކިސްތާނާއި، ބަންގްލަދޭޝާއި އަފްޣާނިސްތާނުގެ މުސްލިމްނޫން އާބާދީތަކަށް ނިސްބަތްވާ ފަރާތްތަކަށް އިންޑިއާގެ ރަށްޔިތުކަން ހޯދޭނެއެވެ. އިންޑިއާ ސަރުކާރުން ފާޅުކަން ބޮޑުގޮތެއްގައި، އިންޑިއާގައި ތިބި މުސްލިމުންނާއި ދެކޮޅަށް ފިޔަވަޅުތައް އަޅަމުން ދާއިރު، މިއީ ދިވެހިރާއްޖޭގެ ސަރުކާރުން […]
ތިލަފުށީގައި ހުރި އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރަނީ
ތިލަފުށީގައި ހުރި މޯލްޑިވްސް އިންޓަނޭޝަނަލް ފިއުލް ފާމް އިހަވަންދިއްޕޮޅަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރަން އެސްޓީއޯއާއި ނެދަލޭންޑްސް ގެ ކުންފުންޏެއް ކަމަށްވާ ވިޓޯލް އިން އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވަނީ އިހަވަންދިއްޕޮޅުގައި ފަށަން ބޭނުންވާ ވަރަށް ބައިވަރު ޕްރޮޖެކްޓުތަކެއް އެބަހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިހާރު […]
އދ. އަށާއި ސިންގަޕޫރަށް ސަފީރުން އައްޔަންކުރައްވަން ނިންމަވައި ރުހުން ހޯދަން ހުށަހަޅުއްވައިފި
އދ. އަށާއި ސިންގަޕޫރަށް ސަފީރުން އައްޔަންކުރައްވަން ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން, ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ. ރައީސް ހުށަހަޅުއްވާފައިވަނީ އދ. ގެ އޮފީސްތަކުގެ ދާއިމީ މަންދޫބެއްގެ ގޮތުގައި މ.ވިލާދަށުގެ ޑރ.ސަލްމާ […]
ގޯޅިގޯޅިއާއި ކަންމަތިތަކުގައި ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވޭ
ގޯޅިގޯޅިއާއި ބައެއް މަގުތަކުގެ ކަންމަތީގައި ޕާކު ކޮށްފައި ހުންނަ ކާރާއި ޕިކަޕްފަދަ ވެހިކަލް ތަކުގެ ސަބަބުން އިންސާނުންގެ ފުރާއަށް އަންނަނީ ނުރައްކާވަމުންނެވެ. ސަރުކާރަށް މިކަންކަން ކޮންޓްރޯލް ކުރެވިދާނެބާއެވެ. ހިތަށްއެރި ތަނެއްގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަށް ޕާކުކުރާނެ ތަންތަން ސަރުކާރަށް ދެއްކިދާނެބާވައެވެ. ސަރުކާރުން ބުނަމުން އަންނަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލް ތަކުގައި ސްޓިކާ ޖަހާނީ އެތަކެތި ޕާކުކުރާނެ ތަންތަން ދެއްކުމަށްފަހުގައި ކަމަށެވެ. އުފެދޭ ސުވާލަކީ ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން މާލޭ ސަރަހައްދަށް […]