މާދަމާއިން ފެށިގެން "ސީ ޓު އެއަރ" ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފަށަނީ

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ”ސީ ޓު އެއަރ“ ކާގޯ ޓްރާންޝިޕްމަންޓްގެ ޚިދުމަތް ފެށުމަށް ނިންމައިފިއެވެ. 

މިއީ ދިވެހިރާއްޖޭގައި އަލަށް ފަށާ ޚިދުމަތެކެވެ. މި ޚިދުމަތަކީ ދިވެހިރާއްޖެެއަށް ކަނޑުމަގުން މުދާ ގެނެސް، ވައިގެ މަގުން ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ފޮނުވައިދޭ ޚިދުމަތެކެވެ.

މި ޚިދުމަތް ކުރިއަށްގެންދާނީ އެމްޕީއެލްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެންނެވެ. 

އެމްޕީއެލްއިން ބުނީ މި ޚިދުމަތަކީ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް، ކުންފުނީގެ ވިޔަފާރި އާ ދައިރާތަކުން ކުރިއަށް ގެންދިއުމަށް ކުންފުނީގެ މެނޭޖްމަންޓް އިން އެކުލަވާލާފައިވާ ޕްލޭންތަކުގެ ދަށުން ފަށާ ޚިދުމަތެއް ކަމަށެވެ. އަދި މިއީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރާ ގައުމުތަކުން، ބައެއް މަންޒިލްތަކަށް އަވަހަށް މުދާ ފޯރުކޮށްދިނުމުގައި ބޭނުންކުރެވޭނެ ޚިދުމަތެއް ކަމަށެވެ. އެގޮތުން ރާއްޖެ އަށް މި ޚިދުމަތް ފޯރުކޮށްދިނުމުގައި އޮތް އެންމެ ބޮޑު ފައިދާ އަކީ، ވައިގެ މަގުން ގިނަ ގައުމުތަކަކަށް ރާއްޖެއަށް ފްލައިޓްތައް ދަތުރުކުރުމާއި ޚާއްސަކޮށް ޔޫރަޕްގެ ގިނަ މަންޒިލުތައް ކަމަށެވެ.

އެމްޕީއެލްއިން ވަނީ މި ޚިދުމަތް ފަށާނެކަން އާންމުކޮށް އިއުލާންކޮށް މި ޚިދުމަތަށް ނަގާ އަގުތައްވެސް އާންމުކޮށްފައެވެ.

މި ޚިދުމަތާ ގުޅޭ އިއުލާން ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް