އދ. އަށާއި ސިންގަޕޫރަށް ސަފީރުން އައްޔަންކުރައްވަން ނިންމަވައި ރުހުން ހޯދަން ހުށަހަޅުއްވައިފި

Loading

Facebook
Twitter
WhatsApp

އދ. އަށާއި ސިންގަޕޫރަށް ސަފީރުން އައްޔަންކުރައްވަން ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން, ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވައިފައެވެ.

ރައީސް ހުށަހަޅުއްވާފައިވަނީ އދ. ގެ އޮފީސްތަކުގެ ދާއިމީ މަންދޫބެއްގެ ގޮތުގައި މ.ވިލާދަށުގެ ޑރ.ސަލްމާ ރަޝީދު އަދި ސިންގަޕޫރުގައި ހުންނަވާ ސަފީރުކަމަށް މއ.ދިލާސާގެ މުޙައްމަދު ލުވައިޒް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށެވެ.

މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ވަނީ ފޮނުއްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް