ގޯޅިގޯޅިއާއި ކަންމަތިތަކުގައި ޕާކު ކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވޭ

Loading

Facebook
Twitter
WhatsApp

ގޯޅިގޯޅިއާއި ބައެއް މަގުތަކުގެ ކަންމަތީގައި ޕާކު ކޮށްފައި ހުންނަ ކާރާއި ޕިކަޕްފަދަ ވެހިކަލް ތަކުގެ ސަބަބުން އިންސާނުންގެ ފުރާއަށް އަންނަނީ ނުރައްކާވަމުންނެވެ.

ސަރުކާރަށް މިކަންކަން ކޮންޓްރޯލް ކުރެވިދާނެބާއެވެ. ހިތަށްއެރި ތަނެއްގައި ޕާކު ކުރަމުން އަންނަ ވެހިކަލްތަށް ޕާކުކުރާނެ ތަންތަން ސަރުކާރަށް ދެއްކިދާނެބާވައެވެ. ސަރުކާރުން ބުނަމުން އަންނަނީ ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލް ތަކުގައި ސްޓިކާ ޖަހާނީ އެތަކެތި ޕާކުކުރާނެ ތަންތަން ދެއްކުމަށްފަހުގައި ކަމަށެވެ.

އުފެދޭ ސުވާލަކީ ރާއްޖެތެރޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުން މާލޭ ސަރަހައްދަށް ގެނެސް އަމާންކަން ގެއްލި ތޮއްޖައްސާފައިވާ މިދަނޑިވަޅު ރާއްޖެއަށް އެތެރެކުރެވިފައިވާ ހުރިހާ ވެހިކަލްތައް ޕާކުކުރާނެ ތަންތަން ސަރުކާރަށް ދެއްކިދާނެހެއްޔެވެ. ސްޓިކާ ނުޖަހާތީ ވެހިކަލްތައް ޕާކުކުރުމުގައި ވަކިތަނެއްތަނެއް ނުބަލައެވެ.

ސްޓިކާ ނުޖަހަން ނިންމާފައި ވާތީ ސްޓިކާ ނުޖެހިނަމަވެސް އިންސާނުންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް އެތަންތާގައި ޕާކު ނުކުރާނެ ގޮތެއް ހަމަޖައްސައި ދޭންއެބަޖެހޭ ނޫންތޯއެވެ.

ގޯޅިގޯޅިއާއި ބައެއް ބޮޑެތިމަގު ތަކުގެ ކަންމަތިތަކުގައި ވެހިކަލްތައް ޕާކު ކޮށްފައި ބެހެއްޓުމުގެ ސަބަބުން ގޯޅިއަޅަން އަންނަ މީހާ އަށް އަނެއްމަގުން ގޯޅިއަޅަން އެއްކޮޅަށް އަންނަ އުޅަނދު ނުފެންނާތީ އެކްސިޑެންޓް ވުން ގިނަވަމުން ދަނީއެވެ.

ވަކިން ޚާއްސަކޮށް ހުޅުމާލޭގައި ހިނގާއެކްސިޑެންޓްތައް ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. އޭގެ ސަބަނުން މަރުވާމީހުނާއި ނުކުޅެދޭމީހުން އުފެދޭ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. ރާއްޖެއަށް ވެހިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރާ ފަރާތުން މިކަންކަމާ ޒިންވާން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް