ނަތަންޔާހޫ މަގާމުން ދުރުކުރާތަން އިސްރާއީލުން ދެކޭނެ ކަމަށް އެމެރިކާ ބުނެފި

Loading

Facebook
Twitter
WhatsApp
Israeli Prime Minister Benjamin Netanyahu looks on as he attends a cabinet meeting at the Prime Minister's office in Jerusalem, Sunday, July 2, 2023. (Ronen Zvulun/Pool Photo via AP)

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާ ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށި ސިޔާސަތަށް އިސްރާއީލުގެ އާންމު ރައްޔިތުން ނުރުހުމުގެ ނަތީޖާއާއި ކުރިމަތިލާންޖެހި އޭނާ މަގާމުން ދުރުކުރާ ދުވަސް ވަރަށް ކައިރިން އިސްރާއީލުގެ ރައްޔިތުން ދެކޭނެކަން އެމެރިކާގެ ޖާސޫސީ އޭޖެންސީތަކަށް ހަވާލާ ދީ އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ރިޕޯޓުކޮށްފިއެވެ.

ފަލަސްތީނުގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި އެއްވެސް ގައުމެއްގެ ރައުޔަށް ބެލުމެއްނެތި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ސިޔާސަތު ތަންފީޒުކުރަމުން ގެންދިއުމުގެ ސަބަބުން އިސްރާއީލާއި އަދި މުޅި ދުނިޔޭގެ ރައްޔިތުން ދަނީ މަގުތަކަށް ނިކުމެ އިސްރާއީލަށް ލައުނަތް ދެމުންނެވެ.

އެގޮތުން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ 7 ސިޔާސީ ޕާޓީން ގެންދަނީ އޭނާގެ ސަރުކާރުގައި ބައިވެރިވުން ނިމުމަކަށް ގެންނަން ޖެހިދާނެކަމަށް އިންޒާރު ދެމުންނެވެ.

އިސްރާއިލުގެ މަގުތަކަށް ނިކުމެ ރައްޔިތުން އަޑުއުފަލަމުން ގެންދަނީ ރަހީނުން މިނިވަން ކުރުމަށާއި ނަތަންޔާހޫ ވެރިކަމުން ފޭބުމަށެވެ. އެ މުޒާހަރާތަކުގައި ބައިވެރިވާ ސިޔާސީ ފަރާތްތަކުން ގެންދަނީ އާންމު އިންތިޚާބެއް އަވަހަށް ބޭއްވުމަށް ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

އެމެރިކާގެ ގައުމީ އިންޓެލިޖެންސް އިދާރާގެ ޑިރެކްޓަރ ބުނެފައިވަނީ ނަތަންޔާހޫ މަގާމުން ދުރުކުރުމުގެ ބާރު އިދިކޮޅު ސިޔާސީ ފަރާތްތަކަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު ފެންނަ ފެނުމުގައި އިސްރާއީލުގެ ރައްޔިތުން ބޭނުންވަނީ ތަންކޮޅެއް ލާހިކު ވިސްނުމެއް ގެންގުޅޭ ވެރިއެއް ކަމަށެވެ.

މީގެއިތުރުން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ސިޔާސީ ޕާޓީއަށް ނިސްބަތްކުރެވޭ މީހުންގެ ސަބަބުން ފަލަސްތީނުގެ މައްސަލާއާއި އިސްރާއީލުގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ދުވަހެއް ދުވަހަކަށް އިތުރު ނުރައްކަލަށް ހުށަހެޅުން ނޫން ނަތީޖާއެއް ނުލިބޭނެ ކަމަށެވެ.

                                                    
މިދިޔަ އާދީއްތަ ދުވަހު ނުސައިރާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި ފަލަސްތީނުގެ އާންމު ރައްޔިތުންގެ ފަސް މީހަކު ޝަހީދު ކޮށްލެވިފައިވާނެ ކަމަށާއި އޭގެތެރޭގައި ހަމާސްގެ މިލިޓްރީ ގޮފީގެ ޑެޕިއުޓީ ކޮމާންޑަރ މަރްވާން އީސާވެސް ޝަހީދުކޮށްލާފައިވާނެ ކަމަށް އިސްރާއީލުގެ މީޑިއާއިން ގެންދަނީ ބުނަމުންނެވެ. އޭނާ ޝަހީދުކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ލިބެމުންދާ އިންޒާރުތަކަށް ވެސް އިސްރާއީލުން މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

Loading

One Response

  1. ނަތައްޏާހޫއާ އެއްބާގަ އިގިރޭސިވިލާތާ އެމެރިކާ ނުވޭތަ ތިވާހަކަދައްކާއިރު ނުވިތާކަށް ހުރިހާގޮތަކުންދަނީ އެތެރިވެ ހިތްވަރުވެސްދެމުން ހަރަދުކުރުމުގެބަދަލުގާ ދުނިޔޭގަވާ އެއްމެނިކަމެތި އާދާގެ ފަގީރުމީހާކަމުގަ ތިތިއްގައުމުލައްވާށި

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް