އިސްރާއީލުން ޙަމާސްއާއިއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް
އިސްރާއީލުން ޙަމާސްއާއެކު ސުލްޙައިގެ ވާހަކަތަކަށް އެއްމޭޒުދޮށަށް އައުމަށް އެންމެފަހުން އެއްބަސްވެއްޖެ ކަމަށް އެސޯޝިއޭޓެޑް ޕްރެސްގެ މިއަދުގެ ޚަބަރުގައި ބުނެފިއެވެ. ބެލެވޭގޮތުގައި މިހާރު ހިނގަމުންދާ ހަނގުރާމާގައިއިސްރާއީލަށް މި ނިކުމެވެނީ ކޮޅުބަންދުވެފައިވާ މަގަކަށެވެ. ގައްޒާ ބޯޑަރު ގައި ދިރިއުޅޭ ޔަހޫދީންތައްވެސް ވަނީ ހަނގުރާމައިގެ ސަބަބުން ވިއްސި ވިހާލިވެފައެވެ. އިސްރާއީލުގެ ތެރޭގައި ހިނގަމުންދާ ހަނގުރާމައާއިދެކޮޅު މުޒާހަރާތަކުގެ ވައި ގަދަވެ ސިޔާސީ މީހުންގެ […]
ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފި
މާލޭގެ ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގައިފިއެވެ. މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ވީޑިއޯ އާންމުކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިން ރޭ މަތިން ތަޤުވާ މިސްކިތުން 7 ފަންކާ ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު ރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާ ކަމަށްވެސް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނެފައި ވެއެވެ. އެގޮތުން މި މައްސަލަ މިހާރު ޕޮލިހަށް ރިޕޯޓު ކޮށްފައިވާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި […]
ފަހު ދިހައެއްގެ ދުވަސްތައް ސަރުކާރު ބަންދު ކުރަން ނިންމީ ރޭ އަޅުކަމަށް ފުރުޞަތު ދިނުމަށް: ރައީސް
ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސްއޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް […]
500،000 މެލޭޝިއާ ރިންގިޓް އަޅާފައި އޮތް ފޮށްޓެއް މެލޭޝިއާގެ މޯލަކުން ފެނިއްޖެ
ނަގުދު ފައިސާގެ 500،000 މެލޭޝިއާ ރިންގިޓް އަޅާފައި އޮތް ލަގެޖް ފޮށްޓެއް މެލޭޝިއާގެ ދަމަންސަރާގައި ހުންނަ ޝޮޕިންގް މޯލަކުން ފެނިއްޖެއެވެ. މޯލްގެ ސެކިއުރިޓީ ބަލަހައްޓާ ސެކިއުރިޓީ ގާޑަކަށް ފެނުނު ފިޔާތޮށްޓާއި ހުދު ކުލައިގެ މި ފޮށީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ސެލަންގޯރް ފުލުހުންގެ އިސްވެރިޔާ ހުސައިން އުމަރް ޚާން ވިދާޅުވީ އެފޮށީގައި 10، 50 އަދި 100 މެލޭޝިއާ ރިންގިޓު ނޫޓުން 500،000 ހަމަވާ ވަރަށް ފައިސާ ހުރި ކަމަށެވެ. “މިއީ ވަގު ނޫޓުތަކެއްކަމަކަށް ގަބޫލެއް ނުކުރެވޭ. […]
އިޒްރޭލާއެކު ބާއްވާ ގުޅުމުގެ ސަބަބުން އެމެރިކާގެ ފޮރިން ޕޮލިސީ ހަރާބުވެއްޖެ: އެމެރިކާގެ ކުރީގެ ސަފީރު
އިޒްރޭލުން މިހާރުކުރިއަށް ގެންދާ ހަނގުރާމައިގައި އެމެރިކާއިން ވާގިވެރިވެ އިޒްރޭލަށް ކުރާ ސަޕޯޓުގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އޮންނަ އިތުބާރު ނަގާލައި، މެދުއިރުމަތީގެ ހަމަޖެހުން ނަގާލައި އެމެރިކާ ބާކީވެފައިވާކަމަށް އެގައުމުން ސައުދީ އަރަބިއާއަށް ކަނޑައަޅާފައި ހުރި ކުރީގެ ސަފީރު ޗާސް ފްރީމަން ބުނެފިއެވެ. މިޑްލް އީސްޓް މޮނިޓާއާއި ވާހަކަ ދައްކަމުން ފްރީމަން ބުނީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔަކީ އެމެރިކާކަމަށާއި، 1967 ވަނަ އަހަރުގައި އަރަބީންނާއި އިޒްރޭލާއި ދެމެދު ކުރެވުނު ހަނގުރާމައަށްފަހު ވެރިކަމާއި ހަވާލުވި އެމެރިކާގެ ކޮންމެ […]
މޮސްކޯއަށް ދިން ޙަމަލާގެ ތަޙްގީގު ކުރިއަށްދަނީ
މިދިޔަ ހުކުރު ދުވަހު މޮސްކޯގެ ކޮންސަރޓް ހޯލަށް ޙަމަލާދިނުމުގެ ތުޙުމަތު ކުރެވޭ 8 ވަނަ މީހާ ތަޙްގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓަށް ހާޒިރު ކޮށްފިއެވެ. އޭނާއަކީ ކިރިގިސްތާނަށް ނިސްބަތް ކުރެވޭ ރައްޔިތެކެވެ. އެ ޙަމަލާދިނުމުގައި ބައިވެރިވި 4 މީހަކުގެ އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދުމަށްޓަކައި ތަޙުގީގު ޓީމެއް މިހާރު ވަނީ ތަޖިކިސްތާނަށް ފޮނުވާފައެވެ. […]
ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން: ރައީސް
ކާބޯތަކެތި އުފެއްދުމަށް އުތުރުތިލަފަޅުން ހިއްކާނީ 200 ހެކްޓަރުގެ ބިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގައި އަމިއްލައަށް އުފެއްދޭ ފަދަ ކާބޯތަކެތި ރާއްޖޭން ބޭރުން އިމްޕޯޓް ކުރުމަށް މިހާރު ކުރަމުން އަންނަ ބޮޑު ހޭދަހުއްޓާލުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް […]
ގާޒާ ހަނގުރާމަ ހުއްޓުވުމުގެ ވޯޓުން އެމެރިކާ އާއި އިސްރާއީލު ތިންފަށް ވަރިއަކާ ދިމާލަށް
ޔުނައިޓެޑް ނޭޝަންސްގައި އިސްރާއީލުގެ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ފާސްކުރި ގަރާރުގައި އެމެރިކާއިން އިސްރާއީލާ އެއްކޮޅަށް ވޯޓު ނުދިނުމުން މިފަހަކަށް އައިސް ވަރިފަށުގައި އުޅޭ ތިންބިލިއަން ޑޮލަރުގެ އަގުބޮޑު ނަހަލާލު ކައިވެނީގެ އަނބިމީހާ ތިންފަށް ވަރިއަކާ ދިމާލަށް ހިނގައިދާނެކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އަދި އެމައްސަލާގައި މަޝްވަރާކުރަން މި ހަފުތާގެ ތެރޭގައި އަނބިމީހާގެ ފަރާތުން އެމެރިކާއަށް ފޮނުވަން ނިންމާފައި އޮތް ވަފުދުވެސް ނުފޮނުވާގޮތަށް ބޮޑުވަޒީރު ނަތަންޔާހޫ ނިންމައިފިއެވެ. ސެކިއުރިޓީ ކައުންސިލްގައި ފަލަސްތީނުގައ ޚާއްސަގޮތެއްގައި ފަލަސްތީނުގެ ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ރޯދަމަސް އުޒުރަކަށް ހަދާފައި ނަމަވެސް ވަގުތުން ހުއްޓާލުމަށް އަމުރުކޮށް ނެގުނު ވޯޓުގައި އެމެރިކާއިން […]
އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ
އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ. ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިއަހަރު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު […]
ހުޅުމާލޭގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅައިފިއެވެ. އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޕެޓް ކެއަރ ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ފަސްޓް ލޭޑީ ސާޖިދާގެ އިތުރުން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމެވެ. މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް ބޭތިއްބުމަށް ހަދަން ނިންމާފައިވާ މި ފެސިލިޓީ ހަދަން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މާލެ ސިޓީ ކައުންސިލާ […]