އިޒްރޭލާއެކު ބާއްވާ ގުޅުމުގެ ސަބަބުން އެމެރިކާގެ ފޮރިން ޕޮލިސީ ހަރާބުވެއްޖެ: އެމެރިކާގެ ކުރީގެ ސަފީރު

Loading

Facebook
Twitter
WhatsApp

އިޒްރޭލުން މިހާރުކުރިއަށް ގެންދާ ހަނގުރާމައިގައި އެމެރިކާއިން ވާގިވެރިވެ އިޒްރޭލަށް ކުރާ ސަޕޯޓުގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތަށް އޮންނަ އިތުބާރު ނަގާލައި، މެދުއިރުމަތީގެ ހަމަޖެހުން ނަގާލައި އެމެރިކާ ބާކީވެފައިވާކަމަށް އެގައުމުން ސައުދީ އަރަބިއާއަށް ކަނޑައަޅާފައި ހުރި ކުރީގެ ސަފީރު ޗާސް ފްރީމަން ބުނެފިއެވެ.

މިޑްލް އީސްޓް މޮނިޓާއާއި ވާހަކަ ދައްކަމުން ފްރީމަން ބުނީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔަކީ އެމެރިކާކަމަށާއި، 1967 ވަނަ އަހަރުގައި އަރަބީންނާއި އިޒްރޭލާއި ދެމެދު ކުރެވުނު ހަނގުރާމައަށްފަހު ވެރިކަމާއި ހަވާލުވި އެމެރިކާގެ ކޮންމެ ސަރުކާރަކުންވެސް އިޒްރޭލާއި ވަރަށް ގާތުން މަސައްކަތްކުރާ ކަމަށެވެ.

އެމެރިކާ ސަރުކާރުގެ އިސްވެރީން އިޒްރޭލަށް ކުރާ ތާއީދުގެ ފަހަތުގައި އޮތްކަމަށް ދައްކަނީ އަމިއްލަ މަސްލަހަތު އެކަނި ނޫންކަން ފާހަގަކޮށް ފްރީމަން ބުނީ، އެތާއީދުގެ ފަހަތުގައި މޯރަލް ސަބަބުތަކެއް އޮތްކަން ދެއްކުމަށް އެމީހުން މަސައްކަތްކުރާ ކަމަށެވެ.

މިގޮތުން، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ފަރާތުން އޮކްޓޯބަރު 7 ގެ ފަހުން ފެނިގެންދާ ހުރިހާ ކަންކަމަކީ އޭގެކުރިން ވެރިކަމުގައި ތިބި ފަރާތްތަކުންވެސް ބަލައިގަނެފައިވާ ތަދުބީރީ ޚިޔާލުތަކެއް ކަމަށް ފްރީމަން ބުނެފައިވެއެވެ.

Loading

One Response

  1. އޮޅިގެންވެސް ދޮގެއް ނޫނީ ދުލުން ބޭރު ނުކުރާތި. ޚާރިޖީ ސިޔާސަތު ޚަރާބުވެ ހަނގުރާމަ ހުއްޓުވަން ކޮންމެ ނޭވާއެއްގެ ދެކޮޅުގައި ގޮވަމުންދާއިރު މިދިޔަ ހަފުތާގައިވެސް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް އެ ދިނީ. ބައިނަލް އަގްވާމީ މީޑިއާތަކުން ސުވާލުކުރީމާ ހަނުހުރުން އިޚްތިޔާރު ކުރިއްޔޯ. ކިހާ ސަޅި….!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް