ސައުދީ އަރަބިއްޔާ އާއި ރަޝިޔާއާއި ދެމެދު މައިނިން އަދި ފާމަސިއުޓިކަލްސްގެ ބޮޑެތި އިންވެސްޓްމަންޓް ޕާރޓްނަޝިޕްތަކެއް!

ސައުދީ އަރަބިއްޔާ އާއި ރަޝިޔާއިން މައިނިން އަދި ބޭސްވެރިކަމުގެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓް ޕާޓްނަޝިޕްތަކެއް ގާއިމްކުރުމުގެ މަޝްވަރާތަކެއް ކުރަމުންގެންދާކަން އިތުބާރުހުރި މަސްދަރުތަކުން ހާމަވެއްޖެއެވެ. މި ހަފްތާގެ ކުރީކޮޅު ފެށި މި މަޝްވަރާތަކަކީ، ސައުދީ އަރަބިއްޔާގެ ވިޝަން 2030 ގެ އަމާޒުތަކުގެ ތެރެއިން، ތެލުގެ ބާޒާރުގެ ބޭރުން އިގްތިސާދު ފުޅާކުރުމުގެ އަމާޒު ހާސިލްކުރުމުގެ ބައެކެވެ.މިގޮތުން، ރަޝިޔާއިން، ރަނާއި ފޮސްފޭޓް ހިމެނޭގޮތަށް، ސައުދީ އަރަބިއްޔާގެ މަޢުދަނީ ވަސީލަތްތަކަށް އިންވެސްޓްކުރާއިރު، ޓެކްނޮލޮޖީގެ ތަޖުރިބާ ފޯރުކޮށްދޭނެއެވެ. އަދި ބަދަލުގައި ސައުދީގެ އަމާޒަކީ ކެޕިޓަލް […]

އީރާނުން ޗައިނާގެ އެޗްކިއު-9ބީ މިސައިލްތައް ޑިޕްލޮއިކޮށް، ގަލްފްގެ ވައިގެ ދިފާޢީ ނިޒާމު ބަދަލުކޮށްލައިފި

ސަރަހައްދީ ޖާސޫސީ މަސްދަރުތަކާއި، ޑިފެންސް އެނަލިސްޓުން ބުނާ ގޮތުގައި، ދިފާއީ ސާމާނުގެ ބަދަލުގައި ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނަށް އެޗްކިއު-9ބީ ލޯންގް ރޭންޖް ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމްތަކެއް ދީފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޖޫން 24 ވަނަ ދުވަހު، އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލިތާ މާގިނަ ދުވަހެއް ނުވެ ޗައިނާއިން އިރާނަށް ދީފައިވާ މިތަކެއްޗަކީ، ދާދި ފަހުން ދިން ޑްރޯންތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން […]

އިސްމާއިލް ސަބްރީއާ ގުޅިފައިވާ 169 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޯފިޓްކުރުމަށް އެމްއޭސީސީން މަސައްކަތް ކުރަނީ!

މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ކުރީގެ ބޮޑުވަޒީރު ދާޓޫކް ސެރީ އިސްމާއީލް ސަބްރީ ޔައުގުބާ ގުޅުން ހުރި ކަމަށް ބެލެވޭ 169 މިލިއަނަށް ވުރެ ގިނަ ރިންގިޓް އަތުލައިގަތުމަށް މަސައްކަތްކުރަމުންދާކަން ހާމަވެއްޖެއެވެ. އިސްމާއިލް ސަބްރީ އާއި އޭނާގެ ކުރީގެ ޕޮލިޓިކަލް ސެކްރެޓަރީ ދަތުކް މުހައްމަދު އަނޫރު މުހައްމަދު ޔޫނުސްގެ މައްޗަށް ދައުވާކޮށް، ސެޝަންސް ކޯޓަށް ހުށަހެޅި ފޯފިޗާ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، 14.8 މިލިއަން ރިންގިޓް އާއި، 1.46 […]

އަންހެން ފަނޑިޔާރުން އަނެއްކާވެސް މެލޭޝިއާގެ ޖުޑިޝަރީގެ އެންމެ އިސް ސަފުތަކުގައި!

މެލޭޝިޔާގެ ތާރީހުގައި ދެވަނަ ފަހަރަށް އެގައުމުގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ދެ މަގާމު އަންހެން ކަނބަލުން ހިފަހައްޓަމުން އަންނައިރު، މިއީ ގައުމުގެ ގާނޫނީ އަދި އިޖުތިމާއީ ކުރިއެރުމުގެ އިތުރު މައިލްސްޓޯންއެކެވެ. މި ތަރައްޤީގެ ސަބަބުން މެލޭޝިޔާގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ލީޑަޝިޕްގައި އަންހެނުންގެ ދައުރު އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ޚާއްޞަކޮށް އާންމު މުއައްސަސާތަކުގެ ތެރޭގައި ދެޖިންސުގެ ހަމަހަމަކަން ޕްރޮމޯޓްކޮށް ކުރިއެރުވުމަށް އެޤައުމުން ކުރަމުންދާ މަސައްކަތްތައް ވެސް ދައްކުވައިދެއެވެ.މެލޭޝިއާ މިހާރު ހިމެނެނީ، އޭޝިއާގެ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ […]

ވިޔަފާރީގެ އާ އެއްބަސްވުމަކާއި ނުލައި އެމެރިކާގެ ޓެރިފްތަކުގެ ނުރައްކާ އިންޑިއާއަށް!

އެމެރިކާއިން ވަނީ އިންޑިއާގެ ވިޔަފާރީގެ ހުރަސްތަކަށް ލުއި ދިނުމަށް ނުވަތަ ލުއި ނުދީފިނަމަ އެކްސްޕޯޓުން %26 އާއި ހަމައަށް ޓެރިފް ނެގުމާއި ގޅޭގޮތުން ވަކިގޮތެއް ނިންމުމަށް ޖުލައި މަހުގެ 9 ވަނަ ދުވަހުގެ މުއްދަތެއް އިންޑިއާއަށް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޑިއާގެ ވިޔަފާރީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ، އެގައުމަކީ ”ޓެރިފް ކިންގް“ ކަމަށް ވިދާޅުވެ، އިންޑިއާގެ މާކެޓްތަކަށް ފުޅާ ދާއިރާއެއްގައި ވަދެވޭނެ ގޮތް ހެދުމަށް ޑިމާންޑް ކުރައްވާފަ އެވެ. ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ބޭނުންވާކަން […]

މިސައިލް އަދި ޑްރޯން ކެޕޭސިޓީ ފުޅާކުރުމުގައި އީރާނަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފި

މިސައިލް އަދި ޑްރޯން ކެޕޭސިޓީ ފުޅާކުރުމުގައި އީރާނަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފިއެވެ. މިސައިލް އަދި ޑްރޯން ޕްރޮގްރާމްތައް އިތުރަށް ފުރިހަމަ ކުރުމަށް އީރާނަށް އެހީތެރިވުމަށް ޗައިނާއިން އެއްބަސްވެފައިވާއިރު، މިއީ ދެގައުމުގެ އަސްކަރީ އެއްބާރުލުން ދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އީރާނުން ވައިގެ ދިފާއީ ނިޒާމުތަކާއި، އަސްކަރީ ތައްޔާރީތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި ޕާޓްނަޝިޕްގެ ސަބަބުން މެދުއިރުމަތީގެ ސްޓްރެޓެޖިކް ބެލެންސަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.މި ފިޔަވަޅު އަޅާފައި މިވަނީ، ދާދިފަހުން އިސްރާއީލާއެކު ފަށާފައިވާ ހަނގުރާމައިގައި، އީރާނުން […]

ބްރެޒިލްގެ ޒުވާނުންގެ މެދުގައި ހިތުގެ މައްސަލަތައް އިތުރުވުމުންދާތީ ކަންބޮޑުވުން އިތުރުވެއްޖެ

ބްރެޒިލްގައި ޒުވާން ބޮޑެތި މީހުންގެ ހިތުގެ މައްސަލަތައް އިތުރުވަމުންދާތީ، ސިއްހީ އިދާރާތަކުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މައްސަލަތަކުގެ ބުޑުގައި ވަނީ ނިކަމެތި ދިރިއުޅުމުގެ ވައްޓަފާޅިތަކެއް ކަމަށް ސަރުކާރުން އިޝާރާތް ކުރި ނަމަވެސް ކޮވިޑް-19 ވެކްސިންތަކާއި ގުޅުން އޮވެދާނެތީ ބައެއް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާން އާބާދީތަކުގެ ތެރޭގައި ހިތާ ގުޅުން ހުރި ސިއްހީ މައްސަލަތައް އިތުރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ކާޑިއަކް އެރެސްޓް […]

ޕީޑިޑީ އާއި އިންޓެލިޖެންސްގެ ޖާސޫސީ ހަރަކާތްތަކާ ގުޅުވައިދޭ ދައުވާތަކެއް ފެންމަތިވެއްޖެ

އާންމުކޮށް ޕީޑިޑީގެ ނަމުން މަޝްހޫރު ޝޯން ކޮމްބްސް، މޮސާޑާއި ސީއައިއޭއާ ގުޅުން ހުރި ކަމަށް ބުނާ ސިއްރު ޖާސޫސީ ހަރަކާތްތަކުގައި ބައިވެރިވެފައި ހުރެދާނެ ކަމަށް ބުނާ ވާހަކަތަކެއް ހާމަވެއްޖެއެވެ. މުނިފޫހިފިލުވުމާއި ޖާސޫސީ ދާއިރާތަކުގެ ތެރޭގައި ދައުރުވަމުންދާ މަސްދަރުތަކުން ތުހުމަތުކުރާ ގޮތުގައި އޭނާ ހިންގަނީ ހޮލީވުޑްގެ ފާހަގަކޮށްލެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ބްލެކްމެއިލް ނެޓްވޯކެކެވެ.ތުހުމަތުކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮމްބްސްގެ ހައި ޕްރޮފައިލް ޕާޓީތަކަކީ މަޝްހޫރު ފަރާތްތައް ކޮމްޕްރޮމައިޒް ކުރުމަށާއި، ސިއްރު ރެކޯޑިންތައް ހިމެނޭ ”ހަނީ ޓްރެޕް“ އޮޕަރޭޝަންތައް ހިންގުމަށް […]

ފަލަސްޠީނުގެ އޮތޯރިޓީން ފަންޑުކުރާ ހަތިޔާރު އެޅި ޖަމާއަތްތަކާ ގުޅިގެން އިޒްރޭލުން މަސައްކަތްކުރާކަމުގެ ތުހުމަތުތަކެއް!

ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ތިން ޖަމާއަތަކާ ގުޅިގެން އިޒްރޭލުން މަސައްކަތް ކުރަމުންގެންދާ ކަމަށް އިޒްރޭލުގެ މީޑިއާއަކުން ބުނެފިއެވެ. އިޒްރޭލުގެ ސިފައިންނަށް އެއްބާރުލުން ދެމުންގެންދާ މި ޖަމާއަތްތަކަށް ފައިސާދީ ފަންޑު ކުރަނީ ފަލަސްތީނު އޮތޯރިޓީން ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ ޖަމާއަތަކީ ފަތަހު ހަރަކާތާ ގުޅިފައިވާ ދެ ޖަމާއަތެއް ކަމަށާއި ޣައްޒާ ސިޓީ އާއި ޚާން ޔޫނިސްގައި ހަރަކާތްތެރިވާ ޖަމާއަތްތަކެއް ކަމަށް އިޒްރޭލުން ވަނީ ރިޕޯޓުކޮށްފައެވެ.މިގޮތުން، އެމީހުންގެ ލީޑަރުން ކަމަށްވާ އުތުރުގެ، ރާމީ ޚަލާސް އާއި […]

އިންޑިއާ މަސްވެރިންތަކެއް ހިފަހައްޓައި، ސްރީލަންކާއިން ޑިޕްލޮމެޓިކް ޑިސްޕިއުޓެއް ފަށައިފި

ގަވާއިދާއި ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް ހުއްޓުވުމަށް ހާއްސަ ހަރުކަށި ސިޔާސަތެއް ފާސްކޮށް، ސްރީލަންކާގެ ކަނޑުގެ ސިފައިންވަނީ އެގައުމުގެ ސަރަހައްދުތަކުން މަސްވެރިކަންކުރާ އިންޑިއާގެ މަސްދޯނިފަހަރާއި ފަޅުވެރީން ހިފަހައްޓާނެކަމުގެ އިންޒާރުދީފައެވެ. އަދި މިސަބަބާއިހުރެ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ޓެންޝަން އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ އުޅަނދުފަހަރުން ކުރާ މަސްވެރިކަން ހުއްޓުވުމަށް ސްރީލަންކާގެ ވުޒާރާތަކުން މަސައްކަތް ފަށާފައިވަނީ، އެގައުމުގެ އާންމުން ކާންބޯން ކުރާ މަސްވެރިކަމުގެ މަސައްކަތުން ލިބޭ އާމްދަނީއަށް ހުރަސް އެޅެމުންދާތީކަމަށް މަސްވެރީން ބުނެއެވެ. ”އެމީހުން ގެންދަނީ […]