އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަނީ

Loading

Facebook
Twitter
WhatsApp

އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން ގޮވާމުން ޒަކާތް ދެއްކުމުގެ ފުރުސަތު މިއަހަރު ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 09 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ ޢާންމުކޮށް އަހަރުތެރޭގައި ކައިއުޅޭ ބާވަތްތަކުން ޞާއެއްގެ މިންވަރު (2.4 ކިލޯ) ނުވަތަ އެއަށްވާ އަގެވެ.

މާލެ ސިޓީގައި ގޮވާމުން ޒަކާތް ބަލައިގަންނާނީ އަމީނިއްޔާ ސްކޫލު ހޯލުގައި.

21 ރަމަޟާންއިން 30 ރަމަޟާންގެ ނިޔަލަށް ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 13:00 އިން 16:00 އަށް.

30 ރަމަޟާންގައި 13:00 އިން 18:00 އަށް ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައި.

ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތްތަކަކީ އާދައިގެ ހަނޑުލާއި ތައިލެންޑް ހަނޑުލާއި ބާސްމަތީ ހަނޑުލާއި ރަތް ހަނޑުލާއި ގޮދަން ފުށާއި އާޓާ ފުށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް