ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢާއިޝަތު ޝިހާމެވެ.  އެޗްޑީސީއިން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި އިއްޔެ ސޮއިކުރިއިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ […]

“ސީ-ޓު-އެއަރ“ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ފަށާ ”ސީ-ޓު-އެއަރ“ ކާގޯ ޓްރާންސްޝިޕްމަންޓް ގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި، ޓާކިޝް އެއާލައިންސް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާއެކު ސޮއިކޮށްފިއެވެ. މި ފަހުމުނާމާތަކުގައި ސޮއިކުރީ މީރުމާގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްއިން ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ ”ސީ-ޓު-އެއަރ“ ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއަރ ޕާޓްނަރަކަށްވުމަށެވެ. އަދި އެމްއޭސީއެލްއާއެކު […]

މުޅި ދުނިޔެ ޙަމާސް ގެ ބާރުގެ ދަށަށް – އިސްރާއީލޯ ފޯބިއާ

ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވާލަމެވެ. މިލިއުމަކީ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސިޔާސީ ފިކުރުގެ މީހުންދުނިޔެއަށް ދައްކަން ބޭނުންވާ މަންޒަރެވެ. މިއަދު އިސްރާއީލުންގެ ޙަގީގަތް ދުނިޔޭގެ ކަންކޮޅުތަކަށް އެނގި ހާމަވަމުން ދާން ފެށުމުން އަބަދުވެސް ޔަހޫދީންގެ ތަބީއަތުގައި ހަރުލާފައި ހުންނަ މަކަރާއި އޮޅުވާލުމުގެ ފަލްސަފާގެ ބޭނުންކުރަން އިތުރަށް މެކްހަށްޖަހަން ފެށީއެވެ.                                                      […]

ފުލުހުން އަޅުގަނޑުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނުކުރޭ: ފައްޔާޟް

ފުލުހުން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނުކުރާ ކަމަށްއެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުގައި އާރްޑީސީއަށް ލިބުނު ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެެރިވެފައިވާ މައްސަލާގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޟް އިސްމާޢީލަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭތީ ސުވާލު ކުރުމަށް މިއަދު 15:00 ގައި ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ […]

17 ރަށަކަށް ބޭނުންވާ ލެބޯރެޓަރީ ސާމާނުތައް ހޯދުމަށް ޗައިނާ ސަރުކާރާއިއެކު އެއްބަސްވެއްޖެ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ ”ލެޓަރ އޮފް އެކްސްޗޭންޖު“ ގައި މިއަދު ސޮއިކޮށްފިއެވެ. މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. ހެލްތު މިނިސްޓްރީން ބުނީ ޖުމުލަ 72 ރަށަކަށް […]

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިއްޖެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އައި ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.  ފުލުހުން މިއަދު ބުނީ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ހޯދަމުންދިޔަ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އަކްރަމް ޢަދީލް ސަޢީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފޮޓޯ އާންމުކޮށް ފުލުހުން ބުނެފައި ވަނީ ވެސް ރޭގެ ވަގުތެއްގައެވެ. އަދި ފުލުހަށް އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މާރިޗް 25 ވަނަ ދުވަހު 19:22 […]

އާރްޑީސީގެ ޚިޔާނާތުގެ މައްސަލައިގައި ފައްޔާޒު ފުލުހަށް ހާޒިރުވާން އަންގައިފި

މިދިޔަ ސަރުކާރުގައި އާރްޑީސީގެ މެނޭޖްމަންޓުން ޚިޔާނާތް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަލްއުސްތާޛު ފައްޔާޒް އިސްމާއީލްއަށް އަންގައިފިއެވެ. އާރްޑީސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ފައްޔާޒުއަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު ތިނެއް ޖަހާއިރުއެވެ. ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓު އެކްސްގައި ހިއްސާކުރައްވައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ. އަދި އާރްޑީސީގެ ކުރީގެ […]

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ޠަލްޙަތު

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޠަލްޙަތު ޙަސަން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި މި މަގާމަށް ޠަލްޙަތު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. ސާޖެންޓް އެޓް އާމްސްއަކީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސް މަގާމެވެ. މީގެކުރިން ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ މުޙައްމަދު ޙަލީމެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ […]

ޗައިނާއިން ހަދިޔާ ކުރި 1،500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ޗައިނާގެ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ރާއްޖެއަށް ހަދިޔާ ކުރި1,500 ޓަނުގެ ބޯފެނުގެ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.  ސަރުކާރުން ބުނީ ޝީޒަން އޮޓޮނޮމަސް ރީޖަންއިން ހިލޭ ހަދިޔާ ކުރާ ފެނުގެ ޝިޕްމަންޓް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.  ހަމަ އެހެންމެ މި ފެން ބޭނުން ކުރަން ނިންމާފައި ވަނީ ރާއްޖޭގެ ރަށްތަކަށް ފެނުގެ ދަތިތަކަން ދިމާވާ ހާލަތުގައި އެ ރަށްރަށަށް އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ދިވެހި ސަރުކާރުން ހާމަކުރެއެވެ.  މިއީ ޝީޒަން އޮޓޮނޮމަސް ރީޖަންގައި ހުންނަ ގަނޑުފެނުން އުފެއްދިފައިވާ […]

ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަޞާރާދީނުގެ ލިޔުން އެޅި ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

 ހިޔާ ފްލެޓުގެ މެއިލް ބޮކްސްތަކަށް ނަޞާރާދީނުގެ ލިޔުންތަކެއް އެޅި މައްސަލައިގައި ބިދޭސީ ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ދެންމެ ބުނީ ހިޔާ ފްލެޓުތަކުގެ މެއިލް ބޮކްސްތަކަށް ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ުފުލުހުން ބުނީ އެ ދެ މީހުންނަކީ ޖަރުމަން ވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ ދެ މީހުން ރާއްޖެ […]