500،000 މެލޭޝިއާ ރިންގިޓް އަޅާފައި އޮތް ފޮށްޓެއް މެލޭޝިއާގެ މޯލަކުން ފެނިއްޖެ

Loading

Facebook
Twitter
WhatsApp

ނަގުދު ފައިސާގެ 500،000 މެލޭޝިއާ ރިންގިޓް އަޅާފައި އޮތް ލަގެޖް ފޮށްޓެއް މެލޭޝިއާގެ ދަމަންސަރާގައި ހުންނަ ޝޮޕިންގް މޯލަކުން ފެނިއްޖެއެވެ. 

މޯލްގެ ސެކިއުރިޓީ ބަލަހައްޓާ ސެކިއުރިޓީ ގާޑަކަށް ފެނުނު ފިޔާތޮށްޓާއި ހުދު ކުލައިގެ މި ފޮށީގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، ސެލަންގޯރް ފުލުހުންގެ އިސްވެރިޔާ ހުސައިން އުމަރް ޚާން ވިދާޅުވީ އެފޮށީގައި  10، 50 އަދި 100 މެލޭޝިއާ ރިންގިޓު ނޫޓުން 500،000 ހަމަވާ ވަރަށް ފައިސާ ހުރި ކަމަށެވެ. 

“މިއީ ވަގު ނޫޓުތަކެއްކަމަކަށް ގަބޫލެއް ނުކުރެވޭ. އެހެން ނަމަވެސް ބޭންކް ނެގަރާ މެލޭޝިއާގެ ފަރާތުން މިކަން ކަށަވަރު ކުރާނެ. ފޮށި ފެނުނު ސަރަހައްދަކީ ސީސީޓީވީ ކެމެރާ ހަރުކުރެވިފައި ހުރި ސަރަހައްދެއް ނޫން.” ނޫސްވެރިންނާއި ވާހަކަދައްކަމުން ޚާން ވިދާޅުވިއެވެ. 

އެހެންނަމަވެސް، މެލޭޝިއާގެ ކުންފުންޏަކުން އެފައިސާ ފޮށްޓަކީ އެފަރާތުގެ އެއްޗެއްކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މިހާރު އެކަން ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް