ލަންކާގެ ހަނގުރާމަމަތީ ކުށްތަކުގައި އިސްރާއީލުގެ އަތެއް، ތަހުގީގުކުރެވެން ޖެހޭ!

ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް އައިތާ 14 އަހަރުވެ، 29 އަހަރު ދުވަހުގެ ދިގު ހަމަނުޖެހުންތަކުން ގައުމުގެ ކަންކޮޅުތަކަށް ލިބުނު ނުތަނަވަސްކަން ފިލައިގޮސް ޒާތެއްގެ އަމާންކަމެއް ލިބިފައިވީނަމަވެސް، ހަނގުރާމައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެކުވެރި ދައުލަތްތަކާއި، ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ހަނގުރާމަމަތީގައި ހިނގައިދާ ކުށްތައް ފަރުވާތެރިކަމާއެކު މުސްތަނަދު ކޮށްފައިވީ ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ސަރުކާރާއި، ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް […]

ސްވީޑެންގައި ޤުރުއާން އެންދުން ހުއްދަކުރާތީ ތުރުކީން ރުޅިވެރިކަން ފާޅުކޮށްފި

ސްވީޑެންގެ ސްޓޮކްހޮލްމް މިސްކިތުގެ ބޭރުގައި ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ތުރުކީގެ ދާޚިލީ ވަޒީރު ހާކާން ފިޛާން ނުރުހުންވެ ރުޅިވެރިކަން ފާޅުކުރައްވައިފިއެވެ. ސްވީޑެންގެ މި އަމަލަކީ އެގައުމުން ނޭޓޯއާއި ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުމަށް ތުރުކީއިން އެއްބަސްވުމަށް އެޅޭނެ ހުރަހެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. ”އަޟްހާ ޢީދުގެ މުނާސަބު ދުވަހުގައި ސްވީޑަންގައި ކީރިތި ޤުރުއާނާއި ދެކޮޅަށް ހިންގި ހުރުމަތްތެރިކަންކުޑަ މުޑުދާރު އަމަލު އަޅުގަނޑު ކުއްވެރިކުރަން.“ ބުދަ ދުވަހު ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. […]

ޤުރުއާން އެންދުމުގެ އަމަލު ޕުޓިން ކުށްވެރި ކުރައްވައިފި

ސްވީޑެންގެ މިސްކިތެއްގެ ބޭރަށް އެއްވެ މުސްލިމުންގެ އެންމެ މަތިވެރި ފޮތްކަމުގައިވާ ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ސްވިޑެންއިން އެކަން ހުއްދަކޮށްފައިވާތީ ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން އެކަން ކުށްވެރިކުރައްވައިފިއެވެ. މީގެކުރިން ހުޅަނގުގެ ބައެއް ގައުމުތަކުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރަހައި، ނޫސްތަކުގައި ޝާއިއު ކުރުމުގެ މައްސަލައާއި ގުޅުވައިގެން، މުސްލިމުންނަށް މިކަންކަން މައްސަލައަކަށްވަނީ ކީއްވެކަން ޗެޗެން ރިޕަބްލިކްގެ ރައީސް ރަމްޒާން ކަދީރޮވް ވަނީ ޕުޓިންއަށް ސާފުކޮށްދެއްވާފައެވެ. އަދި އެފަދަ ހުރުމަތްތެރިކަންކުޑަ އަމަލު ހިންގާ ފަރާތްތަކާއި ދެކޮޅަށް އެޅި […]

އިންޑޮނޭޝީއާގެ ދިފާޢީ ވުޒާރާއިން ފަލަސްތީނު ދަރިވަރުންނަށް ސްކޮލަޝީޕްތަކެއް ދީފި

ފަލަސްތީނު ދަރިވަރުންގެ ތައުލީމަށް އެއްބާރުލުންދިނުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން ފަރުމާކުރެވިގެން ކުރިއަށް ގެންދެވޭ ސްކޮލަޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި އިންޑޮނޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޕްރަބޮވޯ ސުބިއަންތޯ ސޮއިކުރައްވައިފިއެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ފަލަސްތީނު ދަރިވަރުންނަށް އިންޑޮނޭޝިއާގައި ތިބެގެން ކިޔެވުމުގެ އިތުރުން، ކިޔަވަން ތިބޭއިރު ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބޭނެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޑެނީޝިއަން ޑިފެންސް ޔުނިވަރސިޓީގެ ފަރާތުން ފަލަސްތީނު ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އިންޑޮނޭޝިއާގެ ދިފާޢީ ވުޒާރާގެ އަމާޒަކީ ވަކިވަކި ވުޒާރާތަކަށް ވެސް […]

ޕާކިސްތާނުގެ މިލިޓްރީ އިސްބޭފުޅުންތަކެއްެ ވަކިކޮށްފި

އިސްލާމް އާބާދުންް ޚަބަރު ދީފައިވާގޮތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަށް ތާއީދުކުރާ ގިނަބަޔަކު ކުރަމުންގެންދިޔަ މުޒާހަރާގައި ދައުލަތުގެ މުދަލާއި ތަންތަނަށް ގެއްލުންދެމުން ގެންދިޔައިރުވެސް އެމީހުންނާއި ދޭތެރޭ އެކަށީގެންވާގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން އެގައުމުގެ ސިފައިންގެތެރެއިން ވަރަށް އިސް 3 އޮފިސަރަކު މަގާމުން ވަކިކޮށްފިއެވެ. އޭގެތެރޭގައި ޖެނެރަލަކުވެސް ހިމެނޭކަމަށާއި އޭގެ އިތުރުން ފަރުވާކުޑަ ކުރުމުގެ ސަބަބުންޖެނެރަލުންނާއި ބްރިގޭޑިއަރުންވެސް ހިމެނޭގޮތުގައި15 އޮފިސަރަކާއި ދޭތެރޭ އެކިއެކި ފިޔަވަޅުތައް އަޅާފައިވާކަމަށް މޭޖަރ ޖެނެރަލް އަޙުމަދު ޝަރީފް ޗައުދަރީ ވިދާޅުވިކަމަށް  ބުނެއެވެ. އެހެންނަމަވެސް އެ އޮފިސަރުންގެ ވަނަވަރު އަދި ހާމައެއްނުކުރެއެވެ. މިފަދަ ޚަބަރުތައް އާންމުކުރުމަކީ މިލިޓްރީގެ ތެރޭގައި މީގެކުރިން ހިނގާކަމެއްވެސް ނޫނެވެ. މޭޖަރ އިތުރަށް ވިދާޅުވީ މުސްކުޅިކުރައްވާފައިވާ […]

ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް ތައާރަފުކޮށްފި

ރާއްޖެ އިސްލާމްވުމުގެ ކުރިން ފެށިގެން އޮނަވިހި ގަރުނުގެ ކުރީކޮޅާ ހަމައަށް ދިވެހިން ލިޔެކިޔުމަށް ބޭނުންކުރަމުން އައި އަކުރުކަމަށްވާ ދިވެސް އަކުރުން ލިޔެވޭނެ ފޮންޓެއް އުފައްދަވައިފިއެވެ. މި ފޮންޓަކީ ހެރިޓޭޖް މިނިސްޓްރީގެ ރިސަރޗް އެނަލިސްޓް މުޙައްމަދު ނާޖިހްގެ އެހީތެރިކަމާއެކު ޢީސާ ޝަރީފް އުފެއްދެވި ފޮންޓެކެވެ. މި ފޮންޓް މައިގަނޑަކަށް ބިނާވެފައިވަނީ އިބްރާހީމް ރަސްގެފާނު (1720-1750) ގެ ދެ ފަތްކޮޅެއްގެ މައްޗަށް ކަމަށް ނާޖިހް ވިދާޅުވިއެވެ. “ޢީސަ ތާނަ އަކުރަށް ފޮންޓްތަކެއް ހައްދަމުން އުޅުއްވިއިރު ތާނައިގެ އިހުގެ ވައްތަރުތަކަށް ފޮންޓް […]

ގުގުމައިލި ތަކުބީރުގެ އަޑާއެކު މާލެ ސިޓީ ކައުންސިލު ތާރީޚުގެ ތެރެއަށް

ޗައިނާގެ އެހީގައި މާލެ ސިޓީ ކައުންސިލުން ބޮޑު ތަކުކުރުފާނު މަގުގައި ހަރުކުރި ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފެށުން ވެގެންދިޔައީ މި ޢީދުގައި ގިނަ ބައެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނުވި ކަމަކަށެވެ. ޙައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން އެ ލައިޓްތަކުން އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައިވާއިރު ގިނަ ބަޔަކު އަންނަނީ މާލެ ސިޓީ ކައުންސިލަށް ތައުރީފުކޮށް ޝުކުރުއަދާ ކުރަމުންނެވެ. “ވަރަށް ވެސް އުފާވެރި ހިތަށް ހަމަޖެހުން ލިބިގެންދާ ޢީދެއް. ތަކްބީރުގެ […]

މަދިރިން ރައްކާތެރިވާނެ ގޮތް، ސައިންސްވެރިންގެ ދުލުން

މަދިރި ދަތް އަޅާ ވަގުތު ކުރާކަމަކީ އިންސާނާގެ ހަންގަނޑުގެ ތެރެއަށް އޭގެ އަނގައިގެ ބައެއް ވައްދައިލާ، ލޭނާރެއް ހޯދުމުގެ މަސައްކަތެވެ. އަދި މަދިރީގެ އަނގައިގާ ރަތް ލޭ ޖެހޭ ހިސާބުން، ހޮޅިއަކުން ފިނި ބުއިމެއް ދަމައިލާހެން ލޭގެ ސެލްތަކާއި ޕްލާޒްމާ ދަމައިގަންނާނެއެވެ. އަވަސްއަވަހަށް ލޭބޮއި ނިންމާލާފައި މީހަކަށް ނޭނގޭ ގޮތަށް ރައްކާވުމަކީ މަދިރީގެ ނަފްސުގެ ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެވެ. މިގޮތުން އޮޅުވައިލުމަށްޓަކައި، ލޭބޮއި ނިންމުމަށްފަހު އެކިވައްތަރުގެ ޕްރޮޓީންތައް އިންސާނާގެ ހަށިގަނޑުތެރެއަށް ދޫކޮށްލައެވެ. މި ޕްރޮޓީންތައް މަސައްކަތްކުރާނީ […]

ނޮކިއާ މެޖިކް މެކްސް: 200 މެގަޕިކްސެލް ކެމެރާ އަދި 12 ޖީބީގެ ރެމް ވެސް!

ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ އެންޑްރޮއިޑް ސްމާޓްފޯނުގެ ކުރިއަރާފައިވާ ދުނިޔޭގައި، އީޖާދީ ރޮނގުން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏަކީ ނޮކިއާއެވެ. ނޮކިއާއަކީ ޒަމާނާއި ގުޅޭގޮތަށް ފަރުމާކޮށް ސާބިތުކަމާއެކު ފަހުގެ ވަސީލަތްތައް ބާޒާރަށްނެރޭ ކުންފުންޏެކެވެ. އަދި ނޮކިއާގެ އީޖާދުތައް ބޭނުންކުރަން އެހާމެ ފަސޭހައިރު، އެކަމުގައި ނޮކިއާއާއި ފައިހަމަކުރެވޭ އެހެން ވަސީލަތެއް ނެތް އީޖާދުތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. އީޖާދީ ދުނިޔޭގައި މިފަހުން ފެތުރުނު އެއް ޚަބަރަކީ ”ނޮކިއާ މެޖިކް މެކްސް“ގެ ނަމުގައި އެޗްއެމްޑީ ގްލޯބަލްއިން މުޅިން އައު ސްމާޓްފޯނެއް […]

ޑިމޮކްރެސީގެ އެންމެބޮޑު ނުރައްކަލަކީ ހަމަހަމަކަމާއި އިންސާފު ނެތުން – އޮބަމާ

މަތީގައިއެވާ ސުރުޚީއަށް ސަންދާނުންވެސް އެއްބަސްވަމެވެ. އެކަމަކު މިފަހަރު އެ ސުރުޚީ ވިދާޅުވެފައި އެވަނީ އެމެރިކާގެ ކުރީގެ ރައީސެއްކަމުގައިވާ ބަރަކް އޮބާމާއެވެ. ދުނިޔޭގައި މިވަގުތުހުރިކަމަށް ބެލެވޭ އެންމެ ފުންނާބު އުސް ނިއުސް ރިޕޯރޓަރ ކްރިސްޓިއާން އަމަންޕޯރަށް އެ ދެއްވި ބަސްދީ ގަތުމަށް ބަލާލަމެވެ. ރައީސް އޮބާމާގެ ސުރުޚީއާއި ދޭތެރޭ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ތަފްސީލުކޮށްދެއްވުމަށް ކްރިސްޓިއާން އަމަންޕޯރ އަށް ވިދާޅުވިއެވެ.                                                 […]