ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ލިސްޓުގައި އިންޑިއާ މީހާގެ ނަން އޮތީ އޮޅުމަކުން: އަކްރަމް

މާލެ ސަރަހައްދުން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ދާދިފަހުން ރާއްޖޭގެ ރަށްވެހިކަން ލިބުނު އިންޑިއާ މީހެއްގެ ނަން އޮތީ އޮޅުމަކުންކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއަރ އަކްރަމް ކަމާލުންދީން މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ހޯމަ ދުވަހު އާންމުކުރި “ބިންވެރިޔާ“ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓުގައި މއ.މަލިކުވިއު ޙަބީބު ރަހިމާން މުޙައްމަދު ހަނީފާ (46 އ) ގެ ނަން އޮތީ ޝަރުތުހަމަވާ އިތުރު މީހަކާ ޖޮއިންވުމުން ގޯތި ލިބުމުގެ ފުރުސަތު ލިބޭ […]

މޭޔަރުގެ ނަމުގައި އަނެއްކާ ވެސް ފޭކް މެސެޖުތައް ފޮނުވަމުންދާތީ ސަމާލުވުމަށް އެދިވަޑައިގެންފި

މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް ފޭކް މެސެޖުތައް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ. މޭޔަރު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރާއި ވައިބާއާއި ވަޓްސްއެޕާއި އެ ނޫން ވެސް މަންސަތައް މެދުވެރިކޮށް ފޭކް މެސެޖުތައް އެކި ފަރާތްތަކަށް ދަނީ ފޮނުވަމުންނެވެ. އެގޮތުން ހޯމަދުވަހުގެރޭ ޓީވީ ޕްރޮގްރާމެއް ހިނގަމުންދިޔަ ވަގުތު މޭޔަރުގެ ނަމުގައި ނޫސްވެރިއަކަށް ވަނީ ފޭކް މެސެޖުތަކެއް ފޮނުވައިފައެވެ.  “އަޅުގަނޑުގެ ނަންބަރުން ޓީވީއެއްގެ ނޫސްވެރިއަކަށް މެސެޖުތަކެއް ގޮސްފި އެވަގުތު […]

ގޯތި ދުކުރުމުގެ ނަމުގައި ހިންގީ ބޮޑު ޖަރީމާއެއް: އިދިކޮޅު ކޯލިޝަން

މާލޭ ސަރަހައްދުން ގޯތި ދުކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަކަމެއް ނެތި ހައްގުވާ ފަރާތައް ބެލުމެއް ނެތި ބިންތައް ބަހައިލާފައިވާ ކަމަށާއި އެއީ ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 5,000 ގޯތި ލިބޭ މީހުންގެ ލިސްޓު ސަރުކާރުން އިއްޔެ އާންމުކޮށްފައިވާއިރު, މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނެއެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ […]

ގޯތި ލިބުނު މީހުންގެ ލިސްޓުގައި މަޖިލީހުގެ 10 މެންބަރަކާއި އަދީބާއި ޑރ.އިޔާޟްގެ އާއިލާ

މާލެއިން ހިލޭ ގޯތި ލިބުނު މީހުންގެ ލިސްޓު މިއަދު އާންމުކޮށްފައިވާއިރު, ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް ވެސް ގޯތި ލިބިވަޑައިގެންފައިވާކަމަށް ދައްކައިފިއެވެ. ސަރުކާރުން މިއަދު ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވި ގޮތުން ސަރުކާރުން މިއަދު ގެޒެޓްކުރި 5000 ގޯތީގެ ލިސްޓަކީ އަޕްޑޭޓްކުރަމުންދާނެ […]

އިންޑިއާ ބާކީވެދާނެކަމުގެ ބިރު އެބައޮތް – އޮބާމާ

އިންޑިއާގެ ހިންދޫ ވިސްނުމުގެ ބޮޑުވަޒީރު މޯދީ އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ދައުވަތަކަށް އެމެރިކާއަށް ވަޑައިގަތުމުގެ މައުޟޫއުގައި ސީ. އެން. އެން. ގައި ވާހަކަފުޅު އެމެރިކާގެ ކުރީގެ ރައީސް އޮބާމާ އިންޑިއާގެ ނަސްލީތަފާތު ކުރުން އިތުރުވަމުން ދާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޮބާމާ ވިދާޅުވީ އިންޑިއާގައި ބައިމަދު މުސްލިމުންގެ ޙައްގުތަކަށް އަޅާލުން ކުޑަވުމުގެ ސަބަބުން ބައިނަލް އަގްވާމީ މައިދާނުގައި އިންޑިއާ ބާކީ ވެދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ. އަދި އެއީ އިންޑިއާއަށް ނުރައްކާތެރި ކަމެއްކަމުގައި ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.               މިވަގުތު ގުރީކަށް ވަޑައިގެން ދުނިޔޭގެ ސިޔާސީ […]

ބޮޑުޗުއްޓީއަށް ދާ މީހުންގެ ގެދޮރު ވަގުންގެ އަތްދަށުން ސަލާތްވާނޭހެން ބަންދުކުރައްވާ!

ދިރާސީ އަހަރުގެ ބަންދާއި ބޮޑު ޢީދު ބަންދުގެ ތެރޭގައި މާލޭ ސަރަހައްދު ގެތަކުން ވައްކަން ކުރުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެގޮތުން ޗުއްޓީއަށް ދާ މީހުން ޗުއްޓީ ނިންމާފައި އެނބުރި އަންނައިރު ގިނަ ގޭގެ ފަޅާލައި ގޭގެއިން ވައްކަންކޮށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންވެފައި ހުރެއެވެ. އެހެންކަމާއެކު ޗުއްޓީއަށް ފުރުމުގެ ކުރިން އަވަށްޓެރީންނާ ބައްދަލުކޮށް ގޭގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވެހިކަލްތައް ވެސް އަށްޓެރީންނާ ހަވާލު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އަދި ގޭގެ ދޮރުތައް ފަރުވާތެރިކަމާއެކު […]

ހުޅުމާލެ މަސްޖިދުއްރަޝީދުގެ ތަޅުމުގައި ޖަހާފައިވާ މާބުލް ތަށިމުށީގައި އޮރިޔާން ސިފަވާ ކުރެހުން

ހުޅުމާލޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އެމަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނުގައި ޢިމާރަތްކޮށްދެއްވި މަސްޖިދުއްރަޝީދުގެ ތަޅުމުގައި ޖަހާފައިވާ މާބުލް ތަށިމުށިގައި އޮރިޔާން ފޮޓޯ ސިފަވާފަދަ ކުރެހުމެއް ފެންނަ ކަމަށް ބުނެ, އެ މިސްކިތުގައި ނަމާދުކުރަމުން ދިޔަ އެތައް ބަޔަކު އެމިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ. މި މިސްކިތަކީ އާރްސީސީ ކޮމްޕެނީއިން 3 ބުރިޔަށް ޢިމާރާތްކޮށް އެއަރކޯނުކޮށްފައިވާ ވަރަށް ރީތި މިސްކިތެކެވެ. މި މިސްކިތަކީ ހުޅުމާލޭގައި ގާއިމުކުރެވިފަވާ އެންމެ ރީތި މިސްކިތް ކަމަށް ގިނަބަކު ދެކެއެވެ.  މިސްކިތް ހުޅުވައި ދެއްވީ ރައީސުލްް […]

ބޮޑު ޗުއްޓީއަށް ފުރާމީހުންނަށް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސެއް

ޢީދު ބަންދާއި ސްކޫލްތަކުގެ ބަންދާ ދިމާކޮށް ރާއްޖޭގެ  އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރަމުންދާ ގިނަ ޢާއިލާތައް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރަމެވެ. ޗުއްޓީއަށް ފުރުމުގެ ކުރިން ދަތުކުރަން ހަމަޖެހިފައި އުޅަނދާއި އަދި އެ އުޅަނދަކީ ރައްކާތެރިކަމާއެކު ދަތުރު ކުރެވޭވަރުގެ އުޅަނދެއްކަން ޔަގީން ކުރެެއްވުމަކީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ވެސް ކުރަންެކެ ޖެހޭނެ ކަމެކެވެ. އެގޮތުން ލޯންޗުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ފަސިންޖަރުން އިތުރު ނުކުރުމާއި ލައިފްޖެކެޓް ހަމަކުރުމާއި ވިއްސާރަ މޫސުމުގައި ރޭގަނޑު ދަތުރުކުރުމަކީ ނުހަނު […]

ޑިމޮކްރެޓްސްއަށް ހުއްދަ ދޭން ނިންމުމުން ޤާސިމްގެ މަރުހަބާ ރައީސް ނަޝީދަށް

‏ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން އިލެކްޝަން ކޮމިޝަނުން ނިންމުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް މަރުހަބާ ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3,560 މީހުންގެ ސޮޔާއެކު މި މަހުގެ 01 ވަނަ ދުވަހު އީސީއަށް ހުށަހެޅި ނަމަވެސް ހުއްދަ ދިނުން ލަސްކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އީސީއަށް އަމާޒުވެފައިވާއިރު, އިއްޔެ ބޭއްވި ޖޭޕީގެ ކައުންސިލު ބައްދަލުވުމުގައި ޤާސިމް ވެސް ވަނީ ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފައެވެ. […]

ޑިމޮކްރެޓްސް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ނިންމައިފި

‏ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އަންނަ މަހުގެ ދެވަނަ ދުވަހު ދޭން ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3,560 މީހުންގެ ސޮޔާއެކު އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 01 ވަނަ ދުވަހުއެވެ. އެ ފޯމުތަކުގެ ތެރޭގައި ސައްހަ 3,000 ފޯމު ހުރިކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވި ނަމަވެސް އެ ކޮމިޝަނުގެ ބައެއް މެންބަރުން ބޭނުންވެވަޑައިގަމޮތީ ހުއްދަ ދިނުމުގެ ކަންކަން ތިން މަސް ދުވަހަށް ދިގު ދަންމައިލުމަށެވެ. […]