ބޮޑު ޗުއްޓީއަށް ފުރާމީހުންނަށް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސެއް

Loading

Facebook
Twitter
WhatsApp

ޢީދު ބަންދާއި ސްކޫލްތަކުގެ ބަންދާ ދިމާކޮށް ރާއްޖޭގެ 

އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރަމުންދާ ގިނަ ޢާއިލާތައް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރަމެވެ.

ޗުއްޓީއަށް ފުރުމުގެ ކުރިން ދަތުކުރަން ހަމަޖެހިފައި އުޅަނދާއި އަދި އެ އުޅަނދަކީ ރައްކާތެރިކަމާއެކު ދަތުރު ކުރެވޭވަރުގެ އުޅަނދެއްކަން ޔަގީން ކުރެެއްވުމަކީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ވެސް ކުރަންެކެ ޖެހޭނެ ކަމެކެވެ.

އެގޮތުން ލޯންޗުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ފަސިންޖަރުން އިތުރު ނުކުރުމާއި ލައިފްޖެކެޓް ހަމަކުރުމާއި ވިއްސާރަ މޫސުމުގައި ރޭގަނޑު ދަތުރުކުރުމަކީ ނުހަނު ހިތާމަވެރި ކާރިސާއެއް ކުރިމަތި ވެދާނޭ ސަބަބެއް ކަމުގައި ވެދާނެއެވެ.

ެެެކޮންމެ އަހަރަކުވެސް ދިރާސީ އަހަަރު ނިމި ސްކޫލްތަށް ބަންދުކުރަނީ ހުޅަނގުމޫސުމުގެ އެންމެެ ވިއްސާރަގަދަ ދުވަސްކޮޅާ ދިމާވާ ގޮތަށް ކަމުން ކޮންމެ އަހަރަކުވެސް ހިތާމަވެރި އެތަކެއް ކާރިސާ ހިނގާފައި ވެއެވެ.

މިގޮތުން ކަނޑުމަތީގެ އެކްސިޑެންޓުތަކާއި ލޯންޗުފަހަރު ބަންޑުން ޖަހާލުމާއި މިނޫން ވެސް ނުރައްކާތެރި އެތައް ކާރިސާތައް އަންނަނީ ކުރިމަތިވަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް