ބޮޑުޗުއްޓީއަށް ދާ މީހުންގެ ގެދޮރު ވަގުންގެ އަތްދަށުން ސަލާތްވާނޭހެން ބަންދުކުރައްވާ!

Loading

Facebook
Twitter
WhatsApp

ދިރާސީ އަހަރުގެ ބަންދާއި ބޮޑު ޢީދު ބަންދުގެ ތެރޭގައި މާލޭ ސަރަހައްދު ގެތަކުން ވައްކަން ކުރުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެގޮތުން ޗުއްޓީއަށް ދާ މީހުން ޗުއްޓީ ނިންމާފައި އެނބުރި އަންނައިރު ގިނަ ގޭގެ ފަޅާލައި ގޭގެއިން ވައްކަންކޮށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންވެފައި ހުރެއެވެ.

އެހެންކަމާއެކު ޗުއްޓީއަށް ފުރުމުގެ ކުރިން އަވަށްޓެރީންނާ ބައްދަލުކޮށް ގޭގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވެހިކަލްތައް ވެސް އަށްޓެރީންނާ ހަވާލު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

އަދި ގޭގެ ދޮރުތައް ފަރުވާތެރިކަމާއެކު ބަންދުކޮށް ފާޚާނާއާއި ގޭގެ އެހެނިހެން ފެންލައިޓްތައް ވެސް ބޭރުން ނުހުޅުވޭހެން ބަންދުކުރުމަކީ ވަގުންގެ ކިބައިން ދިފާޢުވުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ފައިސާއާއި އެނޫން ވެސް އަގު ބޮޑު މުދާތައް ރައްކާކޮށް ވަގުންގެ އަތުނުޖެހޭހެން ރައްކާ ކުރުމަށް އިލްތިމާސް ކުރަމެވެ.

Loading

One Response

  1. ތިޔަ ބުނުއްވި ގޮތަށް، އަދި ތިއަށްވުރެވެސް ފުރިހަމައަށް ތިޔަ ކަންތައް ކުރެވިދާނެ، ވަގުންގެ ކިބައިން ސަލާމަތް ކުރެވިދާނެ، އެކަމަކު ދައުލަތުގެ ޚަޒާނާ ވަގުންގެ ކިބައިން ސަލާމަތް ކުރަން ހަދާނީ ކިހިނެއްތޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް