ޤުރުއާން އެންދުމުގެ އަމަލު ޕުޓިން ކުށްވެރި ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ސްވީޑެންގެ މިސްކިތެއްގެ ބޭރަށް އެއްވެ މުސްލިމުންގެ އެންމެ މަތިވެރި ފޮތްކަމުގައިވާ ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ސްވިޑެންއިން އެކަން ހުއްދަކޮށްފައިވާތީ ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން އެކަން ކުށްވެރިކުރައްވައިފިއެވެ.

މީގެކުރިން ހުޅަނގުގެ ބައެއް ގައުމުތަކުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރަހައި، ނޫސްތަކުގައި ޝާއިއު ކުރުމުގެ މައްސަލައާއި ގުޅުވައިގެން، މުސްލިމުންނަށް މިކަންކަން މައްސަލައަކަށްވަނީ ކީއްވެކަން ޗެޗެން ރިޕަބްލިކްގެ ރައީސް ރަމްޒާން ކަދީރޮވް ވަނީ ޕުޓިންއަށް ސާފުކޮށްދެއްވާފައެވެ. އަދި އެފަދަ ހުރުމަތްތެރިކަންކުޑަ އަމަލު ހިންގާ ފަރާތްތަކާއި ދެކޮޅަށް އެޅި ފިޔަވަޅެއްގެ ގޮތުން، އެއްވެސް ދީނަކަށް އަދި ދީނީ މުޖުތަމަޢުއެއްގެ އަބުރަށް ހުތުރުއަރުވާ ފުރައްސާރަކުރުމުގެ ގޮތުން ތަސްވީރުތައް ކުރަހައި ޗާޕުކުރުން ޕުޓިން ވަނީ މަނާކުރައްވާފައެވެ.

މިފަދަ ހާލަތްތަކުގައި ރައީސް ޕުޓިންވަނީ އޭނާ ހުންނެވީ މުސްލިމުންނާއި އެކުގައިކަން އަންގަވައިދެއްވުމުގެ ގޮތުން މިސްކިތްތަކަށް ޒިޔާރަތްކުރައްވައި މުސްލިމުންނާ ބައްދަލުވެސް ކުރައްވާފައެވެ. އަދި މި ބައްދަލުވުންތަކުގައި ޕުޓިންވަނީ، ހުޅަނގުގެ ގައުމުތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އައްޑަނައަކަށް ހަދައި، އިސްލާމްދީނަށް ކުރަމުންދާ ފުރައްސާރަ ފާހަގަކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް