ނޮކިއާ މެޖިކް މެކްސް: 200 މެގަޕިކްސެލް ކެމެރާ އަދި 12 ޖީބީގެ ރެމް ވެސް!

Loading

Facebook
Twitter
WhatsApp

ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ އެންޑްރޮއިޑް ސްމާޓްފޯނުގެ ކުރިއަރާފައިވާ ދުނިޔޭގައި، އީޖާދީ ރޮނގުން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏަކީ ނޮކިއާއެވެ.

ނޮކިއާއަކީ ޒަމާނާއި ގުޅޭގޮތަށް ފަރުމާކޮށް ސާބިތުކަމާއެކު ފަހުގެ ވަސީލަތްތައް ބާޒާރަށްނެރޭ ކުންފުންޏެކެވެ. އަދި ނޮކިއާގެ އީޖާދުތައް ބޭނުންކުރަން އެހާމެ ފަސޭހައިރު، އެކަމުގައި ނޮކިއާއާއި ފައިހަމަކުރެވޭ އެހެން ވަސީލަތެއް ނެތް އީޖާދުތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ.

އީޖާދީ ދުނިޔޭގައި މިފަހުން ފެތުރުނު އެއް ޚަބަރަކީ ”ނޮކިއާ މެޖިކް މެކްސް“ގެ ނަމުގައި އެޗްއެމްޑީ ގްލޯބަލްއިން މުޅިން އައު ސްމާޓްފޯނެއް ނެރެން އުޅޭކަމުގެ ޚަބަރެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި ފޯނުގައި 200 މެގަޕިކްސެލްގެ ކެމެރާއެއް ހަރުކުރެވިފައި ހުންނާނެއެވެ. މިއީ ފޯނުން ނެގޭ ފޮޓޯތައް އެތައް ދަރަޖައެއް ކުރިއަށް ގެންދާނެ ޓެކްނޮލޮޖީ އެކުލެވޭ ފޯނެއްކަމަށް ގަބޫލުކުރެވެއެވެ.

އޭގެއިތުރުން، 12ޖީބީ ރެމްއެއް އެކުލެވޭ މި ފޯނުން އެއްފަހަރާ ފަސޭހަކަމާއެކު މަލްޓިޓާސްކް ކުރެވޭނެ ކަމަށާއި، އެއްފަހަރާ އެތައް އެޕެއް ބޭނުންކުރެވި އެއް އެޕުން އަނެއް އެޕަށް ބަދަލުކުރުން ފަސޭހަވެ، ފޯނުގެ މަސައްކަތް ހަލުވި ވެސް ވާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް