އިންޑޮނޭޝީއާގެ ދިފާޢީ ވުޒާރާއިން ފަލަސްތީނު ދަރިވަރުންނަށް ސްކޮލަޝީޕްތަކެއް ދީފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނު ދަރިވަރުންގެ ތައުލީމަށް އެއްބާރުލުންދިނުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން ފަރުމާކުރެވިގެން ކުރިއަށް ގެންދެވޭ ސްކޮލަޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި އިންޑޮނޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޕްރަބޮވޯ ސުބިއަންތޯ ސޮއިކުރައްވައިފިއެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ފަލަސްތީނު ދަރިވަރުންނަށް އިންޑޮނޭޝިއާގައި ތިބެގެން ކިޔެވުމުގެ އިތުރުން، ކިޔަވަން ތިބޭއިރު ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބޭނެއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޑެނީޝިއަން ޑިފެންސް ޔުނިވަރސިޓީގެ ފަރާތުން ފަލަސްތީނު ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

އިންޑޮނޭޝިއާގެ ދިފާޢީ ވުޒާރާގެ އަމާޒަކީ ވަކިވަކި ވުޒާރާތަކަށް ވެސް ފަލަސްތީނަށް އެއްބާރުލުން ދިނުމުގައި ކުރެވޭނެ ކަންކަން އޮތްކަމުގެ މިސާލު އެހެން މުސްލިމް ގައުމުތަކަށް ދެއްކުމުގެ އިތުރުން، ފަލަސްތީނު ދަރިވަރުން ކިޔަވަން އައިސްތިބޭއިރު، އެދަރިވަރުންގެ އާއިލާތަކަށްވެސް އިންޑޮނޭޝީއާގައި ތިބުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް