ލަންކާގެ ހަނގުރާމަމަތީ ކުށްތަކުގައި އިސްރާއީލުގެ އަތެއް، ތަހުގީގުކުރެވެން ޖެހޭ!

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ދާޚިލީ ހަނގުރާމައަށް ނިމުމެއް އައިތާ 14 އަހަރުވެ، 29 އަހަރު ދުވަހުގެ ދިގު ހަމަނުޖެހުންތަކުން ގައުމުގެ ކަންކޮޅުތަކަށް ލިބުނު ނުތަނަވަސްކަން ފިލައިގޮސް ޒާތެއްގެ އަމާންކަމެއް ލިބިފައިވީނަމަވެސް، ހަނގުރާމައިގައި ގެއްލުން ލިބުނު ފަރާތްތަކަށް އަދިވެސް އިންސާފު ލިބިފައެއް ނުވެއެވެ.

ފާއިތުވެދިޔަ އަހަރުތަކުގައި އެކުވެރި ދައުލަތްތަކާއި، ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ހަނގުރާމަމަތީގައި ހިނގައިދާ ކުށްތައް ފަރުވާތެރިކަމާއެކު މުސްތަނަދު ކޮށްފައިވީ ނަމަވެސް، އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ސަރުކާރާއި، ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް (އެލްޓީޓީއީ) އިން ކޮށްފައިވާ ކުށްތަކަށެވެ. އާންމުންނަށް އަނިޔާކުރުމުގައި ސްރީލަންކާގެ ސަރުކާރަށް އެއްބާރުލުންދިން ބައިނަލްއަގުވާމީ ބާރުތަކާއި ބައިވެރިންނަށް އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

އިސްރާއީލަކީ މިފަދަ އެއް ބާރެވެ. 2000 ގެ އަހަރުތަކުގައި، ސްރީލަންކާއަށް އަސްކަރީ ޓެކްނޮލޮޖީ ހޯދުމުގައި އިސްރާއީލު ޚިޔާރުކުރުމާއެކު، ސްރީލަންކާ ވެގެންދިޔައީ އޭޝިއާ ބައްރުގައި އޮތް އިސްރާއީލުގެ އެންމެ މުހިންމު، އެންމެ ވަރުގަދަ އެއް ބައިވެރިއަކަށެވެ. އަދި އިސްރާއީލުންވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގައި އަމަލީގޮތުން ބައިވެރިވި ސިފައިން ތަމްރީނުކުރުމުގައި ވެސް އެހީތެރިވެދީފައެވެ.

ސްރީލަންކާއިންވަނީ އިސްރާއީލުން އުފައްދާފައިވާ ކޭއެފްއައިއާރް ހަނގުރާމަ މަތީ ވައިގެ އުޅަނދާއި، ޑްވޯރާ އަދި ޝަލްޑާގް ހަނގުރާމަމަތީ އުޅަނދުތަކާއި، އާޓިލަރީ ސިސްޓަމްތަކުގެ އިތުރުން، ގޭބްރިއެލް ސީ-ޓު-ސީ މިސައިލުތައްވެސް ގަނެފައެވެ. އަދި މި އަސްކަރީ ހަތިޔާރުތައް އޮޕަރޭޓުކުރުމަށް އެ ގައުމުން ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ސަރވެލެންސް ޔޫއޭވީތަކެވެ. މިއީ އާންމު ރައްޔިތުންނާއި، އާންމުން އުޅޭ ސަރަހައްދުތަކަށް ގަސްދުގައި ގެއްލުންދިނުމަށް ބޭނުންކޮށްފައިވާ ބަރު ހަތިޔާރުތަކަށްވީއިރު، މި ހަނގުރާމައަށް ނިމުމެއް ގެނެސްފައިވަނީ މި ހަތިޔާރުތަކުގެ އެހީގައި އެތައް ބައެއްގެ ފުރާނަ ދުއްވާލައިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް