ސްވީޑެންގައި ޤުރުއާން އެންދުން ހުއްދަކުރާތީ ތުރުކީން ރުޅިވެރިކަން ފާޅުކޮށްފި

Loading

Facebook
Twitter
WhatsApp

ސްވީޑެންގެ ސްޓޮކްހޮލްމް މިސްކިތުގެ ބޭރުގައި ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ތުރުކީގެ ދާޚިލީ ވަޒީރު ހާކާން ފިޛާން ނުރުހުންވެ ރުޅިވެރިކަން ފާޅުކުރައްވައިފިއެވެ.

ސްވީޑެންގެ މި އަމަލަކީ އެގައުމުން ނޭޓޯއާއި ގުޅުމަށް ހުށައަޅާފައިވާ ހުށައެޅުމަށް ތުރުކީއިން އެއްބަސްވުމަށް އެޅޭނެ ހުރަހެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

”އަޟްހާ ޢީދުގެ މުނާސަބު ދުވަހުގައި ސްވީޑަންގައި ކީރިތި ޤުރުއާނާއި ދެކޮޅަށް ހިންގި ހުރުމަތްތެރިކަންކުޑަ މުޑުދާރު އަމަލު އަޅުގަނޑު ކުއްވެރިކުރަން.“ ބުދަ ދުވަހު ތުރުކީގެ ޚާރިޖީ ވަޒީރު ފިޛާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މި ހާދިސާ ހިނގައިގެން ގޮސްފައިވަނީ ސުލްހަވެރިކަމާއެކުގައި ކަމަށް ސްވީޑެންގެ ގައުމީ ޓީވީ ޗެނަލް، އެސްވީޓީއިން ރިޕޯޓުކޮށްފައިވެއެވެ. އެ ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޤުރުއާނުގެ ހުރުމަތް ކެނޑި މީހަކު ޤުރުޢާން ޚަތިމްގެ ސޮފުހާތަކެއް ވީދާ، އޭގެ މައްޗަށް އަރައި ބޫޓު ފޮހެ، ބައެއް ގަނޑުތައް އަންދައި މުސްޙަފްގެ ތެރެއަށް އޫރު މަސް އަޅާފައިވާކަމަށެވެ.

ސްވީޑެންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަންވަނީ މި ހާދިސާއިން ނުކުންނާނެ އެހެން މައްސަލަތަކާއި ބެހޭގޮތުން ވަކިއެއްޗެއް ބުނުމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ، ”މިއީ ޤާނޫނުން މަނާކުރާކަމެއް ނޫން. އެކަމަކު ކުރަން އެންމެ ރަނގަޅުކަމެއްވެސް ނޫން.“. އަދި ”އަދުގެ ޒަމާނުގެ ގޮތުން އަހަރެމެން މަޑުމައިތިރިކަން އިސްކުރަން ޖެހޭ. އަދި ވިސްނަންޖެހޭނީ ސްވީޑަންގެ ދުރު މުސްތަގުބަލަށް އެންމެ ރަނގަޅު، އެންމެ މަސްލަހަތު ހުރި ގޮތް.“ ކްރިސްޓަރސަން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް