ހުޅުމާލެއިން ފުލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފުލެޓް ތަކަށް ކުލިނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ!
ހުޅުމާލެސިޓީއިން ފުލެޓް ލިބިފައިވާ ފަރާތް ތަކުގެ ތެރެއިން ފުލެޓްތަކަށް ކުލިނުދައްކާ ފަރާތްތައް އެ ފުލެޓްތަކުން ނެރުމުގެ މަޝްވަރާތައް ކުރަމުން ދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދެއެވެ. ޚަބަރު ލިބޭ ގޮތުގައި ކުލިނުދައްކާ ފަރާތްތަކުގެ މައްޗަށް މާ ދުރުނޫންމުސްތަގުބަލެއްގައި ދަޢުވާ އުފުލާނޭކަމަށް ބެލެވެއެވެ. ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ތަކުގެ ތެރޭގައި ފުރަތަމަ މަޝްރޫޢުގައި ހިމެނެނީ 3ކޮޓަރީގެ ފުލެޓާއި 4 ކޮޓަރީގެ ފުލެޓެވެ. މީގެ ތެރޭގައި ހިމެނޭ 3ކޮޓަރީގެ ފުލެޓެއްގެ ކުއްޔަކީ 3500ރުފިޔާކަމަށް […]
ރައީސަކު އިޚްތިޔާރު ކުރުމަށް އީރާނުން ލެބަނަންއަށް ގޮވާލައިފި
ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންގެންދާ ލެބަނަންގައި އާ ސަރުކާރެއް އުފެއްދުމަށްޓަކައި ރައީސަކު އިޚްތިޔާރުކުރަން އެ ގައުމުގެ ބައިބައިވެފައިވާ ސިޔާސީ ފަރާތްތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ގޮވާލައްވައިފިއެވެ. ސަޢޫދީ އެރޭބިޔާ އާއިއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައުމަށްފަހު ފުރަތަމަ ފަހަރު ލެބަނަންއަށް މިއަދު ( ބުރާސްފަތި 27 އޭޕްރިލް ) ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު ވިދާޅުވީ ތެހެރާނުން އަބަދުވެސް ބޭނުންވަނީ ލެބަނަންގެ ސިޔާސީ ތަފާތު ވިސްނުންތައް ގައުމު ބިނާކުރުމަށްޓަކައި ބޭނުން ކުރުމަށެވެ. […]
ކާއްޓާއި ކަރާ ބަހަންފަށައިފި
ޗަމްޕާ ބްރަދާސްގެ ފަރާތުން ހަދިޔާކުރި ކަރާ އާއި ކާށި ބަހަން ފަށައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ބަހަމުން ގެންދާ ކާއްޓާއި ކަރައަކީ ދިވެހި ރައްޔިތުންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން އެ ކައުންސިލަށް ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ. ކައުންސިލުން ބުނީ މިތަކެތި ބެހުން ކުރިއަށްދަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާބެހޭ ބައި ( ސައިތޭކޮށި) ގައި ކަމަށެވެ. މިއަދު ހެނދުނު ހެނދުނު 09:30 ން 15:00 އަށް އަދި ރޭގަނޑު […]
ދެ ރައީސުން ތިބިކަމަށް ބުނާ މައްސަލަ ބޭރުކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ނައިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމުން ދުސްތޫރީ އޮޅުންބޮޅުންގަނޑެއް އޮތް ކަމަށް ބުނެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް މަޖިލީހަށް ހުށަހެޅުއްވި ގަރާރު ބޭރު ކޮށްލައިފިއެވެ.މި ގަރާރު މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް 40 މެންބަރުން ވޯޓު ދެއްވިއިރު، ގަރާރު ބަލައިގަތުމަށް ހަތް މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި ގޮތަކަށް ފެނިވަޑައިނުގަންނަވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.މި ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި އޮޕަރޭޝަނަކާއި ގުޅިގެން ހޭފުޅުނައްތާފައި […]
ޗައިނާއާއެކު ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާޑޮލަރ ފަހަތަށް
ޗައިނާއިން ޚަބަރުދީފައިވާ ގޮތުގައި މި ދިޔަ މާރޗް މަހުގެތެރޭގައި ޗައިނާއިން ބޭރު ގައުމުތަކާއިއެކު ކުރި ވިޔަފާރީގައި ފުރަތަމަ ފަހަރަށް އެމެރިކާޑޮލަރު ފަހަތަށް ޖައްސާލާފައި ޗައިނާގެ ފައިސާ ޔުއާނަކީ އެންމެ މަގްބޫލް ފައިސާގެ މަގާމު އަތުލެވިއްޖެއެވެ. ޗައިނާއިން ބޭރުގެ ގައުމުތަކާއިއެކު ޔުއާނުން ކުރި ވިޔަފާރި މިދިޔަ މާރޗް މަހުގެ ތެރޭގައި ފުރަތަމަ ފަހަރު 549.9 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ. ފެބްރުއަރީގައި އެ އަދަދު އުޅުނީ 434.5 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. ބޭރުގައުމުތަކާއިއެކު ކުރި ވިޔަފާރީގައި %48.4 ޔުއާން ބޭނުން ކޮށްފައިވާއިރު އެމެރިކާ ޑޮލަރު ބޭނުންކޮށްފައިވަނީ […]
ބްރިކްސްއަށް މެމްބަރުން އިތުރުކުރަނީ
ވިދަމުން އަންނަ މާކެޓް-ބްލޮކް ބްރިކްސްގައި ބައިވެރިވުމަށް 19 ގައުމަކުން ޝައުގުވެރިކަން ފާޅުކޮށް ހުށައަޅާފައިވާތީ އެ ގްރޫޕުގެ ވެރިންގެ އަހަރީ ބައްދަލުވުމުގެ ކުރިން އެހުށައެޅުންތަކާއި ދޭތެރޭ މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ދެކުނު އެފްރިކާގެ ކޭޕްޓައުންގައި މިއަންނަ ޖޫންމަހުގެ 2ން 3ށް ބާއްވަން ހަމަޖެހިފައިވާކަން އެ ގްރޫޕަށް ދެކުނު އެފްރިކާއިން ކަނޑައޅުއްވާފައިވާ ސަފީރު އަނިލް ސޫކްލާލް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވިގޮތުގައި 13 ގައުމަކުން ރަސްމީގޮތުން ހުށއެޅުން ލިބިފައިވާއިރު އިތުރު 6 ގައުމަކުން ނުރަސްމީގޮތުން ހުށައަޅުއްވާފައި ވެއެވެ. އަހަރެމެންނަށް ވަރަށްގިނަ ހުށައެޅުންތައް މިހާރުވެސް އަންނަމުން އެބަދެއެވެ. ޔުނައިޓެޑް […]
އަޒަރްބާއިޖާން އާއި އަރްމޭނިއާގެ މަސްރަޙު އަނެއްކާވެސް ގޯސްވަނީ
މޮސްކޯއިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އަޒަރބާޖާނާއި އަރްމޭނިޔާގެ ދެކޮޅުވެރި ކުރިމަތިލުން ތަކާހުރެ ނަގޯރނޯކަރަބާހަށް ދާން އޮންނަ ހަމަ އެކަނި މަގުގައި އަޒަރްބާއިޖާނުން ޗެކްޕޮއިންޓެއް ގާއިމް ކުރުމާއި ގުޅިގެން މަޝްރަޙު ހޫނުވަމުން ދާންފަށައިފިއެވެ. ބައިނަލް އަގްވާމީގޮތުން ނަގޯރނޯކަރަބާހަކީ އަޒަރބާއީޖާނުގެ ސަރަޙައްދެކެވެ. އެހެންނަމަވެސް އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދޮޅުލައްކައެއްހާ މީހުންނަކީ އަރްމޭނިއާގެ ނަސްލުގެ މީހުންނެވެ. އަދި 1990 ވަނައަހަރު ކުރެވުނު ހަނގުރާމާގައި އެމީހުން އަޒަރބާޖާނުން ވަކިވީއެވެ. އެހެންނަމަވެސް 2020 ވަނައަހަރު ކުރެވުނު ހަނގުރާމައި އެ ސަރަޙައްދު އަލުން އަޒަރްބާއިޖާނުން ވަނީ އަތުލާފައެވެ. […]
ދައުލަތުގެ ދަރަނި އަތްނުފޯހިސާބަށް ދުއްވާލައިފި
ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ހަދާނެގޮތް ހުސްވެ މިހާރު ފިހާތަށް މެދުވެރި ކޮށް ރައްޔިތުންނަށް ކޮތަޅު ވިއްކަން ފެށުމަކީ މިހާތަނަށް ރާއްޖޭގައިދައުލަތް ހިންގަދޭން އުފެއްދި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ. ރާއްޖޭގެ ރައްޔިތުން ނުހަނު ދަތި ޙާލުގައި އުޅެން ޖެހިފައިވާ މި ދަނޑިވަޅު ރައްޔިތުންނަށް ކޮތަޅުވިއްކައިގެން މިސަރުކާރުން ދައުލަތުގެ ދަރަނި ފިލުވަން އުޅުމަކީ ލަދުުގަންނަން ޖެހޭނެވަރުގެ ޢަމަލެކެވެ. ފިހާރައިގެ ބޮސްެގެ އަތުން ދެރުފިޔާ ފިހާރައިން ވިޔާފާރި ކުރަން ދާމީހާގެ އަތުން ވެސް ދެރުފިޔާ ކޮންމެ ކޮތަޅަކުން ސަރުކާރަށް ނަގަން ނިންމެވީ ކޮންފަދަ ދިރާސާއެއް […]
ހަސަން ކުރުސީ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ އެހީތެރިކަމަށް އެދިއްޖެ
ޓުވިޓާގައި ހަރަކާތްތެރިވާ މަޝްހޫރު “ހަސަން ކުރުސީ” އަކީ ކާކުކަން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފައި ވަނިކޮށް އޭނާ އަށް ނުރައްކާ އޮތްކަމަށް ބުނެ ބައިނަލް އަގްވާމީ ފަރާތްތަކެއްގެ އެހީތެރިކަމަށް އޭނާ އެދިއްޖެއެވެ.ހަސަން ކުރުސީގެ ނަމުގައި ޓްވީޓަރ އެކައުންޓް ހިންގާ ފަރާތެއް ހޯދަން ފުލުހުން މަސައްކަތް ފަށާފައި މިވަނީ މޮރިޝަސް ސަރުކާރަށް ރައީސް އޮފީހުން ފޮނުވި ސިޓީއެއްކަމަށް ބުނާ އަސްލެއް ނެތް ސިޓީއެއް އާއްމުކުރުމުންކަމަށް ވެއެވެ. އަދި ފުލުހުން އޭނާ ހޯދަން ފަށާފައިވާއިރު ހަސަން ކުރުސީގެ ނަމުގައި ހިންގާ […]
ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފައްދައި، ނޫސްވެރިން ބިރުވެރި ކަމަކަށް ވެއްޓިދާނެ ކަމަށް އެމްޖޭއޭއިން ބުނެފި
ސަރުކާރުގެ ހެޔޮ ނިޔަތާމެދު ސުވާލު އުފެދިފައިވާކަމަށާ ނޫސްވެރިން އިތުރު ބިރުވެރި ކަމަކަށް ވެއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން ހެއްކާބެހޭ ގާނޫނުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފައެވެ. މި ނޫސް ބަޔާނުގައި އެމްޖޭއޭ އިން ބުނެފައިވަނީ މަޖިލިސް ޗުއްޓީއަށް ދާއިރު އަނެއްކާ ބިލު […]