އަޒަރްބާއިޖާން އާއި އަރްމޭނިއާގެ މަސްރަޙު އަނެއްކާވެސް ގޯސްވަނީ

Loading

Facebook
Twitter
WhatsApp

މޮސްކޯއިން ރޮއިޓާސް ޚަބަރުދީފައިވާ ގޮތުގައި އަޒަރބާޖާނާއި އަރްމޭނިޔާގެ ދެކޮޅުވެރި ކުރިމަތިލުން ތަކާހުރެ ނަގޯރނޯކަރަބާހަށް ދާން އޮންނަ ހަމަ އެކަނި މަގުގައި އަޒަރްބާއިޖާނުން ޗެކްޕޮއިންޓެއް ގާއިމް ކުރުމާއި ގުޅިގެން މަޝްރަޙު ހޫނުވަމުން ދާންފަށައިފިއެވެ. 

ބައިނަލް އަގްވާމީގޮތުން ނަގޯރނޯކަރަބާހަކީ އަޒަރބާއީޖާނުގެ ސަރަޙައްދެކެވެ. އެހެންނަމަވެސް އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ދޮޅުލައްކައެއްހާ މީހުންނަކީ އަރްމޭނިއާގެ ނަސްލުގެ މީހުންނެވެ. އަދި 1990 ވަނައަހަރު ކުރެވުނު ހަނގުރާމާގައި އެމީހުން އަޒަރބާޖާނުން ވަކިވީއެވެ. އެހެންނަމަވެސް 2020 ވަނައަހަރު ކުރެވުނު ހަނގުރާމައި އެ ސަރަޙައްދު އަލުން އަޒަރްބާއިޖާނުން ވަނީ އަތުލާފައެވެ.                                                              

އަޒަރްބާއިޖާނުން ބުނަމުން ގެންދާގޮތުގައި އަރްމޭނިޔާއިން އެ މަގު ބޭނުންކޮށްގެން ހަތިޔާރު އުފުލަމުން ގެންދާތީ އެ މަގު ބަންދުކުރުން ކޮންމެހެން ބޭނުންވީއެވެ. ބޯރޑަރ ސެކިއުރިޓީއާއި އެއްގަމުދަތުރުފަތުރުގެ އަމާންކަމަށްޓަކައި އެމަގު ކޮންޓްރޯލް ކުރުމަކީ އަޒަރބާޖާނުގެ ގާނޫނު ލާޒިމުކުރާ ކަމެކެވެ. 

އަޒަރްބާޖާނުގެ ޚާރިޖިއްޔާއިން ބުނެފައިވެއެވެ. އެހެންނަމަވެސް އަރްމޭނިޔާއިން ބުނަނީ ލާޗިން ކޮރިޑޯރުގެ ހަކާރީ ބްރިޖުގައި ޗެކްޕޮއިންޓް ގާއިމުކޮށްފައިވަނީ 2020 ވަނައަހަރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ޚިލާފަށް ކަމަށެވެ. އަދި ތިންގައުމުން އެއްބަސްވެފައިވާ އެ އެއްބަސްވުން ތަންފީޒުކޮށް ދިނުމަށް ރަޝިޔާގެ ކިބައިން އެދިފައިވެއެވެ. އަރްމޭނިޔާއިން ނަގޯރނޯ ކަރަބާހަށް ދެވެން އޮންނަ ހަމައެކަނި އެއްގަމު މަގަކީ އެއީއެވެ.

އަޒަރބާޖާނުން އެ މަގުގައި ޗެކްޕޮއިންޓެއް ގާއިމް ކުރުމުން އެ ސަރަޙައްދުގެ ސުލްޙައަށް ހުރަސް އެޅިގެންދާނެތީ އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިނިވަންކަމާއިއެކު ދަތުރުކުރުމާއި މުދާއުފުލުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިފާ އޮންނަން ޖެހޭނެ ކަމަށް ބުނެފާވެއެވެ.       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް