އެމެރިކާ ވާހަކަދެއްކުމުގެ މޭޒުދޮށަށް ގެނެވިދާނެ

އެމެރިކާ ވާހަކަދެއްކުމުގެ މޭޒުދޮށަށް ގެނެވިދާނެ ގޮތް އެބަހުރިކަމަށް ރަޝިޔާއިން ބުނެފިއެވެ.   ރަޝިޔާގެ ދޫމާގެ މެމްބަރު އަދި ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އެންޑްރެއި ގުރުލީޔޯވް ރޮސިޔާ-1 ގައި ވާހަކަ ދައްކަމުން ވިދާޅުވީ 1962 ވަނަ އަހަރުގެ ކިއުބާ މިސައިލް ކްރައިސިސް ވައްތަރުގެ ކްރައިސިސް އެއް އުފައްދައިފިނަމަ އެމެރިކާއިން ވާހަކަ ދެއްކުމުގެ މޭޒުދޮށަށް އަންނާނެއެވެ. އޭރުގެ ސޮވިއެޓް ޔުނިއަން އާއި އެމެރިކާ އިން ތައްޔާރުވަމުން ދިޔައީ ނިއުކްލިއަރ ޙަމަލާއަކަށެވެ. އެމެރިކާއިން އެ ޙަމަލާއަށް ބޭނުންވާ ހަތިޔާރު ޖަމާކުރީ ތުރުކީއާއި އިޓަލީ އާއީ ކިއުބާގައެވެ.     […]

ސިޙްރު ޖެހިފައިވޭތޯ އަމިއްލައަށް ބަލާލެވޭނެ ގޮތް މިއޮތީ!

ސިހުރަކީ، ޢަރަބި ބަހުންނަމަ ސިޙްރު އެވެ. އަސްލުގައި މިލަފުޒު ބޭނުން ކުރަމުން އައިސްފައިވަނީ، މީހަކު ވަކި ކަހަލަ ބާރުތަކެއްގެ ބޭނުން ކޮށްގެން، އަނެކެއްގެ ހަށިގަނޑަށް ނުވަތަ ބުއްދިއަށް ގެއްލުމެއް ދިނުމަށެވެ. ބުނެވޭގޮތުގައި ސިހުރު ހަދާމީހާ އެކުރާ ކަމެއްގެ ސަބަބުން، މީހަކު ބަލިވެދާނެ އެވެ. ނުވަތަ މަރުވެދާނެ އެވެ. ނުވަތަ މޮޔަވެދާނެ އެވެ. މިކަމަށް އިނގިރޭސި ބަހުން ”ވިޗްކްރާފްޓް“ ނުވަތަ ”ސޯސަރީ“ ނުވަތަ ”ބްލެކް މެޖިކް“ ކިޔައި އުޅެއެވެ.މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އެމީހެއްގެ އީމާންތެރިކަން ވިއްކާލައި ޖިންނީންނާ ދޯޅުވުމަށްޓަކައި […]

ސަރުކާރަށް ޒުވާނުން ބުނަނީ “މީތި ކަޑައޭ“, ކަމަކު ނުދެއޭ: ޑރ.ޖަމީލް 

މި ސަރުކާރުން ކަންކަން ކުރާ ގޮތް “ކަޑަ“ ކަމަށާއި, “ކަމަކު ނުދާ“ ކަމަށް ޒުވާނުން ބުނަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. ޖަމީލް މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް މިއަދު މެންދުރުފަހު ފެށި ކޮންފަރެންސްގައި ދެއްކެވި ވާހަކަފުގައެވެ. “މިއަދު މި މަންޒަރު ފެނިފައި އަޅުގަނޑަށް އެއްވެސް ޝައްކެއް ނެތް […]

ރައީސް ޔާމީން އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ނުޖައްސަވާނެ: އަދުރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ އަނިޔާވެރިންގެ ކުރިމަތީ ކުޑަކަކޫ ޖައްސަވާނެ ބޭފުޅެއް ނޫން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުގެ ރިޔާަސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިހާރު ކުރިއަށްދާ “ހޯޕް ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކައިގައި އަދުރޭ ވިދާޅުވީ ޖަލުގައި މިހާރު ހުންނެވި ރައީސް ޔާމީން އެދިވަޑައިގަންނަވަނީ އެ މަނިކުފާނުގެ ސަޕޯޓަރުން  މާޔޫސްވެވަޑައި ނުގަތުމަށް ކަމަށެވެ. “ކޮންފަރެންސްގެ ބައިވެރިންނާ މުޚާތަބުކޮށް އަޅުގަނޑު […]

ލޮލު ރޯގާ ޖެހުނީތަ؟ މީ އެކަމުގެ ޢަލާމާތްތައް!

ލޮލު ރޯގާއަކީ މިދުވަސްވަރު މާލޭ ސަރަޙައްދުގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ބައްޔެކެވެ. ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލިކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެއެވެ. އެންމެ އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނާއި، އަދި ލޮލަށް ވެއްޓޭ އެއްޗަކާ ނުގުޅުމުގެ ސަބަބުންނެވެ. ނުވަތަ އެލާޖިކް ވުމުގެސަބަބުންނެވެ. މީގެ އިތުރުން ލޮލު ރޯގާ ޖެހިފައިވާ މީހެއް ބޭނުންކޮށްފައިވާ ޓިޝޫ ފަދަ […]

ހައްލަކީ ހަމައެކަނި ޕީޕީއެމް: ޑރ.ޖަމީލް

ހައްލަކީ ހަމައެކަނި ޕީޕީއެމް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ “ހޯޕް ކޮންފަރެންސް“ ގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ “ބުންވަރު“ ހިނގާލުމަށް ދަޢުވަތު ދެއްވައި ކުރެއްވި ޓުވީޓެއްގައި ޖަމީލު ވިދާޅުވީ އަދިވެސް އޮތް ހައްލަކީ ޕީޕީއެމް ކަމަށެވެ. “އޮތް ހައްލަކީ ޕީޕީއެމް. ޕީޕީއެމްއާއެކު 2023ގައި ވަޑައިގަންނަވާ.“ ޖަމީލް އިތުރަށް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކޮންމެ ކަމެއް […]

ފަތުރުވެރިޔާ މަރުވި މައްސަލަ: ޑިންގީގެ ކެޕްޓަން ހައްޔަރުކޮށް ގޭބަންދުކޮށްފި

ކ.ތުލުސްދޫ ކަނޑުއޮޅިއަށް މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދުއްވާފައި ދިޔަ ޑިންގީއަކުން ޖެހި އޭނާ މަރުވި މައްސަލައިގައި އެ ޑިންގީގެ ކެޕްޓަން ހައްޔަރުކޮށްފިއެވެ. މިދިޔަ އާދިއްތަ ދުވަހު ކ.ތުލުސްދޫ ކަނޑު އޮޅިއަށް ގޮސް އުޅެނިކޮށް މަރުވީ ޕޮލެންޑަށް ނިސްބަތްވާ ފިރިހެނެކެވެ. ޑިންގީގެ ބުރަފަތީގައި ޖެހުމުން އޭނާގެ ބަނޑު ފަޅައިގެން ގޮސް ގޮހޮރު އޮތީ ބޭރަށް ނުކުމެފައެވެ. އަދި އޭނާގެ އެއް އަތް ވެސް ބުރިވިއެވެ.  ފުލުހުން ވިދާޅުވީ އެ މައްސަލައިގައި 45 އަހަރުގެ […]

މަތިވެރިން މީހަކު ގެއްލިގެން ހޯދަނީ

އއ.މަތިވެރިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެ ރަށު ކައުންސިލުން ހާމަކުރި ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މަތިވެރި/ރިވެލި, ޙަސަން ޢަލީ (ހަސަންފުޅު) އެވެ. އިއްޔެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ޙަސަންފުޅަކީ ޢުމުރުން 65 އަހަރަށްވުރެ ދޮށީ މީހެކެވެ. ހަސަންފުޅު އެންމެ ފަހުން ފެނުނުކަމަށް ވަނީ ރޭ މަޣްރިބު ނަމާދުން ފޭބި ވަގުތުގައެވެ. މަތިވެރީ ކައުންސިލުން ވަނީ ހަސަންފުޅާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކައުންސިލުގެ ރައީސް ޙުސައިން ނިހާނުގެ ނަންބަރު 9935959 އަދި ކައުންސިލް އިދާރާގެ […]

މަހެއްގެ މައްޗަށް ނެގޭ 2,000 ޑޮލަރުގެ ލިމިޓް ބީއެމްއެލްއިން އުވާލައިފި

އޭޓީއެމްތަކާއި ބްރާންޗުތައް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ހަމަޖައްސާފައިވާ 2,000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށް ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލްއިން ބުނީ މި ބަދަލާއެކު ޑޮލަރު އެކައުންޓްތަކުން މިހާރު ކޮންމެ ދުވަހަކު ގިނަވެގެން ނެގޭނީ 1,600 ޑޮލަރު ކަމަށެވެ.  ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ހުންނަނީ: ހ.މެރިން ޑްރީމްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުމާލޭ ރެނާޓަސް އިތާމުތް ފުލެޓް ޢިމާރާތުގައި ބީއެމްއެލްއިން ބުނީ ޑޮލަރު އެކައުންޓް ޕްރައިމަރީ އެކައުންޓުގެ […]

ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރުގެ ލިމިޓް އުވާލައިފި

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ބީއެމްއެލްގެ އެކައުންޓުތަކުން ޑޮލަރު ނެގުމުގައި ކަނޑައެޅި ލިމިޓުތައް އުވާލައިފި އެވެ. ބީއެމްއެލުން ބުނީ އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ ގޮތަށް ކަނޑައަޅާފައިވާ 2،000 ޑޮލަރުގެ ލިމިޓް މިއަދުން ފެށިގެން އުވާލައިފައިވާ ކަމަށެވެ. ޑޮލަރުގެ ލިމިޓު އުވާލުމުން ހ. މެރިން ޑްރީމް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ ރެނާޓަސް އިތާ މުއި ގައި ގާއިމްކޮށްފައިވާ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޮލަރު އެކައުންޓުން 1،600 […]