އެމެރިކާ ވާހަކަދެއްކުމުގެ މޭޒުދޮށަށް ގެނެވިދާނެ ގޮތް އެބަހުރިކަމަށް ރަޝިޔާއިން ބުނެފިއެވެ.
ރަޝިޔާގެ ދޫމާގެ މެމްބަރު އަދި ރައީސް ޕޫޓިންގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އެންޑްރެއި ގުރުލީޔޯވް ރޮސިޔާ-1 ގައި ވާހަކަ ދައްކަމުން ވިދާޅުވީ 1962 ވަނަ އަހަރުގެ ކިއުބާ މިސައިލް ކްރައިސިސް ވައްތަރުގެ ކްރައިސިސް އެއް އުފައްދައިފިނަމަ އެމެރިކާއިން ވާހަކަ ދެއްކުމުގެ މޭޒުދޮށަށް އަންނާނެއެވެ.

އޭރުގެ ސޮވިއެޓް ޔުނިއަން އާއި އެމެރިކާ އިން ތައްޔާރުވަމުން ދިޔައީ ނިއުކްލިއަރ ޙަމަލާއަކަށެވެ. އެމެރިކާއިން އެ ޙަމަލާއަށް ބޭނުންވާ ހަތިޔާރު ޖަމާކުރީ ތުރުކީއާއި އިޓަލީ އާއީ ކިއުބާގައެވެ.
ހުޅަނގުގެ ގައުމުތަކުން ވާހަކަ ދެއްކުމުގެ މޭޒުދޮށަށް ގެނެވޭނެ ހަމައެކަނި ގޮތަކީ އެމެރިކާ ޖެހިލުންވާފަދަ ބިރެއް މެދުވެރިކުރުމެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ބޯޑަރާ ދުރުވެގެން 5 މިނިޓުގެ ރާސްތާގައި ހައިޕަރ ސޯނިކް މިސައިލެއް އެސަރަހައްދު ރަޝިޔާގެ ރަޙުމަތްތެރި ގައުމެއްގައި ބަހައްޓާށެވެ. ހަމައެކަނި އެމެރިކާއާއި އިނގިރޭސި ވިލާތަށް އެ މިސައިލް އަމާޒުކުރާށެވެ. ބައިޑަން ބުނާނެ އެއްޗެއް ނޭންގި އާނގަންނަން އިނދެދާނެ ނޫންހެއްޔެވެ. އެކަމަކު އެހެންމީހުން ވާހަކަ ދެއްކުމުގެ މޭޒުދޮށަށް އަންނާނެކަން ޔަގީނެވެ.
ރަޝިޔާގެ ރައީސް މިކަހަލަ އިންޒާރު ތިރީހަކަށް ފަހަރު ދީފިއޭ ބުނެ މެޑްރިޑްގައިބޭއްވުނު ނޭޓޯގެ ބައްދަލުވުމެއްގައި ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ވިދާޅުވިފަހުން މިއީ ރަޝިޔާގެ އިސް ބޭފުޅަކުގެ ފަރާތުން އައި ފުރަތަމަ ވަރުގަދަ އިންޒާރެވެ.
ލަންޑަނުން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާ ބަލިކުރުމަށް އެމެރިކާއިން ކުޅެމުންދާ ރޯލަށް ރައްދުދީ ނިއުކްލިއަރ ހަތިޔާރު ކޮންޓްރޯލްކުރުމާއި ގުޅޭގޮތުން ދެގައުމުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގައި މިހާރު ނުބިނދި ހުރި ހަމައެކަނި ތަނބުގެ މުއްދަތު 2026 ގައި ހަމަވާނެއެވެ.
އެއްބަސްވުން އާކުރުމުގެ ވިސްނުން އެމެރިކާއިން ގެންގުޅޭކަމަށް ވެއެވެ. މިކަމާގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރޖީ ރިޔާބަކޯވް އަށްކުރެވުނު ސުވާލަކަށް ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި ފަނާކުރަނިވި ހަތިޔާރު ކޮންޓްރޯލްކުރުން ނެތިގެން ދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ.
ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށްވެސް ރަޝިޔާއޮތީ ތައްޔާރަށެވެ. ރިޔާބަކޯވްއަކީ ނިއުކްލިއަރ ހަކަތައިގާ ރަޝިޔާގެ އެންމެ އިސް ޑިޕްލޯމެޓްއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ މިހާތަނަށް އެމެރިކާއިން ޔޫކްރެއިނަށް 27 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދީފައިވާތީ ފިނިހަނގުރާމައިގެ ފަހުން ހަތިޔާރު ކޮންޓްރޯލް ކުރުމާބެހޭގޮތުން އެމެރިކާއިން ރަޝިޔާއާއެކު އެއްބަސްވެފައިވާ މުޢާހަދާ އާއި ޚިލާފް ވަމުން ދާކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވާހަކަފުޅުގައި އެ މުޢާހަދާގެ ބޭނުން ނެތިގެންދާކަމަށް އިޝާރާތްކުރައްވައި އެމެރިކާއަށް އިންޒާރު ދެއްވާފައިވެއެވެ.
ކިތަންމެ ގިނަ ހަތިޔާރެއް ފޯރުކޮށް ދިން ނަމަވެސް ރަޝިޔާއަށް ލިބިފައިވާ ކޮންމެ ވަސީލަތެއް ވިޔަސް ބޭނުންކޮށްގެން އަހަރެމެންގެ ގައުމު ދިފާއު ކުރާނަމެވެ.އެނޫންކަމަށްވާނަމަ ހަތިޔާރު އުފެއްދުމުގެ ބޭނުމެއްނެތެވެ. އޭނާ ވިދާޅުވިއެވެ.