ނިޒާމު ބަދަލު ކުރަން ވީ ވަޢުދު ދެކޮނޑުގައި ތިއްބެވި މަލާއިކަތުންގެ ފަތުގައިވެސް ލިއެވިފާ ވާނެ!
ކޯލިޝަންގެ މެނިފެސްޓޯގައި ނިޒާމު ބަދަލު ކުރަން ވަޢުދުވެފައި ނުވިޔަސް ނިޒާމު ބަދަލުކުރަން ރައީސް އިބޫ އަންނިގެ އަރިހުގައި ވަޢުދު ވެފައި ވާ އެއްބަސް ވުންމާތްރަސްކަލާންގެ އިންސާނާގެ ދެކޮނޑުގައި ލައްވާފައިވާ ދެމަލާއިކަތުންގެ ފަތުގައިވެސް ލިއުއްވާފައި ވާނެއެވެ. މާތް ﷲ ގަންދީ ރައްޔިތުންގެ ކުރިމަތީގައި ކުރެއްވި ހުވަޔަށް އިޚުލާސްތެރި ނުވި އިންސާނަކު ރައްޔިތުންގެ ކުރިމަތީ ގައި ކޮންމެފަދަ އިތުރުފުޅެއް ވެސް ހައްދަވާފާނެ ކަމީ ޢަޖާއިބު ވާންޖެހޭވަރުގެ ކަމެއް ނޫނެވެ. 2012 ގެ ފަހުން ރާއްޖޭގައި މަރާލެވުނު މީހުންނާއި ގެއްލިފައިވާ މީހުންގެ ޢާއިލާތަކަށް އިންޞާފު ހޯއްދަވައި ދެއްވާނޭ […]
ސަޢޫދީ އެރޭބިޔާއިން ހިންގަވާ ބިޔަ މަޝްރޫއުތަކަށް ބަލާލުމެއް.
ސަޢޫދީ އެރޭބިޔާއަކީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް ބިން ކަމުގައި ގަބޫލު ކުރުމުގެ އިތުރުން ދިވެހިންގެ ހިތްތަކުގައިވެސްވަނީ އެގައުމަށް ވަރަށް ޚާއްސަ މަގާމެއް ދެވިފައެވެ. ސަޢޫދީ އެރޭބިޔާގެ ތަރައްގީއާއި ކުރިއެރުން ދިވެހިން ގުޅިފައިވާކަހަލަ އިޙުސާސެއް ގެނެސްދެއޭވެސް ބުނެވިދާނެއެވެ. ސަޢޫދީ އެރޭބިޔާގައި 2 ކިލޯމީޓަރުގެ ( 6560 ފޫޓް) އުސް އިމާރާތެއް އެޅުމުގެ މަޝްރޫޢު އެއް ޢިއުލާނު ކޮށްފިއެވެ. އެ މަޝްރޫއުގެ ބަޖެޓަކީ 5 ބިލިއަން އެމެރިކާ ޑޮލަރެވެ. މި ޢިމާރާތް އެޅުމަށް […]
އުފަންވާއިރު ބަރުދަން ލުއިވާ ސަބަބުތަކާއި އެކަމުގެ ގެއްލުން!
އުފަންވާއިރު ބަރުދަން ލުއިވުން މާނަކުރެވެނީ އުފަންވާއިރު ބަރުދަން 2.5 ކިލޯގްރާމް އަށްވުރެ ލުއިވުމަށެވެ. އާންމު ގޮތެއްގައި ތުއްތު ކުއްޖަކު އުފަންވާއިރު ބަރުދަނުގައި އެވްރެޖްކޮށް 3.5 ކިލޯ ވަރު ހުންނާނެ އެވެ. ނަމަވެސް އުފަންވާއިރު ބަރުދަން ލުއިވުމަކީ ސިއްޙީ މައްސަލަތަކެއް އެ ކުއްޖަކަށް ކުރިމަތިކުރުވަފާނެ ކަމެކެވެ. އުފަންވާއިރު ބަރުދަން ލުއިވުމުގެ މައިގަނޑު ސަބަބަކީ ދުވަސްނުފުރާ އުފަންވުމެވެ. ދުވަސް ނުފުރާ އުފަންވާ ކުދިން ރަހިމުގައި ހޭދަކުރާ މުއްދަތު ނިސްބަތުން ކުޑަވާނެއެވެ. އާންމު ގޮތެއްގައި ކުއްޖާގެ ބަރުދަނުގެ ބޮޑުބައެއް އިތުރުވެގެން އަންނަނީ މާބަނޑު […]
މިގައުމު ޚަޒާނާ ހުސްވެ އިވެނީ ވަކިލާރި ގުނާއަޑު – ބޮންޑޭ
މިގައުމުގެ ޚަޒާނާހުސްވެ މިހާރު އިވެނީ ވަކިލާރި ގުނާއަޑުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ބޮންޑެ ވިދާޅުވެއްޖެއެވެ. އަޖައިބެއް ނުވާނެތޯ މިސަރުކާރުގެ އެންމެ ބޮޑު ބައިވެރިޔާ ގާސިމް އިބްރާހީމް ބޭންކުރަޕްޓްވެފައި ވާއިރު އެވިޔާފާރިވެރިޔާއަށް ދޮޅުމިއަން ޑޮލަރުގެ ލޯނެއް ދެވޭނޭ ފަދަ ވެސް ނެތް ކަމަށާއި އިވެނީ ޚަޒާނާގެ ފޫ ތަޅުވާ އަޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު ބޮންޑޭ ވިދާޅުވުމުން ކަމުގެ ސީރިއަސްކަން އެނގިގެން ހިގައްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅަމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ބޮންޑޭ ވިދާޅުވީ މަޝްހޫރު ވިޔާފާރި ވެރިޔާ މަހުޖަނު ގާސިމްއަކީ […]
ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ރައްޔިތުން މުޒާހަރާކުރަނީ
ބަންގްލަދޭޝްގެ ސަރުކާރާ އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ތާއިދުކުރާ މީހުން އެ ގައުމުގައި މުޒާހަރާކުރަން ފަށައިފިއެވެ. މުޒާހަރާގެ ބައިވެރިން ވަނީ މަގުތައް މައްޗަށް އެއްވެ، އެ ގައުމުގެ ބޮޑުވަޒީރު ހަސީނާ މަގާމުން އިސްތިއުފާ ދިނުމަށާއި އައު އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިއްޔެ އެގައުމުގެ ވެރި ރަށުގެ ގޮލާޕްބާގް ސްޕޯޓްސް ގްރައުންޑަށް އެއްވެ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ފެށިފައި ވަނީ ބީއެންޕީގެ ހެޑްކުއާޓާސްއަށް މިދިޔަ އަންގާރަދުވަހު ސިފައިން ވަދެ […]
ޔޫކްރެއިންގެ ހަނގުރާމަ އަތުން ދޫވެގެން ހިނގައިދާނެ ކަމުގެ ބިރުއެބަ އޮތް!
ނިއުސްމީޑިއާ ރިޕޯޓްތައް ބުނަގޮތުގައި މިދިޔަ ހުކުރުދުވަހު ނޭޓޯގެ އާންމުކުރި އިންޓަރވިއު ރިލީޒެއްގައި ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ އަތުންދޫވެ އެއީ ނޭޓޯ އާއި ރަޝިޔާއާއި ދެމެދު ކުރެވޭ ހަނގުރާމައަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރު ބޮޑުވެއްޖެކަމަށް ބުނެފިއެވެ. ނޯވޭޖިއަން ބްރޯޑްކާސްޓަރ އެން.އާރް.ކޭ. އިން ކުރެއވި ސުވާލަކާ ގުޅިގެން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާރގް ވިދާޅުވީ މިހާރު ކަންތައް ގޯސްވަމުންމިދާ ގޮތުން ދެން އަނބުރާ ނާދެވޭވަރަށް ޙާލަތު ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ ކަމަށެވެ. […]
މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން ނިމުމަކަށް އައީ!
ޖައްވުތެރޭގައި ސެލޫލަރ މޯބައިލް ފޯނު ބޭނުން ކުރުމުން ބިމުގައި ގާއިމްކޮށްފާ ހުންނަ ނެޓްވާރކްތަކަށް ނުރައްކާ ވެދާނެ ކަމަށް ބަލައިގެން 1991 ގައި އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަން ކޮމިޝަނުން އެކަން މަނާކޮށްފައި އޮތުމުގެ ސަބަބުން މަތިންދާ ބޯޓުދަތުރުގައި މޯބައިލް ފޯނު ނިއްވާލުން ނިމުމަކަށް ގެންނަން ޔޫރަޕިއަން ޔޫނިއަން ހަމަޖައްސައިފިއެވެ. އިނގިރޭސި ވިލާތުގެ ފްލައިޓް ސޭފްޓި ކޮމިޓީގެ ޗެއަރމަން ޑާއި ވިޓިންގހަމް ވިދާޅުވީ މަތިންދާ ބޯތުފަހަރުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާ ކުރުމަކީ ފުރިހަމައަށް މަޢުލޫމާތު ހޯދުމަކާ ނުލައި ކޮށްފައި އޮތް ކަމެއް ކަމަށެވެ. އޭރު ވިސްނިފައިއޮތީ މޯބައިލް ފޯނު މަތިންދާބޯޓުގެ ތެރޭގައި […]
ބާރުގަދަ ތޫފާނެއްގެ ގަދަ ވަޔާ ވިއްސާރަ ސްރީލަންކާއަށް
ސްރީލަންކާ ސަރަޙައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާ މިންވަރަކަށް ވައި ނުސާފުވުމާއި ގުޅިގެން މިއަދު ސްކޫލްތައް ބަންދުކޮށްފިއެވެ. ބަންގާޅު ކަނޑުގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ ގަދަ ވަޔާއި ވިއްސާރައާއި ކުރިމަތިލާން ޖެހިފައިވަނިކޮށް އަމިއްލަ ގައުމާއި އަދި އަވަށްޓެރި އިންޑިއާ އިން ޖައްވަށް ފޮނުވަމުން ގެންދާ ވިހަ ގޭސް ތަކުގެ ސަބަބުން މިޙާލަތު ދަނީ އިތުރަށް ނުރައްކާތެރި ވަމުން ކަމުގައި ސްރީލަންކާގެ އޮފިޝަލުން ހާމަކުރެއެވެ. ކޮޅުބާއި އެހެނިހެން ހިސާބުތަކުގައިވެސް ވަނީ ނުރައްކާތެރި މިންވަރަކަށް ދުން ބޯވެޖައްވު ނުރައްކާތެރި މިންވަރަކަށް ގޮއްސައެވެ. ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް […]
ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި ފަލަސްތީނުން އިޒްރޭލު ބަލިކޮށްފި
ފީފާ ވޯލްޑްކަޕްގެ ކުއާޓާފައިނަލްގެ ކުޅުން މިއަދު ފެށިގެން ދާނެއެވެ. މުބާރާތުގެ އެންމެ ފޯރިގަދަ މެޗުތައް ކުރިޔަށް އޮތީއެވެ. ނަމަވެސް އެއް ގައުމަކުން މިވަނީ މުޅި ވޯލްޑްކަޕް ފަތަހަކޮށްފައެވެ. ބައެއް މީހުން ސިފަކުރަމުންދާ ގޮތުގައި މިފަހަރުގެ ފީފާ ވޯލްޑްކަޕްގައި ބައިވެރިވެފައިވާ ”33 ވަނަ ގައުމަކީ“ ފަލަސްތީނެވެ. މިއީ އަރަބި ގައުމެއްގައި ވޯލްޑްކަޕް ބޭއްވުނު ފުރަތަމަ ފަހަރެވެ. ނޮވެމްބަރު 26 ވަނަ ދުވަހު ޓުނީސިޔާ އާއި އޮސްޓރޭލިޔާ އާ ދެމެދު ކުޅެވުނު މެޗުގައި ފަލަސްތީނުގެ ދިދަ ސްޓޭޑިޔަމްއިން ފެނިފައިވެއެވެ. މީގެ […]
ސަޢޫދީންގެ ރަތްދޫލަ މަރުޙަބާ ޗައިނާގެ ރައީސަށް
ތެލުގެ ބޭނުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސަޢޫދީ އެރޭބިއާއަށް އާދޭސްކުރަމުން ގެންދާތާ 2 މަސްދުވަސްފަހުން ޗައިނާގެ ރައީސަށްސަޢޫދީ ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ. އިއްޔެއިން ފެށިގެން ޗައިނާގެ ރައީސް ސަޢޫދީ އެރޭބިޔާއަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި އަދި ގަލްފުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއިއެކު ބައްދަލު ކުރައްވާނެކަމަށާއި އެބައްދަލުވުން ތަކުގައި 30 ބިލިއަން އެމެރިކާ ޑޮލަރުގެ ހަކަތައާއި ވަސީލަތްތައް ގާއިމުކުރުމުގެ އެއްބަސްވުމެއް ކުރެވޭނެކަމަށް ސަޢޫދީ އެރޭބިޔާ އިން ބުނެފިއެވެ. މި ބައްދަލުވުން ތަކުގެ ސަބަބުން ޗައިނާގެ އިގްތިސާދު ޗައިނާގެ ފުޅަފުން ބޭރަށް ގެންދަން […]