ބޮޑު ސަރަހައްދަކަށް 50 މޭލަށް ވައި ގަދަވާނެ: މެޓް އޮފީސް

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރޭ ފަތިހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރެފައި އޮތް ޔެލޯ އެލާޓް މިއަދު ހެނދުނު ދަންމާލައިފިއެވެ. ރީނދޫ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ. މިހާރު ވަނީ ޔެލޯ އެލާޓްގެ ވަގުތު މިއަދު 13:00 އާއި ހަމައަށް އިތުރު ކޮށްފައެވެ. މެޓް އޮފީހުން ބުނެފައި […]

އެމެރިކާގެ އިންޒާރު ސަޢޫދީ އެރޭބިޔާއަށް 

މިދިޔަ ހަފްތާގައި އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު ދަށްކުރަން ނިންމުމާގުޅިގެން އެނިންމުމުގެ ހިތިރަހަ ސަޢޫދީ އެރޭބިޔާއިން އުފުލަން ޖައްސާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ސީ. އެން. އެން.އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވެއްޖެއެވެ.  އެ ބަސްދީ ގަތުމުގައި މިއީ ސަޢޫދީ އެރޭބިޔާ އާއިއެކު އޮންނަގުޅުން ދެވަނަ ވިސްނުމަކަށް ދާންވީ ވަގުތު ތޯ ސުވާލު ކުރުމުން ރައީސް ބައިޑަން ވިދާޅުވީ ’ އާއެކޭ ’ އެވެ. އަހަރެން ހިތުގައި އޮތް އެއްޗަކާ ބެހޭގޮތުން ނުވަތަ އަހަރެން […]

28 ރަށަކަށް ބިލިއާޑް ބޯޑް ދެނީ

28  ރަށަކަށް ބިލިއާޑް ބޯޑް ދިނުމަށް ހަވާލުކޮށްފި އެވެ. ޔޫތު މިނިސްޓްރީން ބުނީ މި ބިލިއާޑް ބޯޑް ތަކަކީ އެ ރަށްތަކުގައި ގާއިމްކޮށްފައިވާ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުތަކުގައި ބެހެއްޓުމަށް ގެންދާ ބޯޑް ތަކެއް ކަމަށެވެ. މި ބޯޑްތައް ރަށްތަކަށް ހަވާލުކުރުމަށް މިއަދު ވަނީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައިމިނިސްޓްރީގެ ފަރާތުން މި ބޯޑުތައް ހަވާލުކޮށްދެއްވީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ. އަދި މި ރަށްތަކުގެ ފަރާތުން ބޯޑުތަކާއި ހަވާލުވެލެއްވީ މި ރަށްތަކުގެ […]

ނަޝީދު އެމެރިކާއަށް ފުރާ ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖައްސަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމެރިކާގެ ވޮޝިންޓަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިރެ އެވެ. ކްލައިމެޓް ވޮނަރަބަލް ފޯރަމް [ސީވީއެފް]ގެ ފަރާތުން އެ ފޯރަމްގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވާ ކަމަށާއި ދަތުރުގެ ހަރަދުތައް ކުރަނީ ސީވީއެފުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ ނަޝީދު ވޮޝިންގޓަނަށް ކުރައްވާ ދަތުރުފުޅަކީ އިންޓަރނޭޝަނަލް މަނިޓަރީ […]

މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް  ވަޑައިގަންނަވާކަމަށް ވިދާޅުވުމުން ނަޝީދު ރަތަށް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީ ވަރަށްބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސްތުގެ ހާލަތުގައި މަޖިލީހަށް ވަޑައިގަންނަވާކަމަށް  ވިދާޅުވެ ވާހަކަފުޅު ދެއްކެވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް މިއަދު ބަހުސްކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެވެ. ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ވޯލްޑް ބޭންކް ރިޕޯޓާ ހަވާލާދެއްވާ ވާހަކަފުޅު […]

ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހިޔާގައި ހުޅުވައިފި

ނަފްސާނީ ބަލިތަކަށް ހާއްސަ ކްލިނިކެއް ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހއްދުގައި ހުޅުވައިފިއެވެ.ނަފްސު ސައިކޮލޮޖިކަލް ސަރވިސަސް ނަމުގައި ހުޅުވި މި ކްލިނިކް ހުޅުވާފައިވަނީ ހިޔާ 11 ވަނަ ޓަވަރުގައެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނީ މި ކްލިނިކަކީ ނަްފސާނި ބަލިތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް ދޭއްގައި ހުޅުވި ފުތަރަމަ ކްލިނިކް ކަމަށާ އެ ކްލިނިކުން މިހާރު އާންމުންނަށް ހިދުމަތް ދޭން ފަށާފައިވާކަމަށެވެ. އެޗްޑީސީން ބުނީ މި ކްލިނިކަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް […]

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނުރަސްމީ މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސުލް ޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރު ފުޅެއްކަމަށެވެ. މި ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަ ނުކުރައްވައެވެ. ރައީސް މީގެ ކުރިންވެސް ސިއްހީ ފަރުވާއަސް ނުރަސްމީ ދަތުރުފުޅުތަކެއް ސިންގަޕޫރަށް ވަނީ ކުރައްވާފައެވެ. އެގޮތުން އޭޕްރީލް މަހުވެސް ރައީސުލް ޖުމުްހޫރިއްޔާ ވަނީ ސިންގަޕޫރަށް ދަތުރުފުޅެއް ކުރައްވާފައެވެ.

ކޯފް ސިރަޕް ބޭނުން ކުރުމުން ކުޑަކުދިންތަކެއް މަރުވުމާ ގުޅިގެން އިންޑީޔާއިން އެ ސިރަޕް އުފެއްދުން ހުއްޓާލައިފި 

ދާދި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ މެއިޑެން ފާމަސިއުޓިކަލްސްއިން އުފައްދާފައިވާ ކޯފް ސިރަޕެއް ބޭނުން ކުރުން ވަނީ އެތައް ކުޑަކުދިންނެއްގެ މަރާއި ގުޅިފައެވެ. އެފްރިކާއަށް ނިސްބަތްވާ 69 ކުދިންގެ މަރު މި ސިރަޕް ބޭނުންކުރުމާއި ގުޅިފައިވާކަމަށް ޑަބްލިއުއެޗްއޯއިން ނެރުނު ރިޕޯޓެއްގައި ހާމަކުރުމާ ގުޅިގެން އިންޑިޔާއިން ވަނީ މެއިޑެން ފާމަސިއުޓިކަލްގެ މި ބޭސް އުފެއްދުން މެދުކަނޑާލާފައެވެ.  އިންޑިޔާގެ ހަޔްރާނާ ސްޓޭޓްގެ ހެލްޓް މިނިސްޓަރ، އަނީލް ވިޖް އެ ގައުމުގެ […]

އޮސްޓެރޭލިޔާއިން ޔޫކްރޭން ސިފައިންނަށް ތަމްރީން ދިނުމަށް ތައްޔާރުވަނީ 

 އޮސްޓްރޭލިޔާއިން ޔޫކްރޭނަށް އެހީވުމުގެ ގޮތުން އެ ގައުމުގެ ސިފައިންނަށް އަސްކަރީ ތަމްރީން ދިނުމާމެދު މަޝްވަރާތައް ކުރަމުންދާކަމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު، އެންޓޮނީ އަލްބަނީޒް ވިދާޅުވެއްޖެއެވެ.  މިކަމާ ގުޅިގެން އިއްޔެ އެންޓޮނީ ވަނީ ޔޫކެރޭންގެ ރައީސް، ވްލަޑްމީރް ޒެލެންސްކީއާއި ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އަސްކަރީ ތަމްރީނު ދިނުމަށް ނިންމަވާފައިވަނީ ކޮން ގޮތަކަށްކަމެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. އެ ގައުމުގެ ބައެއް މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި އޮސްޓރޭލިޔާ ސިފައިން ޔުކްރޭނަށް ގޮސް މި ތަމްރީނުތައް ހިންގާ ގޮތަށް ވާހަކަތައް ދެކެވިފައިވެއެވެ. […]

އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދުލައިފި 

އޯޕެކް (ޕްލަސް) އިން ތެޔޮ އުފެއްދުން މަދުކުރީމާ އެމެރިކާ އާއި ސަޢޫދީގެ ގުޅުން ރެނދު ލައިފިއެވެ. އޯޕެކް (ޕްލަސް) އިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މި ހަފްތާގައި ނިންމި ނިންމުމާއި ގުޅިގެން ވައިޓް ހައުސް އާއި ސައޫދީ ޝާހީ ޢާއިލާއާއި އެކު ހީނަރުވަމުންދާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިހުނަށްވުރެންވެސް ގޯސްވެއްޖެއެވެ.  އޯޕެކުން އެގޮތަށް ނުނިންމުމަށް އެމެރިކާގެ ރައީސް ބައިޑަން ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ގެންދެވިއެވެ. އެމެރިކާއިން މަސައްކަތް ކުރަމުންގެންދަނީ ރަޝިޔާގެ ހަކަތައިން އެގައުމަށް ލިބޭ އާމްދަނީއަށް ހުރަސް އެޅުމާއެކު އެމެރިކާއިން ތެލުގެ ބާޒާރު އަލުން ގަޑުބަޑު ނުވާނެހާ […]