ރަޝިޔާގެ މިސައިލްތަކުން ސަލާމަތްވުމަށް ޔޫކްރޭނުން އިންޑިޔާގެ އުފެއްދުމަކަށް ކަޅިއަޅަނީ

ރަޝިޔާއިން މިހާތަނަށް 100 އަށްވުރެ ގިނަ ކްރޫޒް މިސައިލް ހަމަލާތައް ޔޫކްރޭނަށް ދީފައިވެއެވެ. އަދި މި ހަމަލާތަކުގައި އެ ގައުމުގެ ބޮޑެތި އެތައް ކާރުހާނާތަކާއި ހަކަތަ އުފައްދާ ޕަވާޕްލާންޓުތައް ވަނީ ހަލާކުކޮށްލާފައެވެ. މިސައިލްގެ ”ވާރޭ ވެހުން“ އަވަހަށް ނިމޭކަށްނެތެވެ. އެހެންކަމުން އެ ގައުމުން ދަނީ ދިފާއީ ވަސީލަތްތައް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިޔާގެ އުފެއްދުމެއް ކަމަށްވާ ސާފޭސް ޓު އެއާ މިސައިލް ބޭނުންކުރުމާމެދު މަޝްވަރާކުރަންފަށާފައެވެ. ފާއިތުވި ދުވަސްތަލުގެ ތެރޭގައި ޔޫކްރޭނުން ރަޝިޔާގެ ބައެއް މިސައިލް ހަމަލާތަކާއި ޖެޓުތައް ކާމިޔާބުކަމާއެކު […]
އައްޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްޙާބު – 1

އައްޝައިޙް މުޙައްމަދު ބުނު ޢަބްދުލް ވައްޙާބަކީ މިފަހަކަށް އައިސް އިސްލާމީ އުއްމަތަށް ލިބުނު އެންމެ ވަރުގަދަ އެއް ޝަޚްޝިއްޔަތެވެ. އޭނާގެ ޙަޔާތްޕުޅު ހޭދަވެގެން ދިޔައީ ޝިރުކާއި ބިދުޢަ ތަކުގު ސަބަބުން އިސްލާމީ އުއްމަތް ވެއްޓިފައިވާ ވަޅުގަނޑުން ނެންގެވުމުގެ ގިނަގުނަ މަސައްކަތްޕުޅު ގައެވެ. މުޙައްމަދު ބުނު ޢަބްދުލް ވައްހާބް އުފަންވެ ވަޑައިގަތީ ނަޖްދު ކަރައިގެ ޔަމާމާގެ ކަރައިގައިވާ ރަށެއްގައެވެ. ހިޖްރައިން 1115 (މީލާދީން 1703) ގައެވެ. ވަރަށް ތުއްޕުޅު އިރު ޢިލްމުގެ މައިދާނަށް ނިކުމެ ވަޑައިގަތެވެ. ޢުމުރުފުޅުން އެންމެ […]
އެންޒައިޓީން ސަލާމަތް ވުމަށް މިކަންކަން ކޮށްލައްވާ!

އެންޒައިޓީ އަކީ ކަމެއްވެދާނެ ކަމުގެ ބިރު އިޙުސާސު ކުރެވުން ނުވަތަ ހިތްބިރުގަނެ ހާސްވާ ގޮތްވުމެވެ. ހާސްވެ ކަންބޮޑުވުމަކީ ކޮންމެ އިންސާނަކަށްވެސް ދިރިއުޅުމުގައި ދިމާވެދާނެ ކަމެކެވެ. ހާސްވެ ކަންބޮޑުވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި ފިކުރާއި އިޙުސާސާއި އުޅުމަށެވެ. މިކަންތައްތަކާއި ގުޅިގެން އަހަރެމެންނަށް އިޙުސާސްވާ ހިތްހަމަނުޖެހުމާއި އުދަގުލާއި ކަންބޮޑުވުމާއި ބިރެވެ. ނަމަވެސް ހާސްވެ ކަންބޮޑުވާ ކޮންމެ ފަހަރަކު މާބޮޑު ކަމަކަށް ނުވެ ހިގައިދާނެއެވެ. މިކަން ބައްޔެއް ގޮތަށް (އެންޒައިޓީ) ބެލެވެން ފަށަނީ މިކަމުގައި ހޭދަވާ މުއްދަތު ދިގުވުމާއި އޭގެ ސަބަބުން ދިރިއުޅުމުގެ […]
މެލޭޝިޔާގެ ދިފާޢީ މިސްރާބު ތުރުކީގެ ޑްރޯންތަކާ ދިމާލަށް

މެލޭޝިޔާއިން ތުރުކީގައި އުފައްދާ ތިން ވައްތަރެއްގެ ޑްރޯން ގަންނަން ނިންމައިފިއެވެ. މެލޭޝިޔާއިން ތުރުކީގެ ޑްރޯން ގަތުމަށް ނިންމަވައިފި ކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރ ޙިޝާމުއްދީން ހުސައިން ހާމަ ކުރައްވައިފިއެވެ. އެގޮތުން ގަންނަން އެއްބަސްވެފައިވާ މޮޑެލް އެމްއޭއެލްއީ- ޔޫއޭއެސް ވައްތަރަކީ އިންސާނަކާ ނުލައި ބޭނުންކުރެވޭ ޑްރޯނެކެވެ. މި ޑްރޯންތަކަށް އަގު އަދާކުރުން ރޭވިފައިވަނީ މެލޭޝިޔާގެ ދިފާޢީ ބަޖެޓްގެ ތެރެއިންނޫންއެހެން ގޮތަކަށް 5 އަހަރުދުވަހުގެ މުއްދަތަކަށް ބަހާލައިގެންކަމަށް ބުނެއެވެ. ޓާރކިސް އެއަރޯސްޕޭސް އިންޑަސްޓްރީސް ( ޓީ. އޭ. އައި ) އިންހާމަކުރާގޮތުގައި އެކުންފުނީގެ އުފެއްދުމެއް ކަމުގައިވާ އަންކާ މަރުކާގެ ޑްރޯން […]
ރާއްޖޭގައި ވިއްކާ ލޮލަށް އަޅާ ބެހޭއްގައި ޑިފެކްޓެއް ހުރުމުން ބޭނުންނުކުރުމަށް އަންގައިފި

ރާއްޖެއަށް އެތެރެކުރާ ލޮލަށް އަޅާ ބޭހެއް ކަމަށް އެލާސައިން އައި ޑްރޮޕްސްގެ ބެޗެއްގައި ޑިފެކްޓެއް ހުރުމުން އެ ބޭސް ބޭނުންނުކުރުމަށް އަންގައިފިއެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެލޭޝިޔާގެ ކުންފުންޏަކުން އުދައްފާ އެލާސައިން އައި ޑްރޮޕްސްގެ ބެޗް ނަންބަރު 200230L, 200827L, 193033L ,200608L ,200607L, 200825L ގައި ޑިފެކްޓެއް ހުރިކަމަށް މެލޭޝިޔާގެ ޑްރަގް ރެގިއުލޭޓަރީއިން އަންގާފައިވާ ކަމަށެވެ. އެ ބެޗްތަކުގެ ތެރެއިން 193033L އާއި 200607L ރާއްޖެއަށް ޑިސްޓްރިބިއުޓް ކޮށްފައިވާ […]
ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ބަލަނީ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ އެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން ބުނީ އެ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ހުކުމް ކޮށްފައި ނުވާތީ، ބަލަން ނިންމި މައްސަލައެއް ކަމަށެވެ. މިމައްސަލަ ބެލުމަށް މިމަހު ފަސްވަނަ […]
ހިޖާބު އެޅުމުގެ މައްސަލައަށް ގޮތެއް ނުނިންމުނު

ކަރުނާޓަކާގެ ކޮލެޖްތަކުގައި މުސްލިމު ދަރިވަރުން ހިޖާބު އެޅުން މަނާކުރުމާއި ގުޅިގެން މުޅި އިންޑިއާގައި ކަހަލަ ގޮތަކަށް އުފެދުނު ދެބަސްވުން ތަކަށް ކަރުނާޓަކާގެ ހައިކޯޓުން ކުރި ޙުކުމް އިންޑިއާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އަޑުއެހުންތައް ނިންމައި މިދިޔަ އަންގާރަ ދުވަހު ޙުކުމަކާއި ހަމަޔަށް ދެވުމުން ފަނޑިޔާރުންގެ ރައުޔުތައް ދެކަފި ވެއްޖެއެވެ. އެއްފަނޑިޔާރެއްގެ ރައުޔު ކަރުނާޓަކާގެ ހައިކޯޓަށް ތާއީދު ކުރިނަމަވެސް ދެވަނަ ފަނޑިޔާރުގެ ރައުޔު އޮތީ ތަފާތުވެފައެވެ. ކަރުނާޓަކާގެ ކޯޓުން ނިންމާފައިވަނީ ހިޖާބު އެޅުމަކީ ދީނީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ހިޖާބު އެޅުމަކީ ކީރިތި ގުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވާން […]
ގޯއްޗާއި ފްލެޓަށް އެދި ލާފައިވާ ފޯމްތައް އިވެލުއޭޓްކުރަން ތިން މަސް

މާލޭ ސަރަޙައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލިއޭޓްކޮށް ނިންމަން ތިން މަސް ނަގާނެ ކަމަށް ހައުސިން މިންޓްރީން ބުނފިއެވެ. ހައުސިން މިނިސްޓްރީން ބުނީ ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް 35,861 ފޯމް ހުށައަޅާފައިވާކަމަށާ މި ފޯމްތައް ސަބްމިޓްކުރާ ހިސާބުން އެޓޮމެޓިކުން އިވެލުއޭޓް ކުރަން ފަށާނެ ކަމަށެވެ. އަދި އޭގެ ފަހުން ފައިނަލް ވެރިފިކޭޝަނެއް ހަދާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.ގޯއްޗާއި ފްލެޓަށް އެދި ފޯމް ހުށައެޅުމަށް ހުޅުވާލި ފުރުސަތު ރޭ ހަމަވިއިރު ރާއްޖެ އާއި ރާއްޖެއިން […]
ގެ އެއްގެ ތެރޭ ހުރި ސައިކަލެއްގައި ރޯކޮށްލައިފި

ގެ އެއްގެ ތަރޭ ހުރި ސައިކަލެއްގައި ރޯކޮށްލައި އެސައިކަލު އަންދައި ހުލިކޮށްލައިފިއެވެ. މިހާދިސާ ހިނގާފައިވާނީ އައްޑޫސިޓީ ހުޅުދޫގައި ރޭ ދަންވަރުއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަލިފާނުގެ ރޯކޮށްލުމުގެ ސަބަބުން ސައިކަލުގެ ބޮޑުބައެއް އަދައި ހުލި ވެފައިވާއިރު އެ ގެއަށް ވެސް ވަނީ ގެއްލުންތައް ލިބިފައެވެ. އެ ގޮތުން ގޭގެ ކުޑަދޮރުތަކާއި ފާރަށް ވަނީ ގެއްލުން ވެފައެވެ. މިހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގެ އެއްގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ސައިކަލުގައި ހުޅުވަރަށް […]
މީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

އެހެން މީހެއްގެ މުދަލަށް ހުއްދަނޫންގޮތެއްގައި ބާރުހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާނީ ކ. މާލެ / ހ. ގްރީންލައިޓް، އިބްރާހިމް ސިރާރު (50އ) ހޯދުމަށެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ […]