ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ބަލަނީ

Loading

Facebook
Twitter
WhatsApp

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުގެ ސުލޫކީ މައްސަލަ އެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައަކީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ޖިނާއީ މައްސަލައެއްގައި ހުލާސާ ބަޔާން އިއްވުމަށްފަހު، ހުކުމް ކުރުމުގެ މަޖިލިސް ބާއްވަން ޖެހޭކަމަށް ގާނޫނުގައި ބުނާ 30 ދުވަހު މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މައްސަލައިގެ ހުކުމް ކޮށްފައި ނުވާތީ، ބަލަން ނިންމި މައްސަލައެއް ކަމަށެވެ.

މިމައްސަލަ ބެލުމަށް މިމަހު ފަސްވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ 69 ވަނަ ޖަލްސާގައި ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާކަމަށްވެސް ޖޭއެސްސީން ބުންޏެވެ.

މީގެ ކުރިންވެސް ރަފީއުއްދީންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ބަލައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް