ކޮރަޕްޝަނުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް

ކޮރަޕްޝަނުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށްދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިޖެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަ (އޭސީސީ)ން ބުނީ ”މޯލްޑިވްސް އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022“ ނަމުގައި ބާއްވާ މި ކޮންފަރެންސް ބޮޑަށް ހާއްސަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށްކަމަށެވެ. އަދި މިއަހަރު މި ކޮންފަރެންސް ގެނެސްދޭނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއާގުޅިގެން މިމަހުގެ 30 އިން 31 އަށް ބަނޑޮސް މޯލްޑިވްސްގައި ކަމަށެވެ. އޭސީސީން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ، އެސްއޯއީތަކާގުޅުންހުރި އެކި […]
”މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022“ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވައިފި

މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ 7 ވަނަ މުބާރާތްކަމުގައިވާ، ”މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022“ ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ. މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައެވެ. މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ. މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ […]
ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް ވިއްކި: މިނިސްޓަރު

ހައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންނަށް ކޮފީއާއި ޕެނަޑޯލް އެ ކުންފުނިން ވިއްކާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގަ އެވެ. މެންބަރު އިބްރާހީމް ރަޝީދު ވަނީ 1443 ވަނަ އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހާޖީންނަށް ކޮފީ އަދި ޕެނެޑޯލް ގުޅައެއް ދެ ރިޔާލަށް […]
މާލޭ ސިޓީކައުންސިލުން ފިހާރައް ހުޅުވާފައިވާތީ ފިޔަވަޅުއަޅަނީ

ތަފާތު ވައްތަރުގެ ގަހާއި ގަސްކާނާ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ފިހާރައެއް ހުޅުވައިގެން އުޅޭތީ އެ ކައުންސިލާއި ދެކޮޅަށް ފިޔަވަޅު އަޅަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މާލޭ ސިޓީ ކައުންސިލަށް ފިޔަވަޅު އަޅަން ނިންމީ ސިޓީ ކައުންސިލުން ކުރާއެ ވިޔަފާރިއަކީ ރަޖިސްޓްރީކޮށްގެން ވިޔަފާރި ހުއްދަނަގައިގެން ކުރާ ވިޔަފާރިއެއްނޫންކަމަށެވެ. މާލޭގެ ކާނިވާ ސަރަހައްދުގައި ”މާލެ ފެހި“ގެ ނަމުގައި ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވީ މިމަހުގެ އަށްވަނަ ދުވަހު އެވެ. މިފިހާރަ ހުޅުވައި […]
ޕާކިސްތާނުގެ ބައި-އިލެކްޝަން ބޮޑުތަނުން އިމްރާން ޚާން ކާމިޔާބު ކުރައްވައިފި

މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގައި ބޭއްވުނު ބައި-އިލެކްޝަން ބޮޑުތަނުން އިމްރާން ކާން ކާމިޔާބު ކުރައްވައި ޕާކިސްތާނުގައި އެންމެ 6 މަސްދުވަސްވީ ސަރުކާރުން ގައުމީ އިންތިޚާބު އަވަސްކުރަން އިތުރު ފިއްތުން ކުރިމަތި ކުރަން ފުރުސަތު ހޯދައިފިއެވެ. ވޯޓު ނެގުނު އިންތިޚާބުގެ 8 ގޮނޑީގެ ތެރެއިން 7 ގޮނޑިއަށް ވާދަކުރައްވައި އިމްރާނު ޚާނުގެ ޕާރޓީން 6 ގޮނޑި ކާމިޔާބު ކުރެއްވިއެވެ. މިހާރު ސަރުކާރު ހިންގާބައިވެރިންގެ ފަރާތުން އިންތިޚާބުގައި ވާދަކުރި ޕާކިސްތާނު ޕީޕަލްސް ޕާރޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 2 ގޮނޑިއެވެ. އިތުބާރު […]
ދުނިޔޭގައިއޮތް އެންމެ ނުރައްކާތެރި ގައުމަކީ ޕާކިސްތާނު – އެމެރިކާ

ޑިމޮކްރެޓިކް ކޮންގްރެޝަނަލް ކެމްޕެއިނަށް ފައިސާހޯދަން ލޮސް އެންޖަލްސްގައި ބޭއްވުނު އެއްވުމެއްގައި ވާހަކަ ދައްކަވަމުން ޕާކިސްތާނަކީ ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އެއްގައުމުކަމުގައި އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވުމުން ޕާކިސްތާނުން އެކަމަށް ރައްދު ދީފިއެވެ. ބައިޑަން އެހެން ވިދާޅުވީ އެ ބައްދަލުވުމުގައި ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާއި ގުޅޭގޮތުން ޗައިނާއާއި އެގައުމުގެ ރައީސް ޒީ ޖިންޕިންގ އާއިދޭތެރޭ އެމެރިކާއިން ގެންގުޅޭ ސިޔާސަތު ހާމަކުރުމުގައި ޗައިނާއާއި ރަޝިޔާ އިންޑިއާ އަދި ޕާކިސްތާނުގެ ގުޅުމާބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. […]
ޖަރުމަނުގެ ރޭލުދަތުރުގެ ނިޒާމް ސަބޯޓާޖް ކޮށްފި

ޖަރުމަނުގެ ރޭލު ދަތުރުފަތުރާބެހޭ ވަސީލަތް ތަކަށް ގޮތްނޭންގޭ ޙަމަލާތަކެއް ދިނުމުގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުނު މައްސަލައަކީ ނޯޑް ސްޓްރީމްގެ ޕައިޕްލައިން ގޮއްވާލުމާ ގުޅިގެން ރަޝިޔާއިން ކުރި ކަމެއްކަމުގައި ޖަރުމަނުގެ ސިޔާސީ ބައެއް ފަރާތްތަކުން ތުޙުމަތު ކުރަމުން އެބަގެންދެއެވެ. މި ޙަމަލާގައި ދެ ސަރަޙައްދެއްގެ މުހިންމު މުވާސަލާތީ ކޭބަލްތަކެއް ބުރިވެފައިވާ ކަމަށާއި އޭގެ ސަބަބުން ޖަރުމަނުގެ އުތުރުގެ ބައެއް ސަރަޙައްދުތަކުން ރޭލު ދަތުރުތައް ހުއްޓިފާވެއެވެ. އެއާއެކު އެތައް ހާސް ދަތުރުވެރިންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ. ރޭލު ދަތުރުގެ ޚިދުމަތްދޭ ކުންފުނި ޑޯޝޭ ބާން އިންވެސް ބުނަނީ މިއީ ބަޔަކު ގަސްދުގައި ދިން ޙަމަލާއެއް ކަމުގައެވެ. […]
ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ބޮޑު އޮޅުވާލުމެއް

ހުޅުމާލޭއިން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މަކަރުވެރި ބޮޑު އޮޅުވާލުންތަކެއްގެ ދަލުގައި މީހުން ޖައްސަން ފަށައިފިއެވެ. އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުށަހަޅައި މީހުންގެ ގިނަ މައުލޫމާތުތަކެއް ބަޔަކުމީހުން ނަގަންފަށައިފިއެވެ. މިކަމަށް އެދުމަށް މެސެޖް ކުރަމުން އަންނަ އިރު އާންމުންގެ ގިނަ މައުލޫމާތުތަކެއް ފުރުމަށްވެސް އެމީހުންއަންނަނީ އެދެމުންނެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް […]
ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށް ބުނެ ބޮޑު އޮޅުވާލުމެއް

ހުޅުމާލޭއިން ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ މަކަރުވެރި ބޮޑު އޮޅުވާލުންތަކެއްގެ ދަލުގައި މީހުން ޖައްސަން ފަށައިފިއެވެ. އެގޮތުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުށަހަޅައި މީހުންގެ ގިނަ މައުލޫމާތުތަކެއް ބަޔަކުމީހުން ނަގަންފަށައިފިއެވެ. މިކަމަށް އެދުމަށް މެސެޖް ކުރަމުން އަންނަ އިރު އާންމުންގެ ގިނަ މައުލޫމާތުތަކެއް ފުރުމަށްވެސް އެމީހުންއަންނަނީ އެދެމުންނެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 3 ގެ ބޯހިޔާވަހިކަމުގެ ދަށުން ކުރިއަށްގެންދާ ރޯވ ހައުސް ފުލެޓް ތަކަށް އޮންލައިންކޮށް އެދުމަށާއި ގުރުއަތުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމަށް […]
ފުލުހުން އަންހެހަނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލައިގައި ފުލުހުންބުނަނީ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށް

ފުލުހުންގެ އިދާރައިގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވައުމުން އަންނަ ވީޑިއޯއާއި ގުޅިގެން ފުލުހުން ބުނީ އެ އަންހެންމީހާގެ ސަބަބުން ފުލުހުންނަށް އަނިޔާވިކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑީއޯއަކުން ފެންނަނީ ފުލުހުންގެ އިދާރާގެ ތެރެއިން އަންހެނަކު ގަދަކަމުން ނެރޭތަނެވެ. ފުލުހުން އެ އަންހެންމީހާ ނެރުނުއިރު އޭނާ ދިޔައީ ގަދަހަދައި ހަޅޭއްލަވަމުންނެވެ. މި ވީޑިއޯއާއެކު ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސްސްޓޭޝަނުގައި އެ އަންހެންމީހާއަށް ފުލުހުން އަނިޔާކޮށްފައިވާކަމަށެވެ. މިކަމާ […]