ޓޫރިޒަމް އެވޯޑް ހާސިލުކުރި ފަރާތްތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފި
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ސަރުކާރުން ދިން ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް“ ހާސިލު ކުރި ފަރާތަތަކަށް ހާއްސަ ބެޖެއް ތައާރަފްކޮށްފިއެވެ. ޓޫރިޒަމް މިނސްޓްރީން މި ބެޖް ތައާރަފްކޮށްފައިވަނީ ”މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ވިނަރ ބެޖް“ ގެ ނަމުގައެވެ.ޓޫރިޒަމް މިނިސްޓްރީން ބުނީ މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް ހާސިލްކުރި ފަރާތްތަކަށް އެ ބެޖް މިހާރު ހިއްސާކޮށްފައިވާ ކަމަށާ އެ އެވޯޑް ހާސިލް ކުރި ފަރާތްތަކުން ބާއްވާ […]
ހަނިމާދޫ އެއާޕޯޓް ތަރަށްގީކުރުމުގެ މަސައްކަތް ފަށަނީ
ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ކޮންޓްރެކްޓަރުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. އަދި އަމާޒަކީ އަންނަ ޑިސެމްބަރުމަހުގެ ތެރޭގައި އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ. މި އެއާޕޯޓް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.އިންޑިއާގެ އެގްޒިމް ބޭންކުގެ […]
ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމާލާދިންކަމަށް ތުމަމަތުކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުކޮށްފި
މާލޭ ސިޓީގެ ގެސްޓް ހައުސްއެއްގައި ނިދާފައި އޮތް މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓްހައުސްއެއްގައި މާރާމާރީ ހިންގައިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އޭނާ ހައްޔަރުކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމު 2:38 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ. މި މީހާގެ ބަންދަށް ކޯޓުން […]
ގެއަކުން ވަށްކަން ކުރިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހޯދަނީ
މާލެސިޓީގެ ގެއަކުން ވަށްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ވީޑިއޯ އާންމު ކޮށްފިއެވެ. ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ ހުދުކުލައިގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި ޒުވާނަކު ގެއަކަށް ވަންނަ މަންޒަރެވެ. އޭނާ އެ ގެއަށް ވަންނަމުން މޫނުގައި މާސްކް އަޅައެވެ. ދެން ފެންނަނީ އަތްދިގު ޓީޝާޓަކާއި ޖިންސެއް ލައިގެން ކަޅުކުލައިގެ ދަބަހެއް ކޮޑުގައިއ އަޅައިގެން ހުރި އެހެން ޒުވާނަކު މަގުމަތިން ގެ އެއްގެ ބޭރު ދޮރުން […]
ވަގަށް ވިސާ ކާޑެއް ބޭނުންކޮށް ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ގެއްލުނު ދަބަހެއްގެ ތެރޭ އޮތް ވިސާކާޑެއް ބޭނުންކޮށްގެން ވިޔަފާރި ކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ވީޑިއޯއެއް ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މާސްކެއް އަޅައިގެން ގަދަ ނޫކުލަ އަކަށް ދާ ކުލައެއްގެ ޓީޝާޓަކާއި ޖިންސެއް ލައިގެން ހުރި މީހަކު މަލޭ މަގެއްގެ ކަންމަތިން ހިނގާފައިދާ ތަނެވެ. އެ ވީޑީއޯ އާއްމުކުރަމުން ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ […]
”ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ“ ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ގްރޭޑް ތިނެއް އަދި ހަތަރެއް ގައި ކިޔަވާ ސްކޫލް ކުދިންގެ ”ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ“ ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހެންވޭރު ބޯޅަ ދަނޑުގައެވެ. މި މުބާރާތަކީ ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެންކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މަހުގެ 19 އިން 22 އަށް ކުރިއަށްގެންދިޔަ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވެފައިވެއެވެ. […]
ޗައިނާ އަކީ އަބަދުވެސް މުހިންމު ބައިވެރިއެއް: ރައީސް
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި […]
ކުރެންދޫ މިސްކިތުގެ ބިންގާ އަޅައިފި
ޅ. ކުރެންދޫގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލްހަކީމް އަދި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މަދީހެވެ. 14.2 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އަހަރުގެ މެއި 11 ގައި ހަވާލުކުރި މި […]
ޒުވާނުންނަށް 20000 އަށްވުރެ ގިނަ ވަޒީފާ އުފައްދައިފި : މަހްލޫފް
ދޒުވާނުންނަށް 20،000 އަށްވުރެ ގިނަ ވަޒީފާ މި ސަރުކާރުން އުފައްދާފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ. މަހްލޫފް މިއަދު ޓްވީޓެއްގައި ވިދާޅުވީ ޒުވާނުންނަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި ވިޔަފާރިތަކަށް 474 މިލިއަން ރުފިޔާގެ އެސްއެމްއީ ލޯނުތައް ދޫކޮށްފައިވާ ކަމަށާއި މި ފަދަ ކަންކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ހާސިލްވެފައިވާ ކަންކަން ކަމަށެވެ. މީގެ އިތުރުން 15،000 ދަރިވަރުންނަށް ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅިވަރުގެ ރަންޒަމާން […]
ސިގިރެޓް ވަގަށް ނަގައިގެން ހަތަރު މަހަށް ވުރެ ދިގުމުއްދަތަކަށް ޖަލަށްލާން ހުކުމްކޮށްފި
ސިގިރޭޓް ފޮށި ވަގަށް ނެގި މީހަކު ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ގއ. ކޮލަމާފުށި، ނަސީމީގެ، އަހުމަދު އާރިފްގެ މައްޗަށެވެ. އޭނާގެ މަށްޗަށް ޕީޖީން ކޮށްފައިވާ ވައްކަމުގެ ދައުވާގައި ބުނެފައިވަނީ 10 މާޗް 2019ގައި މާލެ ސައްޔިދުކަލޭގެ ފާނު މަގުގައި ހުންނަ މިނީ މާޓް ފިހާރައިގެ ކައުންޓަރުގައި ހުރި 490 ރުފިޔާ އާއި ކެމަލް ބްރޭޑްގެ 14 ސިގިރޭޓްފޮށި އަހުމަދު އާރިފް ވަގަށް ނަގައިފައިވާ […]