ކަރެކްޝަން މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދޭނަން: ރައީސް
ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހއްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ކަރެކްޝަންގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކަރެކްޝަންގެ މުވައްޒަފުންގެ ޒިންމާއާއި ވާޖިބުތައް އަދާކުރެއްވުމުގައި، ވަރަށް ގިނަ ދަތިތަކަކާއި ކަންބޮޑުވުންތައް އެބަހުރިކަން އެމަނިކުފާނަށް ފާހަގަ ކުރެވޭ ކަމަށާ އޭގެ ތެރެއިން އެއް ކަމަކީ، ޖަލުތަކުގައި ޖަލު އޮފިސަރުންނާއި މުވައްޒަފުންގެ އެކޮމަޑޭޝަންގެ ކަންތައް ހަމަޖެއްސުމުގައި ހުރި ދަތިތައްކަމަށެވެ. […]
ދީނީ ހަރުކަށި ގައިދީންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ހަދަނީ
ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދިރާސާއެއް ކުރިކަމަށާ އެ ދިރާސާއިން ދެއްކި ގޮތުގައި މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ. “ އެ […]
ފުރަގަސްފަރާތު ބަލިން ރައްކާތެރިވާނެ ގޮތް މިއޮތީ
ފުރަގަސްފަރާތު ބައްޔަކީ، ބޮޑުކަމުދާ ދޮރު ނުވަތަ ފުރަގަސްފަރާތު ދޮރު ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ ފުއްޕުމެވެ. އާއްމު ގޮތެއްގައި ފުރަގަސް ފަރާތު ބަލި މެދުވެރިވަން ކުރިމަތިވަނީ ޅިނދާ، ފުރަގަސް ފަރާތް ހިމެނޭ ހިސާބުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކަށް އާދަޔާ ހިލާފަށް ޕްރެޝަރު ބޮޑުވުމުންނެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އާއްމުކޮށް ފުރަގަސް ފަރާތުބަލި ޖެހެނީ އުމުރުން 20 އަހަރާއު 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އެ އުމުރުގެ 50 ޕަސަންޓް މީހުންނަށް […]
އީރާނުގެ ގިނަ ރަށްތަކެއް ސެކިއުރިޓީ އެލާރޓްގައި
ފާއިތުވެގެންމިދާ ދުވަސްތަކުގެތެރޭގައި އެމެރިކާއާއި އީރާނުގެ ވެށި މާބޮޑަށް ނުތަނަވަސް ވުމާގުޅިގެން އީރާނުގެ ފަންސާހަކަށް ސިޓީއާއި ޓައުންތަކުގައި ބޭރުން އަތުވެދާނެ ނުރައްކަލުން އިންޒާރު ލިބިގަތުމުގެ ސިވިލް ޑިފެންސް ވަސީލަތްތައް ގާއިމްކޮށްފިއެވެ. އީރާނުގެ ދިފާޢީ ވަޒީރުގެ ނައިބު ޖެނެރަލް މަޙުމަދީ ފަރާޙީ ވިދާޅުވީ މިޒަމާނުގައި ގައުމަކާ ދިމާކުރުންވެސް މިއޮންނަނީ އެގައުމެއްގެ ހަކަތައާއި ގާބިލުކަން ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށެވެ. އީރާނަށް ނުރައްކާތެރި ޙަމަލާތައް މެދުވެރި ކުރުވާނީ މިވެނި ގައުމަކުންނޭ ވިދާޅުވެ ވަކި ގައުމެއްގެ ނަން އީރާނުގެ ވަޒީރު ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ހަނގުރާމާގައި އާންމުކޮށް ބޭނުންކުރާ […]
ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދޭ: ރައީސް
ތަފާތު ކުށްތަކަށް އަހުލުވެރިކުރުވުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ، ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މިޖުތަމައަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަމަށެވެ. އެގޮތުން، ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ ދެ ވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ އާއިލާތަކާ ހަވާލުކޮށްފައިވާކަން […]
އައްޑޫ ބަހުން ހުތުބާކީ މުދިމަކު ސަސްޕެންޑް ކޮށްފި
އައްޑޫ ބަހުން ހުކުރު ހުތުބާކީ މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ. އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. މުހައްމަދު ރަޝީދު އައްޑޫ ބަހުން ހުތުބާ ކިޔައިފައިވަނީ މީދޫ މަސްޖިދުއް މަޖްދުއްދީނުގައެވެ، އޭނާ ވަނީ ހުކުރު ހުތުބާ ކީއިރު އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހަށް […]
ބަސް ދަތުރުކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަދުތަކަށް ފިޔަވަޅު އަޅަނީ
މާލޭގައި ދުއްވާ ބަސް ދަތުރުކުރާ މަގުތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތަކަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. މިނީ ބަހުގެ ހިދުމަތް އިއްޔެ ފަށާފައިވާއިރު ބަސް ދަތުރުކުރާ ބައެއް މަގުތަކުގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ބަހައްޓާފައި ހުރި މައްސަލަ ބޮޑުވެ، މިމައްސަލަ ހައްލުކުރުމަށްޓަކައި ޓްރެފިކް ފުލުހުން ރެއިން ފެށިގެން ގެންދަނީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައި އެފަދަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން އވަނީ ސްޓިކާ ޖެހުމަށްފަހު އެފަދަ އުޅަނދުތައް ޓޯ ކުރަން […]
އެމެރިކާގެ އަސްކަރީ މަތިންދަބޯޓުތަކެއް ޗައިނާގެ ވައިގެ ސަރަހައްދަށް އެތެރެވުމުން އެކަމާ އެގައުމުން ނުރުހުން ފާޅުކޯށްފި
ޓައިވާންގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޮގަސްޓް މަހު ނޭންސީ ޕެލޫސީ ޓައިވާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން އެމެރިކާއާއި ޗައިނާ އާ ދެމެދު ވަނީ ނުތަނަވަސްކަން ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ. މިގޮތުން މިދިޔަ ހަފްތާގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކެއް ޗައިނާގެ ވައިގެ ސަރަހައްދަށް އެތެރެވުމާ ގުޅިގެން ޗައިނާއިން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. މި މަތިންދާބޯޓުތައް ޗައިނާގެ ސަރަހައްދަށް ޖެހިޖެހިގެން ދެ ދުވަހު އެތެރެވާން މަސައްކަތް ކޮށްފައިވާކަމަށް ވެސް ޓައިވާންގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ޗައިނާގެ ވައިގެ […]
އޭދަފުށީގައި ފްޓްސަލް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ބ. އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ތްރީ ޓްރީ މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ. އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމަށް ޔޫތު މިނިސްރީ އާއި ތްރީ ޓްރީ މޯލްޑިވްސް އާ ދެމުދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ފްޓްސަލް ދަނޑު އެޅުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 50 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖައްސާފައިވަނީ އެ ރަށުގައި އަލަށް ހިއްކާފައި އޮތް ބިމުގެ ހުޅަނގު ފަރާތުގައެވެ. އޭދަފުށީގައި މި […]
އިންޑިއާ ނޭވީ އާއި ގުޅިގެން ރާއްޖެ ސިފައިން ލ. އަތޮޅުގައި ތަމްރީން ތަކެއް ފަށައިފި
ރާއްޖޭގެ ސިފައިން އިންޑިއާގެ ނޭވީ އާއި ގުޅިގެން ލ އަތޮޅުގައި ތަމްރީން ޕްރްގްރާމެއް ފަށައިފިއެވެ. އެމްއެންޑީއެފްން ބުނީ “ އެކްސަސައިޒް އެކަތަ 2022″ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމުގައި އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވެފައިވާ ކަމަށެވެ. އެމްއެންޑިއެފްން ބުނީ މި ތަމްރީންތަކުގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމެލިޝަން، ސީކިއުބީ، ޑައިވޭޓާ ޑައިވިން، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިން އޮޕަރޭޝަންތައްފަދަ ބައިތައް […]