އޭދަފުށީގައި ފްޓްސަލް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

ބ. އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ތްރީ ޓްރީ މޯލްޑިވްސް އާ ހަވާލުކޮށްފިއެވެ.

އޭދަފުށީގައި ފުޓްސަލް ދަނޑު އެޅުމަށް ޔޫތު މިނިސްރީ އާއި ތްރީ ޓްރީ މޯލްޑިވްސް އާ ދެމުދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ފްޓްސަލް ދަނޑު އެޅުމަށް އެ ކުންފުންޏާ  ހަވާލުކޮށްފައިވަނީ 50 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި ފުޓްސަލް ދަނޑު އެޅުމަށް ހަމަޖައްސާފައިވަނީ އެ ރަށުގައި އަލަށް ހިއްކާފައި އޮތް ބިމުގެ ހުޅަނގު ފަރާތުގައެވެ.

އޭދަފުށީގައި މި ފުޓްސަލް ދަނޑު އެޅުމަށް ސޮއިކޮށްފައި މިވަނީ އެ ރަށު ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު އާއި  ބައްދަލުކޮށް ޒުވާނުން ބޭނުންވާ ކަންތަކަކުގެ ތެރޭގައި އެ ރަށުގައި ސަރުކާރުން އެޅުމަށް ބަޖެޓް ކޮށްފައި އޮތް މި ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުންދާ ދިއުން ރައީސްގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި ރައީސް ސާލިހުވަނީ
އެ ދަނޑުގެ އަމަލީ މަސައްކަތް ލަސްނުކޮށް ފަށާނެކަމުގެ ޔަގީންކަން ކައުންސިލް މެންބަރުނަނަށް ދެއްވާފައެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް