ދީނީ ހަރުކަށި ގައިދީންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ހަދަނީ

Loading

Facebook
Twitter
WhatsApp

ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސަރުކާރުން ބޭނުންވެގެން ހޯމް މިނިސްޓްރީގެ އެދުމަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ދިރާސާއެއް ކުރިކަމަށާ އެ ދިރާސާއިން ދެއްކި ގޮތުގައި މާފުށީ ޖަލުގައި ހަރުކަށި ފިކުރުގެ ވަރުގަދަ ހަރަކާތްތަކެއް ހިންގަމުންދާ ކަމަށެވެ.

“ އެ ދިރާސާއިން އަޅުގަނޑުމެންނަށް ފާހަގަވީ، ގައިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒު. އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު. “ ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން ހައްލުކުރުމަށް ދީނީ ހަރުކަށި ފިކުުރުގެ ގައިދީންނަށް ތަރުބަވީ ޕްރޮގްރާމެއް ތަކެއް ހިންގުމަށް އެކަމަށް ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމު ކުރާނެކަމަށެވެ.

“ ދީނީ ހަރުކަށި ފިކުރުގެ އެންމެން ޖަލުގައި ހައްޔަރުކުރުމުން، މައްސަލަ ހައްލުވީކީ ނޫން. އެފަދަ ގައިދީންނަށްވެސް، އެކަމާ ގުޅުންހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގަންޖެހޭ. އެކަމަށްޓަކައި، 100 މީހުންގެ ޖާގައިގެ ހާއްސަ ޔުނިޓެއް މާފުށީ ޖަލުގައި ގާއިމުކޮށް، އެ މަސައްކަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުން.“ ރައީސުލް ޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދީނީ ހަރުކަށިފިކުރުގެ މައްސަލައައާއި މަސްތުވަތަކެތި ބޭނުންކުރާ އަދި އޭގެން ވިޔަކުރާ މައްސަލައަކީ ހަމައެކަނި ޖަލުގައި އުޅޭމައްސަލައެއް ނޫންކަމަށާ މުޅި މުޖުތަމައުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަކަމަށެވެ.

ދީނީގޮތުން ހަރުކަށި ފިކުރުގެ ގައިދީންނަށް ތަރުބަވީ ޕްރޮްރާމްތަކެއް ހިންގުމަށް ހާއްސަ ޔުނިޓެއް ގާއިމުކުރަން ނިންމާފައިވާއިރު މިހާރުވެސް ޖަލުތަކުގައި އަންނަނީ ދީނީ ގޮތުން ހަރުކަށި ފިކުރަށް ތަބާވާ މީހުން ކަމަށް ބުނާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

Loading

One Response

  1. ބޭރުގެ ޔުނިވަރސިޓީއަކުން 6 އަހަރު ކިޔެވުމުން ދީނީ އިލްމު ދަސްވާވަރަށްވުރެން ދިވެހިރާއްޖޭގެ ޖަލުތަކުގައި 6 މަސްދުވަހުން ދަސްކޮށްދޭ ވަރު މާގިނަ. އަދި ތިޔަތަނުގައި އެމީހުންނަށް ވަކި ޔުނިޓެއް ހަދައިފިއްޔާ 6 ދުވަހުގެތެރޭގައި 6 އަހަރު ދުވަހުގެ މުގައްރަރު ކިޔަވާދީ ނިންމާލާނެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް