އައްޑޫ ބަހުން ހުތުބާކީ މުދިމަކު ސަސްޕެންޑް ކޮށްފި

Loading

Facebook
Twitter
WhatsApp

އައްޑޫ ބަހުން ހުކުރު ހުތުބާކީ މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ މީދޫގެ މުދިމެއް ކަމަށްވާ މުހައްމަދު ރަޝީދުއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކައި މުދިމަކު ހުކުރު ކުރުމުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

މުހައްމަދު ރަޝީދު އައްޑޫ ބަހުން ހުތުބާ ކިޔައިފައިވަނީ މީދޫ މަސްޖިދުއް މަޖްދުއްދީނުގައެވެ، އޭނާ ވަނީ ހުކުރު ހުތުބާ ކީއިރު އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާ އައްޑޫ ބަހަށް ބަދަލުކޮށްގެން ކިޔާފައެވެ.

އައްޑޫގައި އޮންނަ ހުތުބާ ކޮމެޓީންވެސް ވަނީ މުހައްމަދު ރަޝީދުގެ ބަޔާނެއް ނެގުމަށް މަސައްކަތްކޮށްފައެވެ.

Loading

One Response

  1. ކޮބާ މައްސަލައަކީ ރަށުބަހުން ޚުތުބާކިއުމުން އިސްލާމިކްމިނިސްޓްރީން ލިޔެފައިވާ ޚުތުބާ އެއަށް އެއްވެސް އެއްޗެއް ބަދަލު ނުކޮށް އެވެރިންގެ މާދަރީ ބަހުން ކީމަ މައްސަލަ އަކަށް ވަންޏާމު ތިބޭފުޅުން ވިދާޅުވާ އެއްޗަކާ ދިމަލެއް ނުވޭ އެއް މުއައްސަސާއަކުން ވިދާޅުވާނެ މާދަރީބަސް ދިރުވާ އާލާކުރާށޭ އަނެއްކޮޅުން އެތާގެ ފަރުދުންނަށް މޭރުންވާލެއްވެސް ބޮޑުވާނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް