އިންޑިއާ ނޭވީ އާއި ގުޅިގެން ރާއްޖެ ސިފައިން ލ. އަތޮޅުގައި ތަމްރީން ތަކެއް ފަށައިފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ސިފައިން އިންޑިއާގެ ނޭވީ އާއި ގުޅިގެން ލ އަތޮޅުގައި ތަމްރީން ޕްރްގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފްން ބުނީ “ އެކްސަސައިޒް އެކަތަ 2022″ގެ ނަމުގައި އިއްޔެ ފެށި މި ޕްރޮގްރާމުގައި  އެމްއެންޑީއެފްގެ މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސް އާއި އިންޑިއަން ނޭވީގެ 10 މެރިން ކޮމާންޑޯސް ބައިވެރިވެފައިވާ ކަމަށެވެ.

އެމްއެންޑިއެފްން ބުނީ މި ތަމްރީންތަކުގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމެލިޝަން، ސީކިއުބީ، ޑައިވޭޓާ ޑައިވިން، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިން އޮޕަރޭޝަންތައްފަދަ ބައިތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށެވެ.

މި ތަމްރީންތައް ފެށުމަށް އިއްޔެ ވަނީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއާޓަރޒް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެމްއެންޑީއެފްގެ މެރިންކޯގެ ޑައިރެކްޓަރޔ ލެފްޓިނެންޓް ކާނަން އިބްރާހިމް ނަވީން ޒުބައިރު ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި  ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ސީ. މޯޑްގިލް ވަނީ ބައިވެރިވެ ވަޑަގެންފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް