އަގުސާ މިސްކިތް ޝަހީދުކޮށްލާއި ތިންވަނަޓެމްޕަލް ވުޖޫދުކުރުމުގެ ހަނގުރާމަ

ދުނިޔޭގެ ބާރުކަމަށް ދައުވާ ކުރާ އަނދިރި ދައުލަތުން ގެންނަން އުޅޭ އެމީހުންގެ ލީޑަރު، މަސީޙުއްދައްޖާލު ގެނައުމަށް އަގުސާމިސްކިތް ޝަހީދުކޮށްލާއި ތާޑުޓެމްޕަލް ބިނާކުރުމުގެ މަސައްކަތް ތާޒާކޮށް އެވަނީ ފައްޓާފައެވެ. މިދިޔައަހަރު ޒައަނިސްޓުން މެދުވެރިކޮށް ފެށި މި ހަނގުރާމަ ލަސްކޮށްލީ، މިހާރު އެމެރިކާ ގުޅިގެން ކުޅެފައިވާ ކުޅިތަކަށް ބުރަވެ ބުނެވެން އޮތީ އެއީ ޕާކިސްތާނުހަމައަކަށް އަޅުވާއި ރަޝިޔާ ޔުކުރޭނުގައި ތާށިކޮށް، އަދި ޗައިނާ ޓައިވާނުގައި ތާށިކޮށް ލުމަށްފަހު އަލުން އެކަން ފެށުމަށް ނިޔަތް ގަނެގެންކަމަށެވެ. އިޒުރޭލުގެ ޒައެނިސްޓު ދައުލަތުން އެހިންގަމުންގެންދާ ޢުދުވާނަކީ މިކަމުގެ ވަރުގަދަ ދަލީލެކެވެ. އަދި […]
ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް ހައްޔަރުކޮށްފި

ބްރެޒިލްގައި ހުންނަވާ ޖަރުމަނުގެ ކޮންސަލް އޭނާގެ ފިރިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ. މިދިޔަ އާދިއްތަދުވަހުގެ ރޭ ރިއޯ ޑި ޖެނެއިރޯގައި ހުންނަވާ އެ ޑިޕްލޯމެޓް އޫވޭ ހާރބަރޓް ހަން ހައްޔަރު ކުރެވުނީ އޭނާގެ ފިރިމީހާ ބެލްޖިއަމްގެ ވޯލްޓަރ ބައިއޮޓް މަރާލުމުގެ ތުހުމަތުގައެވެ. ފުލުހުން ބުނާގޮތުގައި ފޮރެންސިކް ތަހްލީލުތަކުން އެ އެޕާރޓްމެންޓުގައި ލޭގެ އަސަރު ފެނިފައިވާކަމަށާއި އޮޓޯޕްސީ ރިޕޯރޓުން ބައިއޮޓްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރިކަން އެނގެންހުރިކަމަށެވެ. އަދި އޭނާ މަރާލެވިފައިވަނީ ގަދަބާރު ބޭނުންކޮށްގެންކަން އެއްވެސް ޝައްކެތްނެތް […]
ޢަދުލު އިންޞާފް ގާއިމް ކުރުމަކީ ދައުލަތުގެ އެންމެ ބޮޑު ޒިންމާ!

ދުނިޔޭގައި އޮތް ސައްތައިން ސައްތަ މުސްލިމް ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.ކިހާ ބޮޑު ނުޢުމަތެއްތޯއެވެ. ވުމާއިއެކު މިރާއްޖޭގައި ގާއިމް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢަތްކަން ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އަޑުއަހައިފީމޭ ގަބޫލުކޮށްފީމޭ ބުނެ އިސްލާމްވެގެން ހުރި ކޮންމެމީހަކަށް މިކަމާއި ދެބަސްވެވޭކަށް ނޯންނާނެއެވެ! އިސްލާމީ ގައުމެއްގައި ފުރަމަކަމަށް ވާންޖެހޭނީ ޢަދުލު އަންޞާފްގާއިމް ކުރުމެވެ. އެކަންހަމަހަމަގޮތުގައި މީސްތަކުންގެ މެދުގައި ތަންފީޒްކޮށް ނުދެވޭ އެއްވެސް ތަނެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އެތަނެއްގައި ޢަދުލު އިންޞާފް ގާއިމް ކުރެވޭނަމަ އެ އުންމަތެއްގެ ތެރޭގައި އަމާން ކަމާއިއެކު އުފާފާގަތި […]
ޝައިޚް ފަޒްލޫން ހައްޔަރުކުރީ ރަނގަޅަށް: ހައި ކޯޓް

ޝައިހް ފަޒްލޫން ބިން މުހައްމަދު ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ. ޝައިހް ފަޒްލޫން ބަންދުކުރީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކަށް ހިތްވަރުދިން ކަމުގެ ތުހުމަތުގަ ޖޫން 22 ވަނަ ދުވަހުއެވެ. އަދި އެކި ފަހަރު މަތިން ފބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ހައިކޯޓުގައި ތިން އަމުރެއް އިސްތިއުނާފް ކޮށްފައިވެ އެވެ. ފަޒްލޫން ދޫކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ތިން އަމުރެއް ބާތިލް ކޮށްދިނުމަށް އެދި ހައި […]
އަލަމްގިރި: ޖާދުލުގައި ޖެހުނު ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރު ރާފިއު މަގާމުން ވަކިކޮށްފި

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރެވޭ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލްމްގިރީގެ ޖާދުލުގައި ޖެހި އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހިމް ރާފިއު މަގާމުން ވަކިކޮށްފިއެވެ. އަލަމްގިރީގެ ޖާދުލުގައި ޖެހިފައި ތިބި މީހުންގެ ވީޑިއޯތައް އާންމުވަމުން އަންއިރު ރާފިއުކަމަށް ބެލެބޭ މީހަކު އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގާމަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ވަނީ ލީކްކޮށްލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯ އާންމުވުމުގެ […]
މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި 9000 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް ޚާއްސަ ކޮށްފައިވާ ”ގެދޮރުވެރިން ޕޯޓަލް“އަށް މިހާރު ވެސް 9000 އަށް ވުރެން ގިނަ ފަރާތަކުން ކުރިމަތިލައިފިއެވެ. ސަރުކާރުން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ފްލެޓް މަޝްރޫއުގައި 4000 ފްލްޓް މަސައްކަތް ދަނީ ކުރަމުންނެވެ. މި ފްލެޓްތަކުގެ އިތުރުން ދޫކުރުމަށް ނިންމާފައިވާ ގޯތިތަކަކީ ހުޅުމާލެއިން ދޫކުރުމަށް ހަމަޖައްސާފައިވާ 1،000 ގޯއްޗާއި އަދި ގުޅީފަޅުން ހިއްކާ ބިމުން ދޫކުރުމަށް ނިންމާފައިވާ 2،000ގޯއްޗެވެ. […]
ސްރީލަންކާގެ ކުރިއަށް އޮތް 25 އަހަރުގެ ތަސައްވުރު

ސްރީލަންކާގެ މިހާރުގެ ސަރުކާރު އުފަންވެގެން މިއައީ ގޮޓަބާޔާ ރާޖަޕަކްސެގެ ވެރިކަމުގައި ގައުމު ބަޑަށްޖެހި ރައްޔިތުން މަގުތަކަށް ނިކުމެ އެތައްދުވަހެއް ވާންދެން ކުރަމުން ގެންދިޔަ މުޒާހަރާ ތަކަކާ ގުޅިގެންނެވެ. އަދި މި ސަރުކާރު ދެމިއޮންނާނީ ގޮޓަބާޔާ ރާޖަޕަކްސެ ގެ ސަރުކާރުން ބާކީ އޮތް މުއްދަތަށެވެ. އެއީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. […]
ޝަރުތުތަކާއެކު ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލައިފިއެވެ. ޝައިހް ނިޝާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝައިހް ނިޝާން ދޫކޮށްލަން ކޯޓުން ނިންމީ ޝަރުތުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެއެވެ. ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ބަންދުކުރުމުން […]
ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓުގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ. އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. ޝިއާއުގެ ހަށިގަނޑު […]
މިސް ޔުނިވާސް ހަރުނާޒާ ދެކޮޅަށް ދައުވާ ކުރަނީ

މިދިޔަ އަހަރު މިސް ޔުނިވާސްގެ މަގާމަށް ހޮވުނު ހަރުނާޒު ސަންދޫ އާ ދެކޮޅަށް މިދިޔަ ބުރާސްފަތިދުވަހު ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ހިންދީ ފިލްމީ ދުނިޔޭގައި ބަޠަލާއެއްގެ ގޮތުގައި އަދި ހެއްވާބައި ކުޅޭ މީހެއްގެ އިތުރަށް ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅޭތާ 30 އަހަރުވެފައިވާ އުޕާސަނާސިންގު ބުނި ގޮތުގައި އޭނާ މިސް ޔުނިވާސް ހަރުނާޒު ސިންދޫއާ ދެކޮޅަށް ކޯޓަށް ދިޔައީ އޭނާ އުފައްދާ ފިލްމު ”ބާއީ ޖީ ކުއްޓަންގޭ“ގައި މަސައްކަތްކުރަން އެއްބަސްވުމަށް ފަހު ދޮގާއި މަކަރު ހެދުމުންނެވެ. ”އޭނާ އެހެން ހަދާފާނޭކަމަށް އަހަރެން ހީއެއް ނުކުރަން“އުޕާސަނާ ސިންގު ބުންޏެވެ. ”ފިލްމު ޕްރޮމޯޓުކޮށް […]