ޝަރުތުތަކާއެކު ޝައިހް ނިޝާން ބަންދުން ދޫކޮށްލައިފި

Loading

Facebook
Twitter
WhatsApp

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝައިހްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ބަންދުން ދޫކޮށްލައިފިއެވެ.

ޝައިހް ނިޝާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝައިހް ނިޝާން ދޫކޮށްލަން ކޯޓުން ނިންމީ ޝަރުތުތަކަކާއެކުގައެވެ. އޭގެ ތެރޭގައި މާލެއިން ބޭރަށް ވަޑައިނުގަތުމުގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުން ޝައިހް ނިޝާން ބަންދުކުރުމުން ޝައިހް ނިޝާންގެ ފަރާތުން އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށްވެސް ހުށަހެޅިއެވެ.ނަމަވެސް މި މަހުގެ ހަތަރު ވަނަ ދުވަހު އެކޯޓުން ވަނީ ބަންދުގެ މުއްދަތު ދަމަހައްޓައިފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޝައިހް ފަޒްލޫންވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަޒްލޫންވެސް ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

ޔޯގާ ހަމަނުޖެހުމުގައި ޝައިހް ނިޝާނަށް ތުހުމަތުކުރަނީ ހަމަނުޖެހުން ހިންގުމުގައި އިސް ދައުރެއް އަދާކުރުމުގެ ތުހުމަތެވެ.

Loading

One Response

  1. އަލް ޙަމްދު ލިﷲ ޝުކުރު. އަނިޔާވެރީން އެނިޔާވެރިކަމުގެ ނަތީޖާ އަބަދުވެސް ހިތިކޮށް ފެނިފައިވަނީ. ލިވާތު ގުރޫޕް ބަންދުކޮށް ނުލެވިގެން އުޅޭ ސަރުކާރު!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް