ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

Loading

Facebook
Twitter
WhatsApp

ހ. ޝީރީންވިލާގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓުމެންޓުގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ)ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފިއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ޝިއާއު މަރާލި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަނީ އިންޑިއާއަށެވެ. ޝިއާއުގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު ދަނޑުގައި ހުންނަ މޯޗަރީގައެވެ.

ޝިއާއު މަރާލިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އާންމު ފަރާތެއްގެ ފަރާތުން ރޭ 11:28 ހާއިރުއެވެ.

ޝިފާއު ވިދާޅުވީ، ޝިއާއު މަރާލައިފައި އޮތީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށެވެ. ޝިއާއު މަރާލި މައްސަލައިގައި އެ އެޕާޓުމެންޓުގެ ތެެރެއިން ވަނީ އަލީ ޝާހިލް، 23އ ހައްޔަރުކޮށްފައެވެ. އެއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އެ އެޕާޓުމަންޓުތަކުގެ ތެރެއިން އެ ހަމަލާ ދިނުމަށް ބޭނުންކުރި ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޝިއާއުގެ ހަށިގަނޑު ފެނުނުއިރު އޮތީ ބޯ ބުރިކޮށްލައި އަތްފައިވެސް ބުރިކޮށްލައިފައެވެ. އެނގިފައިވާ ގޮތުގައި ޝާހިލް މަސައްކަތްކޮށްފައިވަނީ ޝިއާއުގެ ހަށިގަނޑު ނައްތައިލުމަށެވެ.

މި މައްސަލައިގައި ޝާހިލް ހައްޔަރުކޮށް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

Loading

One Response

  1. ޕޯސްޓު މޯޓަމް ހެދުމަކީ މައްޔިތާއަށް ދެވޭ އަދަބެއް އެކަމުން ކަންކުރި މީހާ ނުފެންނާނެ
    އެފަކީރު އަމިއްލައަކަށް ކުދިކޮށް ނުކޮށޭނެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް