ޢަދުލު އިންޞާފް ގާއިމް ކުރުމަކީ ދައުލަތުގެ އެންމެ ބޮޑު ޒިންމާ!

Loading

Facebook
Twitter
WhatsApp


      ދުނިޔޭގައި އޮތް ސައްތައިން ސައްތަ މުސްލިމް ދެވަނަ ގައުމަކީ ދިވެހިރާއްޖެއެވެ.ކިހާ ބޮޑު ނުޢުމަތެއްތޯއެވެ. ވުމާއިއެކު މިރާއްޖޭގައި ގާއިމް ކުރެވެން ޖެހޭނީ އިސްލާމީ ޝަރީޢަތްކަން ކަމާއިމެދު ޝައްކެއްވެސް ނެތެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އަޑުއަހައިފީމޭ ގަބޫލުކޮށްފީމޭ ބުނެ އިސްލާމްވެގެން ހުރި ކޮންމެމީހަކަށް މިކަމާއި ދެބަސްވެވޭކަށް ނޯންނާނެއެވެ!

އިސްލާމީ ގައުމެއްގައި ފުރަމަކަމަށް ވާންޖެހޭނީ ޢަދުލު އަންޞާފްގާއިމް ކުރުމެވެ. އެކަންހަމަހަމަގޮތުގައި މީސްތަކުންގެ މެދުގައި ތަންފީޒްކޮށް ނުދެވޭ އެއްވެސް ތަނެއްގައި ހަމަޖެހުމެއް ނުއޮންނާނެއެވެ. އެތަނެއްގައި ޢަދުލު އިންޞާފް ގާއިމް ކުރެވޭނަމަ އެ އުންމަތެއްގެ ތެރޭގައި އަމާން ކަމާއިއެކު އުފާފާގަތި ކަން މަތީގައި ރައްޔިތުންނަށް ދިރިއުޅެވޭނެއެވެ. ދެބަސްވުންތަކާ ފިތުނަ ފަސާދައަށް އެއްވެސް ޖާގައެއް ނުލިބޭނެއެވެ. ނާއިންސާފަކީ ފިތުނައިގެ ވައިރެސްކަން ކަށަވަރެވެ. އެވައިރެސް ފެތުރުމުން ދެން އެތަނެއް ފަސާދަވެ ނިމުނީއެވެ. 

މި ޙަގީގަތާއި އެކު، ދުނިޔެ ނިމުމަކަށް ދާއިރު ދިމާވާނެކަމަށް ރަސޫލާގެ ޙަދީޘް ތަކުން ސާބިތުވާ ކަންކަން މިހާރު މުޅި ދުނިޔެ އިންވެސް މިދަނީ ފެންނަމުންނެވެ. އެގޮތުންއެއްކަމެއްގެ ގޮތުގައި ބުނެލެވެން އޮތީ، ދަންނަ ނުދަންނަ ބޭކަލުން ރާއްޖޭގައިވެސް މިހާރު މިވަނީ ގިނަވެފައި ކަމަށެވެ.

    ޢާލަމް ތަކަށް ރަޙުމަތެއް ކަމުގައި މާތްﷲ ފޮނުވެވި މަތިވެރި ނަބިއްޔާ ވެސް ވަނީ ކާފަރުންނާއެކު މުޢާހަދާ ތައް ހެއްދެވި އެވެ. އަދި އެއްވެސް ޣައިރު މުސްލިމަކު ގަދަކަމުން އިސްލާމް ދީނަށް ނުވައްދަވައެވެ. އަޅަމެންގެ ނަބިއްޔާ އަކީ ޚުލްގު ހެޔޮކަމާ އޯގާވެރިކަމުގެ ނަމޫނާއެކެވެ. އެހެން ކަމުން ޣައިރު މުސްލިމުން ނަށް އިސްލާމުން ވާންޖެހޭނީ ނަމޫނާ ބަޔަކަށެވެ.

އަނިޔާވެރިކަމާއި ދެކޮޅުބަޔަކަށެވެ. ޢަދުލުވެރި އިންޞާފުވެރި އިޙުސާން ތެރި ބަޔަކަށެވެ. ﷲ ވަނީ އަޅުތަކުންގެ މައްޗަށް އަނިޔާ ޙަރާމް ކުރައްވާ އިޙުސާން ތެރިވުމަށާއި ޢަދުލުވެރި ވުމަށް އަމުރު ކުރައްވާފައެވެ. އިސްލާމް ދީނަކީ އޯގާވެރިކަމާ އިޙުސާންތެރި ކަމާ މަޑުމައިތިރިކަމާ ރިވެތިއަޚުލާގުން ޖަރީވެގެންވާ ދީނެވެ. ހަރުކަށިކަމާ ޖައްބާރުކަން ދެއްކުމަކީ އިސްލާމް ދީނުގައި އޮންނަ ސިފަތަކެއް ނޫނެވެ.

   ކަން މިހެނެ ހުރިނަމަވެސް މިރާއްޖޭގެ ދަންނަބޭކަލުން ކަމުގެ ހިޔަނީގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގައި އިސްވެ މިދެންނެވި ސިފައެއް ނެތެވެ. ޖަދަލުކުރުމާ ފިތުނަ އުފެއްދުމާ މީހުންގެ ފުރާނައަށް ގެއްލުން ލިބިދާފަދަ ހަރުކަށި އުޞޫލުތައް މިބައިމީހުންގެ ސިފަތަކުގެ ތެރޭގައި އެބަ ހިމެނެއެވެ. 

އެހެންކަމުން ދަންނަބޭކަލުންގެ ތާކިހާ އަޅައިގެން ތިއްބެވިނަމަވެސް ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ﷲ މި އުންމަތަށް ފޮނުއްވެވި މާތް ނަބިއްޔާ ދެއްކެވި ރީތި ނަމޫނާއާއި އެ މަތިވެރި ސިފަތަކަށް ޢަމަލުން ނުކުރާ ބަޔަކީ ޙަގީގީ އިލްމުވެރީން ކަމުގައި ބުނެވޭކަށް ނެތެވެ.

     މިރާއްޖޭގައި ތިބި ދަންނަބޭކަލުން ކަމުގައި ދަޢުވާ ކުރާ ބައެއް މީހުންނަކީ ސިޔާސީ ވެރިންނާ ދިމާކޮށް ފިތުނަ އުފެދޭ ޒާތުގެ ޙަގީގަތެއް ނެތް ވާހަކަ ފަތުރާ ބައެކެވެ. އަޅުގަނޑަށް ދެކެވޭ ގޮތުގައި އިބިލީހަށްވުރެ ނުބައިވެގެންވާ މީހަކަށް ހަގީގީ ޢިލްމުވެރިޔަކު ތަޢުރީފެއް ނުކުރާނެއެވެ. އަދި އެމީހެއްގެ ބަހަށް ނުވެސް ހެއްލޭނެއެވެ.

     ޙަރާމް ޙަލާލަކީ ދަންނަބޭކަލުން ކަނޑައަޅާ ކަންކަމެއްނޫނެވެ. ޙަރާމް ކަންކަމާ ޙަލާލުކަން ކަނޑައަޅުއްވާފައި ވަނީ ހަމައެކަނި މާތްﷲ އެވެ. 

     އަޅުގަނޑުގެ މަޢުޟޫޢަކީ ދަންނަ ބޭކަލުންނާ ނުދަންނަ ބޭކަލުންގެ މެދުގައި ހުރި ޚިލާފްތައް ބަޔާން ކުރުމެވެ. ﷲ ގެ އަޅުތަކުންގެ މައްޗަށް އަނިޔާވެރި ވުމެއް ނޯވެއެވެ. ބައެއް ހަރުކަށި ފިކުރުގެ ދީނީ މީހުންގެ ބަހަށް ހެއްލި ސަލްޓަން ޕާކުގައި ބޮމެއްގޮއްވާލާ ފަތުރުވެރިންނަށް ޙަމަލާ އަމާޒު ކުރިއެވެ. ޗައިނާގެ ފަތުރުވެރިން ތަކަކަށް ވަޅިން ޙަމަލާ ދީފާވެއެވެ. އަދި ބޮން އުފައްދައި ތަންތަން ގޮއްވާލަންވެސް ރޭވިއެވެ. އައި އެސް.އެސް ނަމުގައި އުފައްދާފައިވާ ޓެރަރިސްޓް ޖަމާއަތަކީ އިސްލާމް ދީނުގެ ޙިމާޔަތުގައި އުފެދިފައިވާ ޖަމާޢަތެއްކަމަށް ބުނެ ފަތުވާ ނެރުނެވެ. އަދި އެޖަމާޢަތުގެ ދިދަ ބޭނުންކޮށްގެން ދީނުގެ ނަމުގައި އެއްވުންތައް ބާއްވަމުން ގެންދިއުމަކީވެސް މިދެންވި ބާވަތުގެ ޝޭޚުންގެ ފަރާތުން ފެންނިފައިވާ މަންޒަރެކެވެ.

 މިއުންމަތަށް ޝަހާދަތް ކިޔައި ނަމާދު ކޮށް ރޯދަ ހިފާ ޒަކާތްހަދަމުން އަންނަ އިސްލާމުންނަކީ ކާފަރުން ކަމުގައި ފަތުވާވެސްނެރެ އެގަފަދަ މުސްލިމުން މަރަން ވެސް ގޮވާފައިވެއެވެ. މިފަދަ ކަންކަމީ އިސްލާމް ދީންއާއި ބީރަށްޓެހި ޢަމަލުތަކެވެ.

    ޔޯގާ ކަސްރަތަކީ ޙަރާމް ކަމެއްކަމަށް ބުނެ ފަތުވާ ނެރެމުންދާ ޢިލްމުވެރިންގެ ތެރެއިން 40 އަށްވުރެ ގިން ޢިލްމުވެރިން ވަނީ ކުރީގެ ރައީސް މައުމޫނަކީ ކާފަރެއް ކަމަށް ބުނެ ފަތުވާ ނެރެފައެވެ. ހަމަޔަގީނުންވެސް ޙަގީގީ އިލްމުވެރިޔަކު މިފަދަ މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ހުއްދައެއް ނުވާނެއެވެ.

ކަން މިހެން ހުރުމާއެކު ރާއްޖޭގައި އުޅޭ އެފަދަ ޢިލްމުވެރީންގެ ފަތުވާ ގަބޫލު ކުރަން ހެޔޮނުވާނެއެވެ. 

މި ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތަކަށް ވާތީ މުސްލިމަކު އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަން ކޮށް އެކަންކަން ސާބިތު ކުރެވޭވަރަށް ހެކި ލިބިފައި ވާނަމަ އެމީހެއްގެ މައްޗަށް އިސްލާމީ ޝަރީއަތް ގާއިމް ކުރަން ޖެހޭނެއެވެ.ތަޙުގީގީ އިދާރާތަކުން އެކަން ކަން ތަޙުގީގުކޮށް އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް އެކުށް ސާބިތުވާނަމައެވެ. މިސާލަކަށް ޝޭޚު އިމްރާން މޭޑޭގައި ދެއްކިވާހަކަތައް ތަޙުގީގުކޮށް ބެލެން ޖެހޭނެއެވެ. 

ހަމަ އެހެންމެ ބަނގުލާދޭޝްގެ ރައްޔިތެއް ކަމުގައި ވާ އާލަމްގިރީ އާއެކު 250 އަށްވުރެ ގިނަ ދިވެހިން އެއްޖިންސުން ގުޅުން ހިންގާފައި ވާކަމަށް އޭނާ ބުނެފިއެވެ. އެފަދަ މީހުން އެކުޅީގައި އުޅެނިކޮށް ނެގިފައިވާ ވީޑީއޯ އާއި ފޮޓޯތައް ލީކް ވެއްޖެއެވެ. މި އެންމެންނަކީވެސް މުސްލިމުންނެވެ. އެހެން ކަމުން ތުހުމަތު ކުރެވޭ އެ އެންމެން ތަޙުގީގުގެ ކުރިމަށްޗަށް ޙާޒިރުކޮށް އެކަން ތަޙުގީގު ކުރުމަކީ ދައުލަތުގެ ކަރާމާތާއި ޝަރަފު ދެމެހެއްޓުމަށްޓަކާ މި ސަރުކާރުން ލަސްނުކޮށް ވަގުތުން ކުރަން ޖެހޭނެ ކަމެކެވެ.

އެއްވެސް މީހަކު އެކަމާ ދެކޮޅު ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިސްލާމީ އުންމަތުގެ ކަރާމާތައްޓަކާ މިނެކިރުމެއްނެތި ޢަދުލު އުންޞާފު ގާއިމް ކުރަން ޖެހޭނެއެވެ. އެއީ ވެރިމީހާގެ ހެޔޮފުޅުކަމުން އެއްފަހަރުކު ކޮށްފައި އަނެއްފަހަރަކު ނުކޮށް ދޫލޮށްލެވޭނޭ ކަމެއްނޫންނެވެ.  

Loading

5 Responses

  1. އިސްލާމީ އުންމަތުގެ ހައިބަތާ ކަރާމާތުގެ ވާހަކަ ދެއްކޭ ވަރުގެ މީހަކު މިއަދު މިޤައުމަކު ނެތެވެ. ވަރަށް ހިތާމަކުރަމެވެ. މިގޮތައް ވާހައެއް ބުނެ އިއްވައިލަން ތެދުވާމީހާވެސް އޮންނަނީ އެއްއަތަކަށް އަރިއަޅާލައި، ޙަޤީޤަތް ހާމަކުރަން ބުރަހެލި ވެފައެވެ. އެއީ ކީއްވެތޯ ބަލަމާ ހިނގާށެވެ. އެއީ ކޮންމެމީހަކީވެސް ދުނިޔޭގެ އެދުންތަކުން ހުސްވެގެން ހުންނަ މީހަކަށް ނުވުމެވެ. އެންމެ ފުރަތަމަ ބައްލަވާ މައުމޫނު ވެރިކަމުން ބޭލުމަށްޓަކައި ތިބޭފުޅުން ފެއްޓެވި މަސައްކަތްތައް ހުރީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައިތޯ؟ ﷲ ބާވައިލެއްވި ގާނޫނަށް ޢަމަލު ނުކުރަންވެގެން އަމިއްލައަށް ހަދައިގެން ގެންގުޅުނު ޤާނޫނަށްވެސް ޢަމަލުނުކޮށް އެންމެފަހުން އިންސާނީ އުސޫލުތަކާވެސް ތިބޭފުޅުން ޚިލާފުވީއެވެ. އެގޮތުން ދިވެހި އުންމަތުގެ މައްޗަށް ﷲ ޢާއްމުކުރައްވާފައިވާ ”ކަނޑުރޯދި“ މައުމޫނު ވެރިކަމުން ބޭލުމަށް ކުރަމުންގެންދި މަސައްކަތުގެ ތެރޭގައި، ބަނޑުގުރާނަ މުއްތި ކުރުމަށް އެދުވަހު ދެއްވި ގިނަޢަދަދެއްގެކަނޑުމަސްކޮޅު ގެންގޮސް އޮތޮޅު އޮފީހުގެ ތެރެއަށް މަސްވެރިންލައްވައި އަޅުވާފައި އެންމެ ފަހުން ތިބޭފުޅުން އެ މުޑުދާރު ޢަމަލަށް ސާބަސްދީ ހެދިތަން އަހުރެން ދުށީމެވެ. ރާއްޖެ ހަލާކުގެ މަގަށް ގެންދިއުމަށްޓަކައި މަސައްކަތް ފަށައިފައިވަނީ ޕާޓީތައް އުފެއްދި މީހުންނާއި މައުމުނުއެވެ. އޭގެ ފުރިހަމަ މޭސްތިރިއަކީ މައުމޫނެނެ. މި ދިވެހިރާއްޖެ މުޅިން ހަލާކު ކޮށް ގޮތެއްފޮތެއް ނެތް ތަނަކަށް ހަދާފައި އެވަނީ މައުމޫނުއެވެ. އިލްމު އުނގަނައި ދިނުމުގެ ނަމުގައެވެ. މިއަދު އޭނާގެ ބައިވެރިންވަރަށް ގިނައެވެ. މިއަދު އެގަހު ކޭލެއް މިގަހު ކޭލެއް ވަތްކެއް ނުކުރެވޭނެއެވެ.

  2. އިސްލާމީ އުންމަތުގެ ހައިބަތާ ކަރާމާތުގެ ވާހަކަ ދެއްކޭ ވަރުގެ މީހަކު މިއަދު މިޤައުމަކު ނެތެވެ. ވަރަށް ހިތާމަކުރަމެވެ. މިގޮތައް ވާހަކައެއް ބުނެ އިއްވައިލަން ތެދުވާމީހާވެސް އޮންނަނީ އެއްއަތަކަށް އަރިއަޅާލައި، ޙަޤީޤަތް ހާމަކުރަން ބުރަހެލި ވެފައެވެ. އެއީ ކީއްވެތޯ ބަލަމާ ހިނގާށެވެ. އެއީ ކޮންމެމީހަކީވެސް ދުނިޔޭގެ އެދުންތަކުން ހުސްވެގެން ހުންނަ މީހަކަށް ނުވުމެވެ. އެންމެ ފުރަތަމަ ބައްލަވާ މައުމޫނު ވެރިކަމުން ބޭލުމަށްޓަކައި ތިބޭފުޅުން ފެއްޓެވި މަސައްކަތްތައް ހުރީ ޤާނޫނީ އޮނިގަނޑުގެ ތެރޭގައިތޯ؟ ﷲ ބާވައިލެއްވި ގާނޫނަށް ޢަމަލު ނުކުރަންވެގެން އަމިއްލައަށް ހަދައިގެން ގެންގުޅުނު ޤާނޫނަށްވެސް ޢަމަލުނުކޮށް އެންމެފަހުން އިންސާނީ އުސޫލުތަކާވެސް ތިބޭފުޅުން ޚިލާފުވީއެވެ. އެގޮތުން ދިވެހި އުންމަތުގެ މައްޗަށް ﷲ ޢާއްމުކުރައްވާފައިވާ ”ކަނޑުރޯދި“ މައުމޫނު ވެރިކަމުން ބޭލުމަށް ކުރަމުންގެންދި މަސައްކަތުގެ ތެރޭގައި، ބަނޑުގުރާނަ މުއްތި ކުރުމަށް އެދުވަހު ދެއްވި ގިނަޢަދަދެއްގެކަނޑުމަސްކޮޅު ގެންގޮސް އޮތޮޅު އޮފީހުގެ ތެރެއަށް މަސްވެރިންލައްވައި އަޅުވާފައި އެންމެ ފަހުން ތިބޭފުޅުން އެ މުޑުދާރު ޢަމަލަށް ސާބަސްދީ ހެދިތަން އަހުރެން ދުށީމެވެ. ރާއްޖެ ހަލާކުގެ މަގަށް ގެންދިއުމަށްޓަކައި މަސައްކަތް ފަށައިފައިވަނީ ޕާޓީތައް އުފެއްދި މީހުންނާއި މައުމުނުއެވެ. އޭގެ ފުރިހަމަ މޭސްތިރިއަކީ މައުމޫނެނެ. މި ދިވެހިރާއްޖެ މުޅިން ހަލާކު ކޮށް ގޮތެއްފޮތެއް ނެތް ތަނަކަށް ހަދާފައި އެވަނީ މައުމޫނުއެވެ. އިލްމު އުނގަނައި ދިނުމުގެ ނަމުގައެވެ. މިއަދު އޭނާގެ ބައިވެރިންވަރަށް ގިނައެވެ. މިއަދު އެގަހު ކޭލެއް މިގަހު ކޭލެއް ވަތްކެއް ނުކުރެވޭނެއެވެ.

  3. Kinakunhey thi kan kyraani. Nuvaaney thikameh. Dhuniye dhookoh dhiya mehaa ahvuru ekan kuri meehage hagguthah boduvegen gos jaluga onna edhuga jehey mahumaa jahan. 4 iru keumaj manna aai salva. Beynunvaa konme iraku Tree Top ah. Mi arun kihineh adhulu insaafu hodhani.

  4. ފަހަލަ – ދީނީ ސްޓޯރީ ލިޔަން އެހާ ރަނގަޅެއްނޫނެެވެ. ސިޔާސީ އާއި އެހެން ޚަބަރުތައް ލިޔުއްވާށެވެ. އެ ޢިލްމަކުން އުނގެނިގެން ތިބޭ ބަޔަކު އެކަމަކާ ލިޔެ ބަސް ބުނާނީއެވެ. މިސާލަކަށް މެޑިކަލް ޑރ. ސިއްޙަތާއި ބެހޭގޮތުން ލިޔާނީއެވެ. އޭނާ ސިޔާސީ ވާހަކަ ލިިޔުނީމާ ފަހަލަ ފެންވަރަކަށް ނުލިޔެވޭނެ ނޫން ހެއްޔެވެ؟ އޯކޭ ދޯ؟

  5. ދީނީ އިލްމުވެރިޔަކަސް ނުވަތަ ސިޔާސީ ތަޖްރިބާކާރަކަށްވިޔަސް އަޅުގަނޑު ވެރިކަމުގެ ނިޒާމާދޭތެރޭ ވިސްނަން އެބަޖެހެއެވެ. އެއްޒަމާނެއްގައި ތައުލީމީ މީހުން މަދުކަމުން ވަކިބަޔަކު ބުނާވާހަކަތަކަކީ އަމުރުގެގޮތުގައި ގަބޫލުކުރެވެމުންދިއައެވެ. ނަމަވެސް މިހާރު ތައުލީމީ މީހުންވެސް ގިނަވުމުން ކަންތައްތައް މިދަނީ ބަދަލު ވަމުންނެވެ. ރަނގަޅާށާއި ނުބަޔަށެވެ. ނުބައިގޮތް އަޅުގަނޑުމެން ބޭނުމެއްނޫނެވެ. ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމުކުރުމަކީ ދައުލަތް ހިންގުމަށް އިސްކުރެވޭ ބަޔަކަށް ރައްޔިތުން ހަވާލުކުރާ އަމާނާތެކެވެ. އެ އަމާނާތް ހަވާލުކުރުމުގައި ރައްޔިތުން ވިސްނަންޖެހޭ ކަންތައްތައް ބައިވަރެވެ. ދީނާއި އަގީދާއާއި އާދަކާދައެވެ. މިއީ މުޅިދުނިޔެއިންވެސް ފެންނަމުންދާ ހަގީގަތެކެވެ. އެމެރިކާއާއި ޖަޕާން އަދި ޔޫރަޕްގެ ގައުމުތަކުގައި ވެރިކަން ކުރަނީ ޑިމޮކްރެސީގެ ނިޒާމަށެވެ. އެކަމަކު އެއިން ކޮންމެ ގައުމެއްގައި ޑިމޮކްރެސީ ތަރުޖަމާކުރަނީ އެމީހުންގެ ދީނާއި އާދަކާދައާއި އަގީދާގެ މައްޗަށެވެ. އެހެންވީއިރު އަހަރެމެންގެ މި ކުޑަކުޑަ އާބާދީގައި އަހަރެމެންގެ ދީނާ އަގީދާއާއި އާދަކާދައާއި ނުގުޅޭ ޑިމޮކްރެސީއެއް ގެނެސްގެން މިއުޅޭ ސަބަބކީ ކޮބައިތޯ ވިސްނާށެވެ. ދެން އެކަން ރަނގަޅުކުރާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް