ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓް ސިޔާމާ އަށް ފިޔަވަޅު އަޅައިފި
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ. ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ. ޖޭއެސްސީން ބުނި ގޮތުގައި ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ސިޔާމާ އަމުރު ނެރުއްވީ އެފަރާތުގެ ”ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ“ ކަމަށް ކަނޑައެޅުމަށްފަހު ކަމަށެވެ. ނަމަވެސް […]
ޖިގްގެ މެންބަރަކަށްވެ، ގަން އެއާޕޯޓް އިތުރު ހަރުފަތަކަށް
އެއާޕޯޓްތަކުން ވިއްކާ ތެލުގެ ފެންވަރު ގިންތިކުރާ ބައިނަލް އަގްވާމީ ޖަމިއްޔާ އެއް ކަމަށްވާ ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕް ( ޖިގް)ގެ މެންބަރަކަށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެ، އިތުރު ކުރިއެރުމެއް ހޯދައިފި އެވެ. މި އީ ޖިގް މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއާޕޯޓެވެ. ގަން އެއަރޕޯޓުން ބުނީ އޭވިއޭޝަން ފިއުލް ދާއިރާގައި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވުމާއެކު ”ޖިގް-12“ ގިންތިއަށް ފެތޭވަރަށް އެއާޕޯޓުގެ ފެންވަރު މިހާރު މަތިކޮށްފައިވާކަމަށެވެ. ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ […]
ތުއްތު ދަރިފުޅު މަރާލިކަން އެކުއްޖާގެ މަންމަގެ މަށްޗަށް ސާބިތު ވެއްޖެ
ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު ގަޔަށް ވަޅިން ހަމަލާދީ މަރާލިކަން އެކުއްޖާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެއެވެ. ވަޅިން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ. ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ […]
މަންކީޕޮކްސް ފެތުރުމުގެ ރިސްކް މިވަގުތު ކުޑަ ނަމަވެސް ރާއްޖެއަށް ކޭސް އެއް އައުމަކީ އެކަށީގެންވާ ކަމެއް : އެޗްޕީއޭ
ދުނިޔޭގައި ފެތުރިދާނެ ކަމަށް ބިރުހީވެފައިވާ މަންކީޕްކްސް ބަލި މިވަގުތު ރާއްޖޭގައި ފެތުރުމުގެ ރިސްކް ކުޑަ ކަމަށާ ނަމަ ވެސް ގައުމުތަކުގައި އެ ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތާއި ގުޅިގެން ރާއްޖެއަށް ވެސް ކޭސް އެއް އައުމަކީ އެކަށީގެން ވާކަމެއްކަމަށ ހެލްތް ޕްރޮޓެކްޝަން އޖެންސީ ( އެޗްޕީއޭ) އިން ބުނެފިއެވެ. އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށް އެޗްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަލި އުޅޭތޯ ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަމުން […]
އިންޑިއާ އައުޓް ބޭނާގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމީންގެ ގެ، ހ. ދޫވެހި ގޭގެ ބޭރުގައި ދަމާފައި ހުރި “ އިންޑިއާ އައުޓް“ ޖަހާފައިހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ބެނާތައް ނެގުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާ އަދި ކޯޓުން ފުލުހުންނަށް އަމުރު ނެރެދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ. ރައީސް ޔާމިންގެ ގޭގައި ދަމާފައި ހުރި […]
ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ
މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ އެވެ. ފުލުހުން ބުނީ ގޭސްފުޅި ގޮވާފައި ވަނީ މ. އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ. މި ހާދިސާއާއި ގުޅިގެން އަނިޔާވެފައިވާނީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ. ނަމަވެސް ފުލުހުން ބުނީ އެ މީހާއަށް މާބޮޑު ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ގޭސްފުޅި ގޮވަން މެދުވެރިވި ސަބަބު ވެސް އަދި ސާފެއް ނުވެ އެވެ. ފުލުހުން […]
ލޯންޗް އެކްސިޑެންޓް: ހާލު ސީރިއަސްވި އެކަކު މާލެ ގެނެސްފި
ގއ. ވިލިގިލީ ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ފަސް މީހުންނާއެކު ދަތުރުކުރި ލޯންޗް ބަދަރަށް ވަންނަން އުޅުނު ވަގުތު ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ދެ މީހަކު މަރުވފައިވާއިރު، ދެންތިބި ތިން މީހުންނަށް ވެސް އަނިޔާވެ މީހުންވެސް ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައިވާކަމަށް ވިލިގިލީ ކައުންސިލުން ބުނެއެވެ. އިތުރުފަރުވާއަށް މާލެ ގެނައީ އެ ތިންމީހުންގެ ތެރެއިން ހާލު ބޮޑުވެ […]
ސްރީލަންކާގެ މިއަދުގެ ޙާލަތު ދުރުމީން ދިވެހިރާއްޖެ
ސްރީލަންކާއަށް މެދުވެރިވާ ކޮންމެ އުފަލަކާ އަދި ހިތާމައެއްގައި ދިވެހިން ބައިވެރި ވާނެކަން ކަށަވަރެވެ. އެތައް ބައިވަރު ސަބަބުތަކަކާހުރެއެވެ. ދިވެހި ދަރިވަރުންނަށް މަދަރުސާތަކުގައި އުނގަންނައި ދިނުމާއި ދިވެހިން ބިނާކުރުމުގައި ސްރީލަންކާގެ މުދައްރިސުން އަދާކުރި ދައުރު ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާނެކަން ކަށަވަރެވެ. ހަމަ އެފަދައިން ދިވެހިރާއްޖޭގެ ވިޔަފާރިއާއި ޚާރިޖީ ގުޅުން ތަކުގައިވެސް ސްރީލަންކާ އަދާކުރި ހިއްސާއާއި ފައިހަމަކޮށްލެވޭނެ އެހެން ގައުމެއް ނެތޭ ބުނުމަކީ މާ ބޮޑުކޮށްލައިގެން ބުނާ ބަހަކަށްވެސް ނުވާނެއެވެ. އުތުރުކަރައާއި ސީނުކަރައިން ދިވެހިރާއްޖެ އާއެކު އަބަދުވެސް ބާއްވަމުން އައި ގުޅުމަކީ ދެވަނައެއް […]
އުމުރުން 56 އަހަރުގެ މީހެއްގެ ކިޑްނީން 206 ހިލަ ނަގައިފި
އިންޑިއާގެ އުމުރުން 56 އަހަރުވީ މީހެއްގެ ގުރުދާ (ކިޑްނީ)އިން އެއްގަޑިއިރުގެ ތެރޭގައި 206 ހިލަ ނަގައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ޚަބަރުދިންގޮތުގައި ހަ މަސްދުވަހުގެ ތަދާއި ވޭނަށްފަހު އޮޕްރޭޝަންކޮށް އެ ހިލަތައް ނެގުމުން އެ މީހާއަށް މިހާރު ވަނީ ހަމަނޭވާލެވެން ފަށާފައެވެ. އޮޕްރޭޝަންކޮށް ކިޑްނީން ހިލަ ނެގުމުގެ ކުރީން އެމީހާ ދިޔައީ ތަދުކަނޑުވާ ބޭސް ކަމުންނެވެ. ބޭސް ކެއުމުން ވަގުތީ ގޮތުން ތަދު ކެނޑުނުކަމަށް ވިޔަސް ދާއިމީ ހައްލެއް ނުލިބެއެވެ. އެކަމުގެ ސަބަބުން އާއްމުކޮށް އޭނާ ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވެއެވެ. ތަދާއި […]
ރައްކާވެ ތިބިއްޔާ ދަތުރޭ!
ހުޅަނގު މޫސުމްގެ ގަދަ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާ އިރު ކަނޑު މަތީގެ ދަތުރު ފަތުރުގެ ސަލާމަތާ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ސަމާލު ކަން ދޭން ޖެހޭނެއެވެ. ދާދި ފަހުން ވ. އަތޮޅަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލާ އަންހެނަކާ އޭނާގެ 7 އަރުގެ ދަރިފުޅުގެ މަރުވެގެން ދިޔަ ހިތާމަވެރި ކާރިސާ އަކީ ހިތުން ފިލުވާ ނުލެވޭވަރުގެ ކާރިސާއެކެވެ. އަދި ހަމަ އެހެންމެ ނޮޅިވަރަން ފަރުން ފުރައިގެން ގަދަ ވިއްސާރައިގާ ދަތުރުކުރަމުންދިޔަ […]