ތުއްތު ދަރިފުޅު މަރާލިކަން އެކުއްޖާގެ މަންމަގެ މަށްޗަށް ސާބިތު ވެއްޖެ

Loading

Facebook
Twitter
WhatsApp

 ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު ގަޔަށް ވަޅިން ހަމަލާދީ މަރާލިކަން އެކުއްޖާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެއެވެ.

ވަޅިން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ.


ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ ވެސް ފުލުހުން ވަނީ ބުނެފައެވެ. އެހާދިސާ ހިނގިއިރު ޝާހީދާގެ ހަ އަހަރުގެ އަންހެން ދަރިފުޅުވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށްވެ އެވެ.

ފުލުހުން ބުނެފައިވަނީ ނޫމަރާ ރީޑަސްވިލާ އަށް ދިޔައިރު ކޮޓަރީގެ އެނދުމަތީގައި ޝައިހާ މަރުވެފައި އޮއްވައި ފެނުނު ކަމަށާއި އޭނާ މަރާލި އިރު އުމުރުން ހަ އަހަރުގެ އިތުރު އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށެވެ. އަދި އެ ކުޑަ ކުއްޖާގެ ގަޔަށް ހެރި ވަޅިވެސް ލޭތަކާ އެކު އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލައިގައި ޝާހިދާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ބެއްލެވި މި މައްސަލައިގައި ހެއްކާއި ގަރީނާތަކަށް ބަލައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅާފަ އެވެ.
މި މައްސަލައިގައި ދެން އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. ވާރިސުންގެ ބަސް ހޯދުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިމަހުގެ 31 ވަނަ ދުވަހަށެވެ. ވާރިސުންގެ ބަސް ހޯދުމަށްފަހު އަދަބާ ބެހޭ ގޮތުން ވާހަކަދެއްކުމަށްފަހު ހުކުމް ކުރުން އޮންނާނެ އެވެ. މި މައްސަލަ ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ކުޑަކުއްޖާ މަރާލިއިރުވެސް ޝާހިދާގެ  ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށެވެ.

ފުލުހުން ވަނީ އޭނާގެ ސައިކޮލޮޖިކަލް އެސެސްމެންޓުތަކެއް ހަދައި ސައިކޭޓްރިސްޓަކަށް ވެސް ދައްކާފަ އެވެ. ޝާހިދާއަށް ދިމާވެފައިވާ ނަފްސާނީ މައްސަލަތަކުގެ ތެރޭގައި ނިދަން އުނދަގުވުމާއި، އެހެނިހެން މައްސަލަތައް ވެސް ހިމެނޭކަމަށް ކުރިން ފުލުހުން ބުނެފައި ވެއެވެ.

އަދި އޭނާ ކުރިން ދިރިއުޅުނު ފުނަދޫގައި އުޅުނުއިރު ނިދަން އުނދަގޫވުމާއި އަދި ނަފްސާނީގޮތުން ދިމާވާ އެހެން މައްސަލަތައް ޝާހިދާއަށް ދިމާވެފައިވާ ކަމަށާއި ދަރިފުޅު މަރާލިއިރު އޭނާ ދިޔައީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުން ސައިކޮލޮޖީގެ ފަރުވާއަށްދީފައިވާ ބޭސްތައް ކަމުން ކަމަށް ވެސް ކުރިން ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައި ވަނީ ޝާހިދާ އަކީ ނޫމަރާއަށް ނިސްބަތްވާ މީހެއް ކަމަށާއި ޝައިހާގެ ބައްޕަ ފަޔާޒު އަލީއާ ކައިވެނިކުރުމަށްފަހު 2008 ވަނަ އަހަރު ދިރިއުޅުން ށ. ފުނަދުއަށް ބަދަލުކުރި އިރު އޭނާގެ ރަޖިސްޓްރީވެސް އެރަށަށް ވަނީ ބަދަލުކޮށްފައި ކަމަށެވެ. އޭގެފަހުން އަނެއްކާ ނޫމަރާއަށް ދިރިއުޅުން ބަދަލުކުރީ ޝައިހާ މަރާލުމުގެ ދުވަސްކޮޅެއް ކުރިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގިއިރު ޝައިހާގެ ބައްޕަ ފަޔާޒު ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސް ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް