ޖިގްގެ މެންބަރަކަށްވެ، ގަން އެއާޕޯޓް އިތުރު ހަރުފަތަކަށް

Loading

Facebook
Twitter
WhatsApp

އެއާޕޯޓްތަކުން ވިއްކާ ތެލުގެ ފެންވަރު ގިންތިކުރާ ބައިނަލް އަގްވާމީ ޖަމިއްޔާ އެއް ކަމަށްވާ ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕް ( ޖިގް)ގެ މެންބަރަކަށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެ، އިތުރު ކުރިއެރުމެއް ހޯދައިފި އެވެ.

މި އީ ޖިގް މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއާޕޯޓެވެ. ގަން އެއަރޕޯޓުން ބުނީ އޭވިއޭޝަން ފިއުލް ދާއިރާގައި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވުމާއެކު ”ޖިގް-12“ ގިންތިއަށް ފެތޭވަރަށް އެއާޕޯޓުގެ ފެންވަރު މިހާރު މަތިކޮށްފައިވާކަމަށެވެ.

ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ ”ޖިގް އިންސްޕެކްޝަން ޓްރެކިންގް ސިސްޓަމް“ގެ ދަށުން ޖިގް ސެޓިފިކޭޝަންވެސް އެ އެއާޕޯޓަށް ލިބިފައިވާ ކަމަށް ވެސް އެ އެއާޕޯޓުން ބުނެއެވެ.

ގަން އެއަރޕޯޓުން ބުނީ މިއީ އެ އެއާޕޯޓްގެ އިތުރަށް ތަރަށްގީކޮށް ކުރިއެރުވުމަށް ކުރަމުންއަންނަ މަސައްކަތުގެ ތެރެއިން ލިބުނު ކުރިއެރުމެއްކަމަށާ މިކަމުގެ ސަބަބުން އެ އެއާޕޯޓުން ވިއްކާ ތެލުގެ ފެންވަރު ރަނގަޅުވެ، ތެޔޮ ވިއްކުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ވެލާނާ އެއާޕޯޓުގެ ފިޔަވައި ރާއްޖޭގައި އޭވިއޭޝަން ފިއުލް އެންމެ ފުޅާ ދައިރާގައި ވިއްކާ އެއާޕޯޓަކީ ވެސް  އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް