އުމުރުން 56 އަހަރުގެ މީހެއްގެ ކިޑްނީން 206 ހިލަ ނަގައިފި

Loading

Facebook
Twitter
WhatsApp


އިންޑިއާގެ އުމުރުން 56 އަހަރުވީ މީހެއްގެ ގުރުދާ
 (ކިޑްނީ)އިން އެއްގަޑިއިރުގެ ތެރޭގައި 206 ހިލަ ނަގައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ޚަބަރުދިންގޮތުގައި ހަ މަސްދުވަހުގެ ތަދާއި ވޭނަށްފަހު އޮޕްރޭޝަންކޮށް އެ ހިލަތައް ނެގުމުން އެ މީހާއަށް މިހާރު ވަނީ ހަމަނޭވާލެވެން ފަށާފައެވެ.

އޮޕްރޭޝަންކޮށް ކިޑްނީން ހިލަ ނެގުމުގެ ކުރީން އެމީހާ ދިޔައީ ތަދުކަނޑުވާ ބޭސް ކަމުންނެވެ. ބޭސް ކެއުމުން ވަގުތީ ގޮތުން ތަދު ކެނޑުނުކަމަށް ވިޔަސް ދާއިމީ ހައްލެއް ނުލިބެއެވެ. އެކަމުގެ ސަބަބުން އާއްމުކޮށް އޭނާ ކުރަންޖެހޭ ކަންތައްތަކެއް ނުކުރެވެއެވެ. ތަދާއި ވޭނުގެ ސަބަބުންނެވެ.

ހޮސްޕިޓަލްގެ ގުރުދާއާބެހޭ އިސް ޑޮކްޓަރަކު ބުނިގޮތުގައި ބަލި މީހާގެ ކިޑްނީގައި ހިލަ ހުރިކަން އެނގުނީ އަލްޓްރާ ސައުންޑް ސްކޭން ހެދުމުންނެވެ.

”އޮޕްރޭޝަންކޮށް އެ ހުރިހާ ހިލައެއް މިހާރު ވަނީ ނަގާފައި.“ އޭނާ ބުންޏެވެ. ”އޭނާގެ ހާލު ވެސް ރަނގަޅު. އޭނާއަށް މިދަނީ ކައުންސިލިން ދެމުން.“

ކުޑަކަމުދިއުމުގެ ނިޒާމާގުޅޭ ޑޮކްޓަރުން ބުނާ ގޮތުގައި ކިޑްނީގައި ގިނަ ފަހަރަށް ހިލަ އުފެދެނީ އެކަށީވާވަރަށް ފެން ނުބުއިމުގެ ސަބަބުންނެވެ.

”ޚާއްޞަކޮށް ހޫނު ގަދަ ދުވަސްވަރު ގިނަގިނައިން ފެންބޯން ޖެހޭ. ކުނރުބާފެނަކީ ވެސް ބޯން ރަނގަޅު އެއްޗެއް.“ ކިޑުނީން 206 ހިލަ ނެގި އޮޕްރޭޝަން ކުރި ޓީމުގެ އިސް ޑޮކްޓަރ ބުންޏެވެ. ”ކިޑްނީގައި މައްސަލައެއް އުޅޭކަމަށް ޝައްކުވަންޏާ ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ހަދައި ބޭސްފަރުވާ ކުރުމަކީ ކޮންމެހެން ވެސް ބޭނުންކަމެއް.“  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް