ޢާލިޔާ ބަޓުގެ ”ގަންގޫ ބާއީ ކާޓިޔާވާޅީ“އަށް 100 މިލިއަން ރުޕީސް އަށްވުރެ ގިނައިން ލިބިއްޖެ

ޢާލިޔާއަކީ އާންމުކޮށް ވަރަށް ބޮޑަށް ފައިދާހުރި ކެއުމަށް ފަރުވާ ބަހައްޓައިގެން ކައިއުޅޭ ތަރިއެކެވެ. ގަވައިދުން ޖިމަށް ވަދެ ކަސްރަތުކޮށް ހަދައެވެ. އެކަމަކު ޒުވާން އަދި ހުނަރުވެރި ޢާލިޔާ ބަޓް އެންމެ ފަހުން ކުޅުނު ”ގަންގޫ ބާއީ ކާޓިޔާވާޅީ“އަށް 100 މިލިއަން ރުޕީސް ލިބުމާ ގުޅިގެން އުފާ ފައުޅުކުރުމަށް ބޭއްވި ޕާޓީގައި އޭނާ ވަނީ ހަށިގަނޑަކަށް، ސިއްހަތަކަށް ބެލުމެއްނެތި ކައިބޮއި ހަދާފައެވެ. ޢާލިޔާގެ ބައެއް ރައްޓެހިން ބުނި ގޮތުގައި ހަމަ ހޭގައި އޭނާ ހުރީ މަސްތުވެފައެވެ. ލިބުނު އުފަލެއްގެ […]
އިޒުރޭލުގެ ސިފައިން ފާއިތުވި އަހަރު ފަލަސްތީނުގެ ނޫސްވެރިންނަށް 260 އަށްވުރެ ގިނަ ހަމަލާ ދީފައިވޭ

އިޒުރޭލުގެ ސިފައިން ފާއިތުވި އަހަރު ފަލަސްތީނުގެ ނޫސްވެރިންނަށް 260 އަށްވުރެ ގިނަ ހަމަލާ ދީފައި ވާކަމަށް ތަހުގީގީ ރިޕޯޓަކުން އެނގިއްޖެއެވެ. ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ އިދާރާ ޖާނަލިސްޓު ސަޕޯޓު ކޮމިޓީ (ޖޭއެސްސީ)އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އިޒުރޭލުން އެންމެ ގިނަ ހަމަލާ ދީފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސް ސަރަހައްދާއި ޣައްޒާގައި ޚިދުމަތް ދެމުންދާ ނޫސްވެރިންނަށެވެ. ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ އިޒުރޭލުގެ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ނޫސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކު […]
ޔޫކްރޭނުން ޑޮނެސްކް ސަރަހައްދަށް ހަމަލާދީފި: ރަޝިއާ

ޔޫކްރޭނުން ފޮނުވި މިސައިލެއް ވެއްޓި ޑޮނެސްކް ސަރަހައްދުގެ 23 މީހުން މަރުވެ އިތުރު 28 މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ. ރަޝިއާއިން ބުނި ގޮތުގައި ޔޫކްރޭނުން ފޮނުވި ޓޮޗްކާ-ޔޫ މިސައިލް މީހުން އުޅޭ ސަރަހައްދަކަށް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވި މި ހާދިސާ އަކީ ޔޫކްރޭނުން ކޮށްފައިވާ ހަނގުރާމައިގެ ވަރަށް ބޮޑު ކުށެކެވެ. ޔޫކްރޭނުގެ ސަރުކާރާ ދެކޮޅު މީހުން ބުނެފައިވާ ގޮތުގައި ޑޮނެސްކް ސަރަހައްދު މަތިން އައި މިސައިލެއް ހުއްޓުވަން […]
އެމްޑީޕީގެ ނަމުގައި އިތުރު ޕާޓީއެއް ހަދަން ބަޔަކު އެބައުޅޭ ކަމަށް އެމްޑީޕީން ތުހުމަތުކުރޭ

އެމްޑީޕީގެ ނަމުގައި އިތުރު ޕާޓީއެއް ހަދައި އެޕާޓީގެ ރިޔާސީ ކެންނޑަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ބާކީ ކޮށްފައި ނެރޭ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަށް ހީފުޅު ނުކުރައްވާށެވެ! ރައީސް ޔާމީނު ވެސް ރައީސް މައުމޫނުގެ ޕާޓީ އަތުލައްވައި 2019ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ކާމިޔާބު ލިބުނު ހެއްޔެވެ؟ ރައީސް ނަޝީދުގެ ތާއީދު ނުލިބި އެމްޑީޕީގެ ނަމުގައި ނުކުންނަ ކެންޑިޑޭޓަކަށް ރިޔާސީ […]
ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ: ރައީސް

ކޯވިޑްގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދީ ޙަރަކާތްތައް ހުއްޓެމުން ދިޔައިރު، މުޅި ދުނިޔޭގެ ނިސްބަތުންވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް ކަމުގައި ރައީސް އިބްރާހީމް މުޙައްމމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ”މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ. އެ ޙާލަތުގައިވެސް ސަރުކާރުން މަސައްކަތްކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން.“ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި […]
ސައުދީގައި އެއް ދުވަހުގެ ތެރޭގައި 81 މީހަކަށް މަރުގެ އަދަބު ދީފި

ސައުދީ އަރަބިޔާއިން 81 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްފައެވެ. ސައުދީގެ ސްޓޭޓް މީޑިއާއިން ބުނެފައިވާ ގޮތުގައި މަރުގެ ހުކުމް ތަންފީޒު ކޮށްފައިވާ މީހުން ކުރި ކުށްތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅެން އެއްބަސްވުމާއި ބާތިލު ފިރުގާތަކަށް ތަބާވުން ހިމެނެއެވެ. މިއީ ސައުދީން އެންމެ ގިނަ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ފަހަރެވެ. މި އަދަދަކީ 2020ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު ކުރެވުނު 27 މީހުންނާއި 2021ވަނަ އަހަރު މަރުގެ އަދަބު ތަންފީޒު […]
އެސިސްޓަޑް ސްޓްރެޗިންގ ގެ ފައިދާ

ކޮވިޑް 19 ގެ ޕެންޑަމިކް އާ ގުޅިގެން ފައިދާއެއްކުރިކަމަށް ބުނާނަމަ ބުނެވޭނީ ކޮވިޑްއަށް ފަހު ކޮންމެ މީހަކުވެސް މިހާރު އަމިއްލަ ސިއްހަތާމެދު ވިސްނާވަރު އިތުރު ވެފައިވާ ކަމަށެވެ. އަދި ބަލިތަކުން ސަލާމަތްވެ ތިބެވޭނެ ގޮތްތަކާމެދު އިތުރަށް ވިސްނާ އެކަމަށް މަސައްކަތް ކުރަން ފަށާފައިވާ ކަމުގައެވެ. ފަހުގެ ރިސަރޗް ތަކުން އެގިފައިވާ ގޮތުގައި ސްޓްރެޗް ކުރުން ނުވަތަ ގަވާއިދުން ހަށިގަޑު ދަމާލުމަށް ސަމާލުކަން ދޭނަމަވެސް އެކަމުން ސިއްހީ އެތައް ފައިދާތަކެއް ކުރެއެވެ.ނަމަވެސް މިކަން ކުރަން ޖެހެނީ ވަކި ގޮތަކަށެވެ. […]
އިރާގުގައި ހުރި އިޒުރޭލުގެ ޖާސޫސީ މަރުކަޒަކަށް އީރާނުން މިސައިލު ހަމަލާތަކެއް ދީފި

އިރާގުގެ އުތުރު ސަރަހައްދެއްގައި އިޒުރޭލުން ހަދާފައިވާ ޖާސޫސީ މަރުކަޒަކަށް އީރާނުން މިސައިލު ހަމަލާތަކެއް ދީފިއެވެ. އިރާގުގެ އޮފިޝަލަން ވަނީ އިމާރާތަކަށް ގެއްލުން ވީކަމަށް ބުނެފައެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަދުސީލު ހާމަކޮށްފައެއްނުވެއެވެ. ކުރުދީންގެ ވެރިރަށަށް މިސައިލް ހަމަލާތަކެއް ދީފައިވާކަމަށް އިރާގުގައި ހުންނަ އިރާނުގެ ޓީވީން ބުނިކަމަށް ވިޔަސް ހަމަލާ ދިނީ ކޮންބައެއްކަމެއް އީރާނުގެ ސްޓޭޓު ޓީވީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ހަމަލާ އަމާޒުވެފައި ވަނީ ކުރުދީންގެ ވެރިރަށް އިރުބީލްގައި ހުރި އިޒުރޭލްގެ ޖާސޫސީ އިމާރާތަކަށް ކަމަށް […]
އަމީތާބާއި އަޖޭގެ ފިލްމު ”ރަންވޭ 34″ގެ ޕޯސްޓަރތައް ނެރެފި

ހިންދީ ފިލްމީ ދުނިޔޭގެ ރަސްގެފާނު އަމީތާބު ބައްޗަނާއި އަޖޭ ދޭވްގަން ކުޅެ ދައްކަން ތައްޔާރު ކުރަމުންދާ ފިލްމު ”ރަންވޭ 34″ގެ ޕޯސްޓަރތައް ނެރެފިއެވެ. އިންޑިއާގެ މީޑިއާތަކުން ޚަބަރުދޭގޮތުގައި ”ރަންވޭ 34″ގެ ވާހަކަ ބިނާވެފައި ވަނީ އޭވިއޭޝަން އިންޑަސްޓްރީއާ ބެހޭ ގޮތުންނެވެ. ފިލްމުގައި މުހިއްމު ބައިތައް އަދާކުރަނީ އަމީތާބާއި އަޖޭ އާއި ރަކުލް ޕްރީތު ސިންގް އެވެ. ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖައްސާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައެވެ. ”ރަންވޭ 34″އަކީ އަޖޭގެ […]
އިންޑިއާގެ ހެލިކޮޕްޓަރެއް ވެއްޓި ޕައިލެޓު މަރުވެއްޖެ

އިންޑިއާއިން ހިފައި އަޅުވެތިކޮށްފައިވާ ކަޝްމީރުގެ ސްރީނަގަރުގެ ސަރަހައްދަކަށް ސިފައިންގެ ”ޗީތާ“ މަރުކާގެ ހެލިކޮޕްޓަރެއް ހުކުރު ދުވަހު ވެއްޓި ހަލާކުވެއްޖެއެވެ. އަދި އެއިން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު މަރުވެ އަނެއްމީހާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ސިފައިންގެ ޓީމަކުން ވަނީ މަރުވި ޕައިލެޓާއި ޒަޚަމްވި މީހާ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. ޒަޚަމްވެފައިވާ މީހާއަށް ވެސް ވަނީ ވަރަށް ބޮޑަށް ހާނީއްކަ ވެފައެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު އޭނާއަށް ވަނީ ވަގުތުން އައިސީޔޫގައި ފަރުވާދޭން ފަށާފައެވެ. ހެލިކޮޕްޓަރ ވެއްޓުނީ ގޯރޭޒު އަވަށަށެވެ. […]