ޔޫކްރޭނުން ޑޮނެސްކް ސަރަހައްދަށް ހަމަލާދީފި: ރަޝިއާ

Facebook
Twitter
WhatsApp
TASS_51502135 - Copy

ޔޫކްރޭނުން ފޮނުވި މިސައިލެއް ވެއްޓި ޑޮނެސްކް ސަރަހައްދުގެ 23 މީހުން މަރުވެ އިތުރު 28 މީހަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާއިން ބުނި ގޮތުގައި ޔޫކްރޭނުން ފޮނުވި ޓޮޗްކާ-ޔޫ މިސައިލް މީހުން އުޅޭ ސަރަހައްދަކަށް ވެއްޓި ގިނަ އަދަދެއްގެ މީހުން މަރުވި މި ހާދިސާ އަކީ ޔޫކްރޭނުން ކޮށްފައިވާ ހަނގުރާމައިގެ ވަރަށް ބޮޑު ކުށެކެވެ.

ޔޫކްރޭނުގެ ސަރުކާރާ ދެކޮޅު މީހުން ބުނެފައިވާ ގޮތުގައި ޑޮނެސްކް ސަރަހައްދު މަތިން އައި މިސައިލެއް ހުއްޓުވަން ކުރި މަސައްކަތުގެ ތެރޭގައި އެ މިސައިލުގެ އެއް ބައި ވަނީ މީހުން އެއްވެފައި ތިބި ސަރަހައްދަކަށް ވެއްޓިފައެވެ. ޑޮނެސްކް ޕީޕްލްސް ރިޕަބްލިކްގެ ލީޑަރު، ޑެނިސް ޕުޝިލިން ވިދާޅުވި ގޮތުގައި ރައްޔިތުން ދިރިއުޅެމުން ދިޔަ ބައެއް ހިސާބުތަކަށް ވެސް ވަނީ ގިނަ ގެއްލުންތަކެއް ލިބިފައެވެ. ޕުޝިލިން ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ. ނަމަވެސް ޔޫކްރޭނުގެ އަސްކަރިއްޔާއިން ވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ޔޫކްރޭނުގެ އަސްކަރިއްޔާގެ ތަރުޖަމާނު، ލިއޮނިޑް މަތުޔުޙީން ވިދާޅުވި ގޮތުގައި ޑޮނެސްކް އަށް ވެއްޓުނު ރޮކެޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރަޝިއާގެ ރޮކެޓެކެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރިވް ޕެސްކޮވް ވިދާޅުވީ އެ ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށެވެ.

ޑޮނެސްކް ސަރަހައްދަކީ ޔޫކްރޭނާ ދެކޮޅު އަމިއްލަ ވެރިކަމެއް އޮންނަ ސަރަހައްދަކަށް ވުމުގެ ސަބަބުން ޔޫކްރޭނުން ދިން ކަމަށް ބުނާ މި ހަމަލާގައި މަރުވި މީހުންގެ އަދަދާއި ޑޮނެސްކްއަށް މި ހަމަލާގައި ލިބިފައިވާ ގެއްލުން ޔަގީން ކުރެވޭނެ އެއްވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ.

މި ހަމަލާ ގެ ހަބަރުތައް އައިސްފައިވަނީ ޔޫކްރޭނާއި ރަޝިއާގެ މެދުގައި ސުލްހައިގެ ވާހަކަތައް ހަތަރު ވަނަ ފަހަރަށް ފެށި ފަހުންނެވެ. ނަމަވެސް ވާހަކަތައް ދެކެވޭތާ އެތައް ގަޑިއިރެއް ފަހުން މަޝްވަރާތައް ވަނީ ނާކާމިޔާބު ވެފައެވެ. ރަޝިއާއިން ޔޫކްރޭނަށް އަރާފައި ވަނީ ފެބްރުއަރީ 24 ވަނަ ދުވަހުއެވެ. އަދި މިހާތަނަށް މި ހަނގުރާމައިގައި 14،000 މީހަކު ވަނީ މަރުވެފައި ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް